Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަމުގެ ދާއިރާ

ފްރާންސުން އަންނަ ފަތުރުވެރިން އިތުރުވެއްޖެ

21 ޑިސެމްބަރު 2017 | ބުރާސްފަތި 00:19

ޕެރިހުން މާލެއަށް ހަފްތާއަކު 2 ޑައިރެކްޓް ފްލައިޓް ބާއްވާ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 21 ޑިސެމްބަރު 2017 | ބުރާސްފަތި 00:19
އެއަރ ފްރާންސްގެ މަތިންދާ ބޯޓެއް

އެއަރ ފްރާންސްގެ މަތިންދާ ބޯޓެއް

ފަރަންސޭސީވިލާތުގެ ވެރިރަށް ޕެރިހާއި މާލެއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ފަށާފައިވާއިރު، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހު ފަރަންސޭސީވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު ވަނީ 25 ޕަސެންޓް އިތުރުވެފައެވެ. އެއަރ ފްރާންސުން ޕެރިހުގެ ޗާލްސް ޑި ގޯލް އެއަރޕޯޓާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ ނޮވެމްބަރު 1 ގައެވެ.

ބުކިންގ ޓްރެންޑްތަކަށް ބަލާއިރު، މިއަހަރުގެ ފިނި މޫސުން ނިމޭއިރު ފަރަންސޭސިވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ރަނގަޅު މިންވަރަކަށް އިތުރުވެގެންދާނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ފަރަންސޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 36،900 ފަތުރުވެރިންނެވެ. މިއީ 3 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ 2011ވަނަ އަހަރަށްފަހު ފަރަންސޭސިވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު ދަށްވުމަށްފަހު، އަނެއްކާވެސް މައްޗަށް ޖެހިލާ ފުރަތަމަ އަހަރެވެ.

ޑައިރެކްޓް ފްލައިޓްތަކާއެކު ފަރަންސޭސީވިލާތުގެ ޓްރެވެލް އެޖެންސީތަކުން ގެންދަނީ ރާއްޖޭގެ ގިނަ ރިޒޯޓްތަކަކާއެކު އެއްބަސްވުންތައް ހަދަމުންނެވެ.

ޕެރިހުން މާލެއަށް ހަފްތާއަކު 2 ފްލައިޓް ބާއްވައެވެ. މިއީ ގާތްގަނޑަކަށް 10 ގަޑިއިރުގެ ފްލައިޓެކެވެ. އަދި ރާއްޖެއަށް ބާއްވާ ޑައިރެކްޓް ފްލައިޓްތަކަށް ބޭނުންކުރަނީ ބޮއިން 777 މަރުކާގެ މަތިންދާ ބޯޓެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
15 މެއި 2017

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް