Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ބާސާ އާދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ އަދި ބޭލް ތައްޔާރު: ޒިދާން

23 ޑިސެމްބަރު 2017 | ހޮނިހިރު 02:48

ރޮނާލްޑޯ އަދި ބޭލް ވެސް ވަނީ އަނިޔާ އަށް ފަހު ތަމްރީންތަކުގައި ބައިވެރިވާން ފަށާފައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 23 ޑިސެމްބަރު 2017 | ހޮނިހިރު 02:48
ރޮނާލްޑޯ އަދި ބޭލް، ރެއާލްގެ ފަރިތަކުރުންތަކުގައި

ރޮނާލްޑޯ އަދި ބޭލް، ރެއާލްގެ ފަރިތަކުރުންތަކުގައި

ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތު ބޭލް، ސައްތައިން ސައްތަ ތައްޔާރު ވެފައިވާ ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އެލް ކްލެސިކޯގެ ނަމުން މަޝްހޫރުވެފައިވާ ބާސެލޯނާ އަދި ރެއާލްގެ ކުރިމަތިލުމަށް، ރޮނާލްޑޯ އަދި ބޭލް ތައްޔާރުވެފައިވާ ކަމަށް ޒިދާން ބުނެފައިވާއިރު، މި ދެ ކުޅުންތެރިން ވެސް މިދިޔަ ހަފްތާ ހޭދަކުރީ އަނިޔާގައެވެ.

އަނިޔާގެ ސަބަބުން މިހަފްތާގެ ކުރީކޮޅު ބޭއްވި ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވެ ޓީމާ ވަކިން ތަމްރީންތައް ހެދި ނަމަވެސް، ހުކުރު ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވިއެވެ. މީގެ އިތުރުން ބޭލް އަށް ލިބިފައިވާ އަނިޔާ އިން ސަލާމަތްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެޗުގެ ކުރިން ރޮނާލްޑޯއާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ރެއާލްގެ ކޯޗު ޒިދާން ބުނީ، އޭނާ ސަތޭކަ އިންސައްތަ ތައްޔާރުވެފައިވާ ކަމަށާއި ހުކުރު ދުވަހުގެ ތަމްރީންތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.

ރޮނާލްޑޯއާ ޚިލާފަށް ފައިގެ ކުޑަކަޅުވާ އަށް ލިބުނު އަނިޔާއާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން ބޭލް ސްޕެނިޝް ލީގުގެ މެޗެއް ކުޅެފައެއްނުވެއެވެ. އަނިޔާ އިން ސަލާމަތްވެ، ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެ މެޗުގައި ވެސް އޭނާ އިނނީ ބެންޗުގައެވެ.

ބާސެލޯނާއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗާ ގުޅޭ ގޮތުން ޒިދާން ބުނީ، އެ ދެ ކުޅުންތެރިން ވެސް ކުޅެން ނިކުތުމަށް ސަތޭކަ އިންސައްތަ ތައްޔާރުވެފައިވާ ކަމަށާއި، އެހެންނަމަވެސް މިމެޗުގައި ރޮނާލްޑޯ އަދި ބޭލް ކުޅޭނެކަން ނިންމާނީ ހޮނިހިރު ދުވަހު ކަމަށެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅޭ މިމެޗަށް ދެ ޓީމް ނުކުންނައިރު، ސްޕެނިޝް ލީގުގައި މި ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، 42 ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ތާވަލްގެ އެއްވަނާގައެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން 31 ޕޮއިންޓާ އެކު ރެއާލް އޮތީ ތާވަލްގެ ހަތަރުވަނައިގައެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން މިސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން ބާސެލޯނާ ބަލިވެފައެއް ނުވެއެވެ.

މެޗާ ގުޅޭ ގޮތުން ވަލްވާޑޭ ބުނީ، މެޗުގެ ފޭވަރިޓުންނަކީ ބާސެލޯނާ ކަމަށް ނުދެކޭ ކަމަށާއި، ލީގު ތާވަލުގެ ނުފޫޒު މިފަދަ ވާދަވެރި މެޗުތަކުގައި ނޯންނާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ހަވީރު، ރާއްޖެ ގަޑިން 5:00 ގައި ފަށާ މިމެޗު ކުޅޭނީ ރެއާލްގެ ދަނޑުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް