Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

މެންބަރުންގެ ގޮނޑި ގެއްލުނަސް ނުގެއްލުނަސް ސުލައިމާނު މިހާރު ކުށްވެރިވާނެ:ޑރ މަޖީދު

15 ޑިސެމްބަރު 2017 | ހުކުރު 00:45

ފާރިސްއަށް ލިބޭ އަނިޔާއަކީ އިންސާފުން ލިބޭ އަނިޔާއެއް ކަމަށް ޖަސްޓިފައި ކުރެވޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 ޑިސެމްބަރު 2017 | ހުކުރު 00:45
ޑރ މަޖީދު ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ޑރ މަޖީދު ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނަސް, ނުގެއްލުނަސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން މިހާރު ކުށްވެރިވާނޭ ކަމަށް ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާ ޑރ މަޖީދު، ހުކުމަކާއި ނުލައި ޖަލުގައި ބަންދުކޮށްފައި ހުންނަތާ 150 ދުވަސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރ ފާރިސް މައުމޫނަށް އިޝާރާތް ކުރައްވާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫންތައް ބުނާގޮތުން މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާނަމަ އެމީހަކީ ކުށުން ބަރީއަ ވެފައިވާ މީހެއް ކަމަށާއި އެހެންކަމަށްވާނަމަ ފާރިސްއަށް ލިބޭ އަނިޔާއަކީ އިންސާފުން ލިބޭ އަނިޔާއެއް ކަމަށް ޖަސްޓިފައި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ކާނަލް ނާޒިމާއި ޝައިޚް އިމްރާންގެ އިތުރުން ޤާސިމް އިބްރާހީމާއި ރައީސް ނަޝީދުގެ ޝަރީއަތް ދިޔަ ގޮތާއި އެބޭފުޅުންނަށް ލިބެމުންދާ އަނިޔާއަކީވެސް ނުހައްގު އަނިޔާ ކަމަށް މަޖީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ މަޖީދު ވިދާޅުވީ މިހުރިހާ ބޭއިންސާފް ހިނގަމުން މިދަނީ ސަރުކާރުގެ ނުފޫޒުން މިކަންކަމަށް ތާއީދުކޮށް މިކަންކަމަށް ހިތްވަރުދޭ މީހުން ތިބެގެން ކަމަށެވެ. އަދި އެއްވެސް ކަމަކީ ތާއަބަދު އެއްގޮތަކަށް ދެމިއޮންނާނެ ކަމެއް ނޫން ކަމަށާއި އެމީހުންނާ ޤާނޫން އަރާ ހަމަކުރާނެ ކަމަށް ޑރ މަޖީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖީދު ވިދާޅުވީ ޝަރުޢީ ނިޒާމްގެ ތެރެއިން ކަމަށްވިއަސް މިކަންކަން ކުރުމަށް ސަރުކާރަށް މަގުފަހިވެގެންދަނީ އެކަންކަމަށް މަގުފަހިކޮށްދޭނެ ބަޔަކު ތިބުމުން ކަމަށެވެ.

"ހަނދުމަފުޅު ބަހައްޓަވާތި ދުނިޔޭގެ ތާރީޚު ހެކިދޭ ގޮތުން އެއްވެސް ކަމެއް އަބަދަކު އެއް ގޮތަކަށް ނޯންނާނެ. ޝަރުޢީ ނިޒާމުން ކަންކަން ވާނީ. އަޅުގަނޑުމެން އެބޭފުޅުންގެ ކައިރިއަކަށް ނުދާނަން" ޑރ މަޖީދު ވިދާޅުވިއެވެ.

ޑރ މަޖީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާންގެ ވާހަކަ ނަން ކިޔާފައި ދައްކަން ޖެހޭ ކަމަށާއި ކޮންމެ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާމެދު ނިމުނު ކަމުގައި ވިއަސް ސުލައިމާނު ކުށްވެރި ނުވާނެ ގޮތަކީ މިހާރު ނެތް ގޮތެއް ކަމަށެވެ.

"ކޮންމެ ގޮތަކަށް ކަންކަން ވެގެން ދިޔަކަމުގައި ވިއަސް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނު ކަމުގައި ވިއަސް އަދި ނުގެއްލުނު ކަމުގައި ވިއަސް އަހުމަދު ސުލައިމާނު ކުށްވެރި ނުވާނެ ގޮތަކީ ނެތް ގޮތެއް. ގެއްލިއްޖެ ކަމަށް ކަނޑައަޅައިފިނަމަ ދެމަސް ދުވަހުގެ ތެރޭގައި އިންތިޚާބު ނުބޭއްވީތީ ޤާނޫނާ ޚިލާފް އެބަވޭ. ގޮނޑި ނުގެއްލޭ ކަމަށްވާނަމަ ގޮނޑި ނުގެއްލޭ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާތީ އެކަމާ ގުޅިގެން ގޮނޑި ގެއްލުނު މެންބަރުންނަށް ލިބެން ޖެހޭ އިނާޔަތްތައް އުނިކުރުމުގެ ސަބަބުން ޤާނޫނާ ޚިލާފްވެގެން އެބަ ކުށްވެރިވޭ" ޑރ މަޖީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 މެއި 2017

ކުރިނބީ ފޮށި އަލުން ގުނުމުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީއަށް ގޮނޑި ކަށަވަރުވެއްޖެ

15 މެއި 2017
ކުރިނބީ ފޮށި އަލުން ގުނުމުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީއަށް ގޮނޑި ކަށަވަރުވެއްޖެ
15 އެޕްރީލު 2017

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!
10 އެޕްރީލު 2017

މަޖިލީހުގެ ރައީސް ގޮނޑި ދެމެހެއްޓޭނީ ޑަންލޮޕް ލައިގެން އެކަނި: ރޮޒައިނާ

10 އެޕްރީލު 2017
މަޖިލީހުގެ ރައީސް ގޮނޑި ދެމެހެއްޓޭނީ ޑަންލޮޕް ލައިގެން އެކަނި: ރޮޒައިނާ
05 އެޕްރީލު 2017

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް