Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނ. މާފަރު އެއަރޕޯޓް

މާފަރުގައި އަޅަނީ ބައިނަލްއަގްވާމީ އެއާޕޯޓެއް، އަޅައިދެނީ ޔޫއޭއީ އިން: ރައީސް ޔާމީން

24 ޑިސެމްބަރު 2017 | އާދީއްތަ 06:57

މާފަރު އެއާޕޯޓް ޔޫއޭއީއިން ތަރައްގީކުރާކަން ހާމަކުރިއިރު، ސަން ސިޔާމުގެ ކުންފުންޏާ ހަވާލުކޮށްފައި އޮތް މަޝްރޫއެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 24 ޑިސެމްބަރު 2017 | އާދީއްތަ 06:57
ރައީސް ޔާމީން ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިން

ރައީސް ޔާމީން ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިން

ނ. މާފަރުގައި އަޅަނީ ބައިނަލްއަގްވާމީ އެއާޕޯޓެއް ކަމަށާއި އެ އެއާޕޯޓު އަޅައިދެނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހެނބަދޫ ނަރުދަމާުގެ ނިޒާމުގެ މަސައްކަތް ފެށުމަށް އާދިއްތަ ދުވަހު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާފަރު އެއާޕޯޓަކީ އެކުވެރި އަރަބި އިމާރާތުން ނ. އަތޮޅުގެ ރައްޔިތުންނަށް ދޭ ހަދިޔާއެއް ކަމަށެވެ. އަދި ނ. އަތޮޅުގައި ބައެއް މަޝްރޫއުތައް ހިންގުމަށް އެގައުމުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ ހެނދުނު ނ. މާޅެންދޫގައިވެސް މާފަރު އެއާޕޯޓާ ގުޅޭ ގޮތުން ރައީސް ޔާމީން ވާހަކަ ދެއްކެވި އެވެ. ރައީސް ޔާމީން ވިދާޅުވީ އެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ކުރަމުންދަނީ ހަމަސް ދުވަހުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމައި، ޚިދުމަތް ފެށުމަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓުގައި ސިޓީ ހޮޓަލެއް ގާއިމްކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެއާޕޯޓު ނިމުމުން އެތަނުގެ ތަނަވަސްކަން އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު އެއާޕޯޓާ ހަވާލުވެގެން އުޅޭ ފަރާތްތަކުން އަޅުގަނޑުމެންނަށް ކަށަވަރުކަންދީފައި އެ އޮތީ، މުޅި ތަނުގެ ބިން ސާފުކޮށް އެ ނިންމީ، އެމީހުންގެ ވެރިން ކޮށްފަ އޮތް އަމުރަކީ ހަ މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ނިންމައި ހުޅުވުން، އެހެންވީމަ ވަރަށް ބާރަށް އެ މަސައްކަތް ކުރިއަށް އެބަދޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔޫއޭއީއާ މާފަރު އެއާޕޯޓުގެ މަޝްރޫއު ހަވާލުކުރިއިރު، އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމުގެ ސަން ރިސޯޓްސް ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީއިން ސަން ރިސޯޓްސްއާއެކު ސޮއިކުރީ މިއަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު އެވެ. އެ އެއްބަސްވުން ބާތިލުކުރި ކަމަށް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

މާފަރު އެއާޕޯޓްގެ މަޝްރޫއު ސަން ރިސޯޓްސްއާ ހަވާލުކުރީ ކުރިން އެ މަޝްރޫއު ހަވާލުކޮށްފައި އޮތް، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައި އޮތް އެއްބަސްވުން މިދިޔަ އަހަރުގެ ފެބްރުއަރީގައި އުވާލުމަށް ފަހު އެވެ. މިލޭނިއަމް ކެޕިޓަލްއަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އާއިލީ ބޭފުޅެއް ކަމުގައިވާ މ. ޝޫރާ މަންޒިލް ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، މާފަރު އެއާޕޯޓުގެ މަޝްރޫއަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

17 ޖޫން 2017

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

17 ޖޫން 2017
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
07 ޖޫން 2017

ސްޓީލިންގް ޕެރަޑައިސްއަށް ބައިނަލްއަގްވާމީ އެވޯޑެއް

07 ޖޫން 2017
ސްޓީލިންގް ޕެރަޑައިސްއަށް ބައިނަލްއަގްވާމީ އެވޯޑެއް
05 ޖޫން 2017

ދިވެހި ހާރިޖީ ސިޔާސަތު ކަނޑައަޅަނީ ރިޔާޟްގައި ތިބި ފައިސާވެރިން: ރައީސް ނަޝީދު

05 ޖޫން 2017
ދިވެހި ހާރިޖީ ސިޔާސަތު ކަނޑައަޅަނީ ރިޔާޟްގައި ތިބި ފައިސާވެރިން: ރައީސް ނަޝީދު
28 އެޕްރީލު 2017

ޔާމީން ރަޝީދުގެ މަރާއިބެހޭގޮތުން ބައިނަލްއަގްވާމީ މީޑިޔާއާއި މައުލޫމާތު ހިއްސާކޮށްފި

28 އެޕްރީލު 2017
ޔާމީން ރަޝީދުގެ މަރާއިބެހޭގޮތުން ބައިނަލްއަގްވާމީ މީޑިޔާއާއި މައުލޫމާތު ހިއްސާކޮށްފި
20 އެޕްރީލު 2017

ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް

20 އެޕްރީލު 2017
ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް
11 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި

11 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި
02 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް

02 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް