Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ އިންތިޚާބު

ދެ ސްޓޭޓެއްގެ އިންތިޚާބު ކާމިޔާބުކޮށް، އިންޑިއާގެ ބީޖޭޕީ ބާރު ދަމަހައްޓައިފި

18 ޑިސެމްބަރު 2017 | ހޯމަ 14:20

ދެ ސްޓޭޓެއްގެ އިންތިޚާބު ބީޖޭޕީ ކާމިޔާބުކުރި ނަމަވެސް، ކޮންގްރެސް ޕާޓީ ވެސް ވަނީ ކުރިއެރުންތަކެއް ހޯދާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 18 ޑިސެމްބަރު 2017 | ހޯމަ 14:20
ބޮޑުވަޒީރު ނަރެންދްރަ މޯދީ ވޯޓު ދެއްވުމަށް ފަހު ވަޑައިގަންނަވަނީ

ބޮޑުވަޒީރު ނަރެންދްރަ މޯދީ ވޯޓު ދެއްވުމަށް ފަހު ވަޑައިގަންނަވަނީ

އިންޑިއާގެ ދެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝް އާއި ގުޖުރާތުގައި ހޯމަ ދުވަހު ބޭއްވި ސްޓޭޓް އިންތިޚާބުތައް ކާމިޔާބުކޮށް، ވެރިކަންކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ބާރު ދަމަހައްޓައިފިއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ އެސްޓޭޓަކަށް ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތުގެ ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހުގެ 182 ގޮނޑީގެ ތެރެއިން 100 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރީ ބީޖޭޕީ އިންނެވެ. މެޖޯރިޓީ ނެގުމަށް ބޭނުން ވަނީ 92 ގޮނޑިއެވެ. ހިމާޗަލް ޕްރަދޭޝްގެ ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހުގެ ވެސް މެޖޯރިޓީ ގޮނޑިތައް ބީޖޭޕީ އިން ވަނީ ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީއާ ގުޅިގެން މޯދީ ވަނީ އެ ދެ ސްޓޭޓްގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައްޔިތުން ޚިޔާރުކުރީ ތަރައްޤީގެ މަގު ކަމަށް މޯދީ ސިފަކުރެއްވިއެވެ. ވެރިރަށް ދިއްލީގައި ހުންނަ ބީޖޭޕީގެ މައި އޮފީހުގައި ޕާޓީގެ މެމްބަރުންނާ މުޚާޠަބުކުރައްވައި މޯދީ ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން ދައްކައިދެނީ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށެވެ. އަދި 1989 ވަނަ އަހަރުން ފެށިގެން ކޮންމެ އިންތިޚާބެއްގައި ވެސް ގުޖުރާތުގައި ބީޖޭޕީ އިން ހޯދަމުންދާ ކާމިޔާބީ މޯދީ ފާހަގަކުރެއްވިއެވެ.

މި އިންތިޚާބުން އިދިކޮޅު ކޮންގްރެސް ޕާޓީ ބަލިވި ނަމަވެސް، މިއީ ދާދި ފަހުން އެޕާޓީގެ ރިޔާސަތާ ހަވާލުވި ރާހުލް ގާންދީއަށް ކުރިމަތިވި ނާކާމިޔާބީއެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން ބޮޑުވަޒީރު މޯދީގެ އުފަން ސްޓޭޓް އަދި ބީޖޭޕީގެ ބާރު ގަދަ ގުޖުރާތުގެ ޤާނޫނު ހަދާ މަޖިލީހުގެ 70 އަށް ވުރެ ގިނަ ގޮނޑި ކޮންގްރެސް އިން މިފަހަރު ކާމިޔާބުކުރިއިރު، މިއަދަދަށް އެސްޓޭޓުން އެޕާޓީއަށް މީގެ ކުރިން މިހާވަރަށް ގޮނޑި ކާމިޔާބުވެފައެއް ނުވެއެވެ.

އިންޑިއާގެ ޢާއްމު އިންތިޚާބު 2019 ވަނަ އަހަރު އޮންނަ އިރު، އަންނަ އަހަރު އިތުރު ދެ ސްޓޭޓެއްގެ އިންތިޚާބު އޮންނާނެއެވެ. ކޮންގްރެސްގެ އަމާޒަކަށްވެފައި ވަނީ އާއްމު އިންތިޚާބުގެ ކުރިން ސްޓޭޓް އިންތިޚާބުތަކުގައި ބީޖޭޕީ ބަލިކޮށް، އެޕާޓީގެ ބާރު ކަނޑުވާލުމަށެވެ. އެހެން ނަމަވެސް މިފަހަރުގެ އިންތީޚާބުން ބަލިވުމުން އެޕާޓީއަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވާނެއެވެ.

ދާދި ފަހުން އިންޑިއާގެ ޓެކްސްގެ ނިޒާމަށް ގެނައި ބަދަލާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވިއިރު، މި ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ކުދި ވިޔަފާރިވެރިންނަށެވެ. ކުދި ވިޔަފާރިވެރިންގެ އާބާދީއަކީ ބޮޑުވަޒީރު މޯދީއަށް މުހިއްމު ބައެކެވެ.

ކޮންގްރެސްގެ ރިޔާސަތާ ރާހުލް ގާންދީ ހަވާލުވެ، މަޤާމުގެ މަސްއޫލިއްޔަތުތަކާ ރަނގަޅަށް ހަވާލުވެވަޑައިނުގެންނެވި އުޅުއްވަނިކޮށް އިންތިޚާބުން ކޮންގްރެސް ޕާޓީ ބަލިވި ނަމަވެސް، ކުރިއަށް މިއޮތް ދުވަސްތަކުގައި ބަދަލު ފެންނާނެ ކަމަށް އެޕާޓީގެ އާއްމު މެމްބަރުން ޤަބޫލުކުރެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް