Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީގު އިސްތިއުފާއަށް ގޮވުން

މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި

މަސީހު އިސްތިއުފާއަށް ޕީޕީއެމް މެންބަރުންވެސް ވަނީ ގޮވާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 11 މެއި 2017 | ބުރާސްފަތި 19:09
މަސީހާ ދެކޮޅަށް ބޭއްވި މުޒާހަރާ

މަސީހާ ދެކޮޅަށް ބޭއްވި މުޒާހަރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދާއިރާއިން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާކޮށްފިއެވެ.

ރާއްޖެ އެމްވީއަށް ދެމުން މުޒާހަރާގެ ބައިވެރިއަކު ބުނީ ބުރާސްފަތި ދުވަހު ހަވީރު ފުވައްމުލަކު މެދު ދާއިރާގެ ބޮޑެތި މަގުތަކުގައި މަސީހާ ދެކޮޅަށް މުޒާހަރާކޮށްފައި ވަނީ މަސީހްގެ އިތުބާރު ނެތް ކަމަށާއި ދެން މަސީހަށް ދޭނެ ވޯޓެއް ނެތް ކަމަށް ބުނެއެވެ. އަދި 2014 ގައި މަޖިލީހަށް ވަޑައިގަތުމުގެ ކެމްޕެއިންގައި މަސީހުގެ އެންމެބޮޑު ވައުދެއް ކަމުގައިވި ފުވައްމުލަކު މޮޑަރން ސިޓީއަކަށް ހެދުމުގެ ވައުދު ނުފުއްދައި އޮތީތީ އެކަން ވަރަށް ބޮޑަށް ފާހަގަ ކުރި ކަމަށެވެ.

އޭނާ ބުނީ އެމްޑީޕީގެ މެންބަރުންގެ އިތުރުން ގުޅިފައިވާ ޕާޓީތައްކަމުގައިވާ ޕީޕީއެމް އާއި ޖޭޕީ އަދި އަދާލަތު ޕާޓީގެ މެންބަރުން ވެސް ބައިވެރިވި މިމުޒާހަރާގައި، ނިމިދިޔަ އިންތިޚާބުގައި މަސީހުގެ ދާއިރާއިން މަސީހަށް ނާކާމިޔާބު ވުމުން ދައްކުވައި ދެނީ މަސީހު އިސްތއުފާ ދެއްވަން ޖެހުން ކަމަށް ޝުއޫރުތަކުގައި ވާކަމަށެވެ. މުޒާހަރާ ފަށާފައި ވަނީ ފުވައްމުލަކު ދޫނޑިގަމުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ހަވީރު 4:30 ގައި ބޭއްވި ބޮޑު ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. އެއަށް ފަހު އެތަނަށް ހާޒިރުވި މީހުން ވަނީ މަސީހު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް ގޮވާލާ ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ސޮއި ކުރަން ފަށާފައެވެ. މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވީ ނިމިދިޔަ ކައުންސިލު އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ފަލާހު ޝަރީފާއި އިދިކޮޅު އިސް ފަރާތްތަކުންނެވެ. މުޒާހަރާގައި މަސީހަށް އިތުބާރު ނެތް ކަމަށާއި، "ނޯ ނޯ މަސީހު" އަދި "ނޯ ކޮންފިޑެންސް"، "ނޯ ވޯޓު"، "ނޯ މަސީހު" ޖަހާފައިވާ ޕޯސްޓަރުތައް ބޭނުންކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އެމްޔޫއޯއިން ބޮޑު މުޒާހަރާއެއް މާޗް 24 ގައި ބާއްވަނީ!

08 މާރިޗު 2017
އެމްޔޫއޯއިން ބޮޑު މުޒާހަރާއެއް މާޗް 24 ގައި ބާއްވަނީ!
08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު