Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމް އިބުރާހިމް

ގާސިމްގެ އާދޭސް: މި އަނިޔާއިން ސަލާމަތްވުމަށް ހުރިހާ ބޭފުޅުން ދުއާ ކޮށްދެއްވާ

ފާރިސް ބަންދުގައި ބަހައްޓާފައި ހުންނަނީ ކުށަކާނުލާ ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 15 ޑިސެމްބަރު 2017 | ހުކުރު 00:38
ގާސިމް އިބްރާހިމް: އެދިވަޑައިގަންނަވަނީ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާ ކޮށްދެއްވަން

ގާސިމް އިބްރާހިމް: އެދިވަޑައިގަންނަވަނީ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާ ކޮށްދެއްވަން

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ކުށަކާނުލާ ބަންދުގައި ބެހެއްޓެމަކީ ދެމުންދާ ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގާސިމް ބުރާސްފަތި ދުވަހު ކުރެއްވި ޓޫވީޓެއްގައި ވިދާޅުވެފައިވަނީ ފާރިސް ޖަލުގައި ބަހައްޓާފައިވަނީ ކުށަކާ ނުލައި ބޭ އިންސާފުން ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ފާރިސް ބަންދުގައި ހުންނަވާތާ 150 ދުވަސްވެފައިވާއިރު އެއީ ދެމުންދާ ބޮޑު އަނިޔާއެއް ކަމަށާއި މި އަނިޔާއިން ސަލާމަތްކޮށްދެއްވުން އެދި ހުރިހާ ބޭފުޅުން ދުއާ ކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ޖަލު ހުކުމެއް އައިސްފައިވާ ގާސިމް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން ކަންބޮޑުވުމެއް ފާޅު ކުރައްވައި، ޓުވީޓް ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. ގާސިމް މި ވަގުތު ޖަރުމަނުވިލާތުގައި ހުންނެވިއިރު އެމަނިކުފާނު ބޭސްފަރުވާއަައް ފޮނުވާފައިވަނީ ސިންގަޕޫރަށެވެ. ނަމަވެސް ވަކި ހިސާބަކުން ގާސިމް ސިންގަޕާރުން ޖަރުމަނަށް ވަޑައިގެންނެވީ ޖަރުމަނުގެ ހާއްސަ ހުއްދައަކާއެކު އެވެ. އެކަމާ ގުޅިގެން ސަރުކާރުން ބުނަމުންދަނީ ގާސިމް މިހާރު ރާއްޖެއިން ބޭރުގައި އެ ހުންނެވީ ގަވައިދާ ހިލާފަށް ކަމަށެވެ.

ފާރިސް ބަންދުގައި ބަހައްޓާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމަށް ތުހްމަތު ކުރެވޭ މައްސަަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރު ބާތިލް ކުރުމަށް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު މިހާތަނަށް ވެސް އެ މައްސަލައިގަ ހުކުމެއް ކޮށްފައިނުވެ އެވެ.

ގާސިމް އިބްރާހިމްގެ އިތުރުން ސިޔާސީ އެހެން ބޭފުޅުން ވެސް ވަނީ ފާރިސް ބަންދުގައި ބަހައްޓާފައި ހުންނަތާ 150 ދުވަސްވެފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގާނޫނީ އެކި ބޭފުޅުންވެސް ވިދާޅުވާ ގޮތުން ފާރިސް ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނާ ހިލާފަށެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު