Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - މެލޭޝިޔާ

ޓުއަރިޒަމްގެ ދާއިރާއިން ރާއްޖެއާ ގުޅުން ބަދަހި ކުރާނަން: މެލޭޝިޔާގެ ބޮޑުވަޒީރު

19 ޑިސެމްބަރު 2017 | އަންގާރަ 17:07

ތިން ދާއިރާއަކުން ރާއްޖެއާ ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 19 ޑިސެމްބަރު 2017 | އަންގާރަ 17:07
މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އެމަނިކުފާންގެ އަނބިކަބަލުން ރާއްޖެ ވަޑައިގަންނަވަނީ

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އެމަނިކުފާންގެ އަނބިކަބަލުން ރާއްޖެ ވަޑައިގަންނަވަނީ

ޓުއަރިޒަމްގެ ދާއިރާއިން ރާއްޖެއާ ގުޅުން ބަދަހިކުރާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެއެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކަށް މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބުގެ ދެކަނބަލުން އަންގާރަ ދުވަހުގެ ހަވީރު ރާއްޖެ ވަޑައިގެންނެވީ، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ ދައުވަތަކަށެވެ.

ރާއްޖެ ވަޑައިގަތުމަށް ފަހު ނަޖީބު ރައްޒާގު މެލޭޝިޔާ ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަތީ ތައުލީމާއި ސިއްހީ ދާއިރާ އަދި ޓުއަރިޒަމްގެ ދާއިރާއިން މެލޭޝިޔާ އިން ރާއްޖެއާ ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އަދި އެނޫން ދާއިރާތަކުން ވެސް ގުޅުން ބަދަހިކުރާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަތައް އޮންނާނީ ބުދަ ދުވަހެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުގައި ދެ ގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމާއި ބައެއް އެމްއޯޔޫތަކުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަޖީބު ރައްޒާގު ރާއްޖެ ވަޑައިގެންނެވި އިރު، މެލޭޝިޔާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިނުގަންނަވާތާ 33 އަހަރުވެއްޖެ އެވެ. އެންމެ ފަހުން މެލޭޝިޔާގެ ބޮޑުވަޒީރަކު ރާއްޖެ ވަޑައިގެންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1984 ވަނަ އަހަރުއެވެ. އެއިރު އެގައުމުގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންނެވީ މަހާތީރު މުހައްމަދެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި

11 މެއި 2017
މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި
15 އެޕްރީލު 2017

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!
07 އެޕްރީލު 2017

ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

07 އެޕްރީލު 2017
ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
18 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް