Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނެލް މެސީ

526 ވަނަ ލަނޑާއެކު މެސީ ތާރީހުގެ ތެރެއަށް

މެސީ ވަނީ ގާޑް މުލާގެ ރެކޯޑު މުގުރާލާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2017 | ހޮނިހިރު 15:02
ލިއޮނެލް މެސީ - އޭނާ ވަނީ ބާސާއަށް 526 ލަނޑު ޖަހައިދީފަ

ލިއޮނެލް މެސީ - އޭނާ ވަނީ ބާސާއަށް 526 ލަނޑު ޖަހައިދީފަ

ބާސެލޯނާއަށް ޖަހައިދިން 526 ވަނަ ލަނޑާއެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަނެއްކާ ވެސް ތާރީހުން ޖާގަ ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގައި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. މި މެޗުގައި މެސީ ލަނޑު ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މީގެކުރިން މި ރެކޯޑު އޮންނަނީ ޖަރުމަނުގެ ބަޔާން މިއުނިކްއަށް 1964 އިން ފެށިގެން 1979 އަކަށް ކުޅުނު އެ ގައުމުގެ ފޯވާޑު ގާޑް މުލާ އަތުގައެވެ. އޭނާ ވަނީ ބަޔާންއަށް ކުޅުނު 572 މެޗުގައި 525 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.

މުލާގެ ރެކޯޑު މެސީ މުގުރާލީ އޭނާ ބާސާއަށް ކުޅުނު 605 މެޗުގައި 526 ލަނޑު ޖަހައިދީގެންނެވެ. ރެއާލްއާ ދެކޮޅަށް ޖެހި ލަނޑާއެކު މިހިނގާ 2017 ވަނަ އަހަރު އޭނާ ވަނީ މިހާތަނަށް 50 ލަނޑު ބާސާއަށް ޖަހައިދީފައެވެ. މިއީ ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅެމުން އަންނަ އެހެން ހުރިހާ ފޯވާޑުންނަށްވުރެ އިތުރު އަދަދެކެވެ.

ގާޑް މުލާގެ ރެކޯޑު މެސީ މުގުރާލާފައިވާއިރު މުލާއަކީ އޭނާ ކުޅުނު ދުވަސްވަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ކުޅުންތެރިޔެކެވެ. ބަޔާން މިއުނިކްއާއެކު 13 ތަށި ކާމިޔާބުކުރި މުލާއަކީ 1974 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސްމެއެވެ. ހަމައެހެންމެ ޖަރުމަނުން 1972 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްދޭ ރަން ބޫޓު ވެސް ހޯދީ މުލާއެވެ. އަދި އޭނާއަކީ 1970 ވަނަ އަހަރު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

މެސީ ވަނީ އޭނާގެ ކެރިއަރުގައި މި ރެކޯޑުގެ އިތުރުން ގިނަ އަދަދެއްގެ ރެކޯޑުތައް މުގުރާލާފައެވެ. އެގޮތުން އޭނާއަކީ ބާސާގެ ތާރީހުގައިވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ހަމައެހެންމެ 363 ލަނޑާއެކު ސްޕެނިޝް ލަލީގާގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔަކީ މެސީއެވެ.

ބާސެލޯނާއާއެކު 29 ތައްޓެއް ކާމިޔާބުކޮށްފައިވާ މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައެވެ. ހަތަރު ފަހަރެއްގެ މަތިން ޔޫރަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ހޯދި މެސީއަކީ ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު