Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިމް ކާޑޭޝިއަން

ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ

ކިމް ވަނީ އޭނާގެ ރަސްމީ ވެބްސައިޓުގައި އެކަން ހާމަކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 ޖެނުއަރީ 2018 | ބުދަ 07:10
ކިމް އޭނާގެ ދެ ކުދިންނާއި ފިރިމީހާ ކާންޔޭ ވެސްޓާއެކު

ކިމް އޭނާގެ ދެ ކުދިންނާއި ފިރިމީހާ ކާންޔޭ ވެސްޓާއެކު

ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތު ކާޑޭޝިއަންސް"އިން މަޝްހޫރުކަން ހޯދާފައިވާ ކިމް ކާޑޭޝިއަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓަށް ތިންވަނަ ދަރިފުޅު ލިބިއްޖެކަމަށް ކިމް ބުނެފިއެވެ.

ކިމް ކާޑޭޝިއަންގެ ރަސްމީ ވެބްސައިޓުގައި މިމަހުގެ 15 ވަނަ ދުވަހު ބުނެފައިވަނީ ސިއްހަތު ރަނގަޅު، ރީތި އަންހެން ކުއްޖަކު ލިބިފައިވާކަމަށެވެ އަދި އެދަރިފުޅު ދުނިޔެއަށް ގެނައި "ސަރޮގޭޓް މަދާ" އަށާއި ޑޮކްޓަރުންނާއި ނަރުހުން ކުރި މަސައްކަތް ބަލައިގެންފައިވާ ކަމަށް އޭނާގެ ވެބްސައިޓުގައި ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން އޭނާގެ ދެ ދަރިންކަމަށްވާ ނޯތު އާއި ސެއިންޓް އުފަލާއެކީ އެދެކުދިންގެ ކޮއްކޮއަށް މަރުހަބާ ކިޔާފައިވާ ކަމަށް ކިމް ވަނީ ބުނެފައެވެ.

ސަރޮގޭޓް މަދާ ފިރިހެނެއްގެ ދަރިފަންޏާއި އަންހެއްގެ ބިސް ނަގައި، އެ މީހެއްގެ ރަހިމުގައި އަށަގަންނުވާ ދަރި އުފަންކުރާ އަންހެނާ އެވެ.

އެކުއްޖާގެ ފޮޓޯއެއް އަދި ކިޔާނެ ނަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ކިމް އަށް ތިން ވަނަ ދަރިއަކު ލިބުމާއެކު އޭނާގެ "ސަރޮގޭޓަކީ" ކޮއްކޮ ކައިލީ ޖޭނާ ކަމަށް ދެކެވޭ ވާހަކަތައް ވަނީ މިހާރު ގަދަވެފައެވެ. ގިނަ މީހުން ބުނެފައި ވަނީ ކިމްގެ ސަރޮގޭޓަކީ ކައިލީ ޖޭނާ ކަމަށެވެ.

މީގެ ކުރީގެ"ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" ގެ އެޕިސޯޑެއްގައި ކިމް ވަނީ އޭނާގެ ސަރޮގޭޓްއަށް ވުމަށް ކައިއީ ކައިރި "ސަމާސަ މަޒާޖަކަށް" އެދިފަ އެވެ. އެހެން ކަމުން ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި ކައިލީއަކީ ކިމްގެ "ސަރޮގެޓް"އެވެ.

ޓްވީޓާގައި މީހުން ވަނީ ކައިލީ ވިހެއުމަށް އިމަޖެންސީކޮށް ހޮސްޕިޓަލަށް ގެންދިޔަތަން ފެނިފައިވާކަމަށް ބުނެ ކައިލީ އަކީ ކިމްގެ ދަރިފުޅުގެ "ސަރޮގޭޓް" ކަމަށް ބުނަން ފަށާފައެވެ. އެހެން ނަމަވެސް ސެލެބްރިޓީންގެ ޚަބަރު ގެނެސްދޭ ނޫހެއް ކަމަށްވާ "ޓީއެމްޒެޑް" އިން އެކަން ވަނީ ދޮގުކޮށްފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކިމް ވަނީ އޭނާގެ "ސަރޮގޭޓަށް"، "ބޭބީޝަވާ" އެއް ދީފައެވެ. ކިމް ބުނެފައިވަނީ ބަލިވެ އިނުމަކީ އޭނާގެ ފުރާނައަށް ނުރައްކާ ވާނެކަމަށް ޑޮކްޓަރުން ބުނެފައިވާތީ އޭނާ ބޭނުންވީ "ސަރޮގޭޓް" އެއް މެދުވެރި ކޮށްގެން ދަރިއަކު ހޯދުން ކަމަށެވެ. އަދި އޭނާގެ ދެ ދަރިންނަށް ކޮއްކޮއެއް ހޯދުމަށް ބޭނުންވެފައި ހުރިކަމަށް ކިމް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
27 ފެބުރުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

27 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
20 ފެބުރުއަރީ 2017

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު