Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާނަލް ނާޒިމް

ޖަލު މަރާމާތު ކުރުމަށް ނާޒިމް ގެއަށް ބަދަލުކޮށްފި

14 ޑިސެމްބަރު 2017 | ބުރާސްފަތި 12:31

ކަރެކްޝަނުން ބުނީ ނާޒިމް ގެއަށް ބަދަލުކުރީ ޖަލު މަރާމާތުކުރަން ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 14 ޑިސެމްބަރު 2017 | ބުރާސްފަތި 12:31
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކޮއްކޮ އާދަމް އާޒިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކޮއްކޮ އާދަމް އާޒިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޖަލުގޮޅި މަރާމާތު ކުރުމަށް ގެއަށް ބަދަލުކޮށްފި އެވެ.

ނާޒިމް ގެއަށް ބަދަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:15 ހާއިރު އެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދޭ ގޮތުގައި، ނާޒިމް ގޭބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި ނާޒިމް ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޖަލުގޮޅި މަރާމާތު ކުރުމަށެވެ.

ނާޒިމް ބުރާސްފަތި ދުވަހު ގޭބަންދަށް ބަދަލުކޮށްފައި މިވަނީ، ނާޒިމާ މެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ މައުލޫމާތު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ޒައިދު ރާދުއަލް ހުސައިން އަށް ބުދަ ދުވަހު އަރުވާފައިވަނިކޮށެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރާ އެ މައުލޫމާތު ހިއްސާކުރެއްވީ ނާޒިމްގެ ކޮއްކޮ އާދަމް އާޒިމެވެ.

އދ. ގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ނާޒިމްގެ މައްޗަށް ހިންގި ޝަރީއަތުގައި އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމާއި، ސިޔާސީ އަދި މަދަނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ޚިލާފަށް ޝަރީއަތުގައި ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ނާޒިމް ވަގުތުން މިނިވަން ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

ނާޒިމް މިނިވަންކުރުމުގެ އިތުރުން، ނުހައްގުން ޖަލުގައި ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް އދ. ގެ ވޯކިންގ ގްރޫޕުން ސަރުކާރަށް ގޮވާލާފައިވެއެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލާފައި ވަނީ، އޭނާ ދިރިއުޅުއްވި އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލައިގައި 2015 ވަނަ އަހަރުގެ މާޗް 27 ގައެވެ. އެހެންނަމަވެސް، ޝަރީއަތުގެ ފުރަތަމަ ދުވަހުން ފެށިގެން ނާޒިމްގެ ފަރާތުން ބުނަމުން ދިޔައީ އެ ހަތިޔާރާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ ފްރޭމްކޮށް ލަނޑެއް ދިނުމުގެ ބޭނުމުގައި ބަޔަކު މީހުން ވެއްދި އެއްޗެއް ކަމަށެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުން އޭނާ އާއި އާއިލާގެ އެއްވެސް ބޭފުޅެއްގެ ޑީއެންއޭ ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ، ހަތިޔާރުން ފެނިފައިވާ ކަމަށް ފުލުހުން އިއުތިރާފުވެފައިވެއެވެ.

މިހާރު 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު ވެސް ވަނީ އެ ހަތިޔާރާއި ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މިއަހަރުގެ ޖޫން މަހު ސުޕްރީމް ކޯޓަށް އަދީބު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ނާޒިމް އުޅުއްވި އެޕާޓްމެންޓުން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގެ ހަގީގަތާއި އެކަން ހިނގައިދިޔަ ގޮތް ނުހަނު ރަނގަޅަށް އެނގޭ ކަމަށާއި ނާޒިމްގެ ކޮޓަރިން ފެނުނު އެ ތަކެއްޗަކީ ނާޒިމްގެ އެއްޗެހި ނޫން ކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެ ރޭވުން ފެށިގެން އައި ގޮތާއި އެކަމުގައި ބައިވެރިވި މީހުންނާއި އެކަން ނިމިގެންދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ޝަރުއީ ކޯޓެއްގައި ނާޒިމްގެ މައްސަލައިގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ ނާޒިމްގެ މައްޗަށް ރޭވިގެން އޭނާ ފްރޭމް ކުރެވުނު ކަންތައްތަކުގެ ތަފްސީލު ހިއްސާކުރާނެ ކަމަށް އަދީބުގެ ސިޓީގައި ހާމަކުރެ އެވެ. އަދި ޝަރުއީ ހަމަތަކުގެ މަތިން އެކަން ހާމަކުރުމަށް ތައްޔާރަށް ހުރި ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް