Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓީލިންގް ޕެރަޑައިސް

ސްޓީލިންގް ޕެރަޑައިސްއަށް ބައިނަލްއަގްވާމީ އެވޯޑެއް

މިފިލްމް ވަނީ އިނގިރޭސިވިލާތުގެ ފޮރިން ޕްރެސް އެސޯސިއޭޝަނުން ދޭ "2016 އެފްޕީއޭ މީޑިއާ އެވޯޑްސް"އަށް ވެސް ޝޯޓު ލިސްޓު ވެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 7 ޖޫން 2017 | ބުދަ 10:20
 އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސްއަށް ލިބުނު ކޮރަޕްޝަން ރިޕޯޓިން އެވޯޑު ސްޕޮންސަކޮށްފައިވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން

އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސްއަށް ލިބުނު ކޮރަޕްޝަން ރިޕޯޓިން އެވޯޑު ސްޕޮންސަކޮށްފައިވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން

ދިވެހިސަރުކާރުން ހިންގާ ކަމަށް ތުހުމަތުކުރެވޭ ވައްކަމާއި ޚިޔާނާތާ ޖަރީމާތަކެއްގެ މައްޗަށް ގަތަރުގެ އަލް ޖަޒީރާ ޗެނަލުން ތައްޔާރުކުރި އިންވެސްޓިގޭޓިވް ޑޮކިއުމެންޓްރީ "ސްޓީލިން ޕެރެޑައިސް"އަށް ބައިނަލް އަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.

އިނގިރޭސިވިލާތުގެ ޖަމްއިއްޔާއެއް ކަމަށްވާ "ވަން ވާރލްޑް މީޑިއާ"ގެ 2017 ވަނަ އަހަރުގެ ކޮރަޕްޝަން ރިޕޯޓިންގ އެވޯޑު އެ ފިލްމަށް ލިބުނީ ލަންޑަނުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

ވަން ވާރލްޑް މީޑިއާއަކީ މިނިވަން ނޫސްވެރިކަން ޕްރޮމޯޓުކޮށް ނޫސްވެރިކަމުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޖަމިއްޔާއެކެވެ.

15 ދާއިރާއަކުން 45 ފަރާތަކަށް އެވޯޑު ދީފައިވާ މި ހަފްލާގައި އަލްޖަޒީރާގެ ސްޓީލިންގ ޕެރަޑައިސްގެ އިތުރުން އެ ކެޓަގަރީން އިތުރު ދެ ރިޕޯޓަކަށް ވެސް އެވޯޑު ދީފައިވެއެވެ. އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ރިޕޯޓަރު ވިލްޖޯޑަން އިސްކޮށް މަސައްކަތްކޮށް އުފައްދާފައިވާ މި ޑޮކިއުމެންޓްރީއަށް ލިބުނު އެވޯޑް އޭނާ ޚާއްސަކޮށްފައި ވަނީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށާއި މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދު އަދި ދިވެހި ރައްޔިތުންނަށެވެ.

މިފިލްމް ވަނީ އިނގިރޭސިވިލާތުގެ ފޮރިން ޕްރެސް އެސޯސިއޭޝަނުން ދޭ "2016 އެފްޕީއޭ މީޑިއާ އެވޯޑްސް"އަށް ވެސް ޝޯޓު ލިސްޓު ވެފައެވެ

ފަނަރަ ދާއިރާއަކުން އެ ޖަމިއްޔާއިން ދަނީ އެވޯޑު ދެމުންނެވެ. އެ އެވޯޑުތައް ދެމުން ދަނީ ބައިނަލްއަގުވާމީ އެކި ފަރާތްތަކާއި ގުޅިގެންނެވެ.

އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސްއަށް ލިބުނު ކޮރަޕްޝަން ރިޕޯޓިން އެވޯޑު ސްޕޮންސަކޮށްފައިވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިންނެވެ.

ސްޓީލިންގ ޕެރަޑައިސް އަށް އިންޓަވިއު ދީފައިވާ އެއް ފަރާތް ކަމަށްވާ މިނިވަން ޑެއިލީގެ ކުރީގެ އެޑިޓަރ ޒަހީނާ ރަޝީދު ވަނީ އެ ފިލްމް ލޯންޗް ކުރުމަށްފަހު ލިބެން ފެށި އިންޒާރުތަކާ އެކު ރާއްޖެ ދޫކޮށް ގޮސްފައެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

11 ޖުލައި 2017
އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި
17 ޖޫން 2017

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

17 ޖޫން 2017
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
28 އެޕްރީލު 2017

ޔާމީން ރަޝީދުގެ މަރާއިބެހޭގޮތުން ބައިނަލްއަގްވާމީ މީޑިޔާއާއި މައުލޫމާތު ހިއްސާކޮށްފި

28 އެޕްރީލު 2017
ޔާމީން ރަޝީދުގެ މަރާއިބެހޭގޮތުން ބައިނަލްއަގްވާމީ މީޑިޔާއާއި މައުލޫމާތު ހިއްސާކޮށްފި
20 އެޕްރީލު 2017

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
20 އެޕްރީލު 2017

ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް

20 އެޕްރީލު 2017
ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު