Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހާރިޖީ ގުޅުންތައް

ދިވެހި ހާރިޖީ ސިޔާސަތު ކަނޑައަޅަނީ ރިޔާޟްގައި ތިބި ފައިސާވެރިން: ރައީސް ނަޝީދު

ގަތަރާ ގުޅުން ކަނޑާލާފައި ވަނީ ރާއްޖެއާއެކު ޖުމުލަ ހަތް ގައުމަކުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 5 ޖޫން 2017 | ހޯމަ 19:29
ރައީސް މުހައްމަދު ނަޝިދު

ރައީސް މުހައްމަދު ނަޝިދު

ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ކޮންޓްރޯލްކޮށް ކަނޑައަޅަނީ ސައުދީ އަރަބިއްޔާގެ ފައިސާވެރިން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ދައުލަތުއް ޤަތަރާއި އެކު ވޭތުވެ ދިޔަ 33 އަހަރު ރާއްޖެއިން ބޭއްވި ސިޔާސީ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން ނިންމި ކުއްލި ނިންމުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ކޮންޓްރޯލްކޮށް ކަނޑައަޅަނީ ސައުދީ އަރަބިއާގެ ރިޔާޟްގައި ތިބި ރައީސް ޔަމީނަށް ފައިސާ ފޯރުކޮށްދޭ ފަރާތްތައް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝިދު އިތުރަށް ވިދާޅުވީ، ރާއްޖެއިން ދެކުނު އޭޝިއާގެ ބާރުތަކާއި އެކު ކުރިން އޮތް ފަދަ ގާތް ގުޅުމަށް އެނބުރި ރުޖޫޢަވާންޖެހޭ ކަމަށެވެ.

ދިވެހި ސަރުކާރުން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުއް ޤަތަރާއި އޮތް ސިޔާސީ ގުޅުން 5 ޖޫން 2017 އިން ފެށިގެން، ކަނޑާލުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ މި ނިންމުން ދިވެހި ސަރުކާރުން ނިންމާފައިވަނީ، ދީނީ ގޮތުން ހަރުކަށިވެ ހައްދު ފަހަނައަޅައި ދިއުމާއި، ޓެރަރިޒަމާއި ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ވަރުގަދަ ޤަބޫލުކުރުންތަކާއި ގުޅިގެން ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ މެދުއިރުމައްޗަށް އަމާން ކަމާއި ސުލްޙަ މަސަލަސްކަން ލިބުމަށް އެދިގެން ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ވަނީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައަށް ކުރާ ތާއީދު ތަކުރާރުކޮށް، ސުލްޙައަށް މަސައްކަތްކުރާ ޤައުމުތަކާއި އެކުގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ދިވެހިރާއްޖެއިން ޤަތަރާއި އެކު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 1984 ވަނަ އަހަރުގެ މޭމަހުގެ 26 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު