Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ ޖޫރިމަނާ މައްސަލަ

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލައަށް ތައްޔާރުވާން ދައުލަތަށް ހަފްތާއެއް ދީފި

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 12 ޑިސެމްބަރު 2017 | އަންގާރަ 14:08
ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިންގ، އިތުރު ބައްދަލުވުމެއް ބާއްވާނީ ހަފްތާއެއް ފަހުން

ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިންގ، އިތުރު ބައްދަލުވުމެއް ބާއްވާނީ ހަފްތާއެއް ފަހުން

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ކުރި މައްސަލައަށް ޖަވާބުދާރީވާން ތައްޔާރުވުމަށް ދައުލަތަށް ހަތް ދުވަހުގެ މުއްދަތެއް ސިވިލް ކޯޓުން ދީފި އެވެ.

ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ، މިއަހަރުގެ ޖުލައި 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގުރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ޖޫރިމަނާ ކުރި މައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މައްޗަށް ރާއްޖެޓީވީއިން ދައުވާކުރާ މައްސަލައިގައި މިހާރު ކުރިއަށްދަނީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ އެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއަކީ ދެފަރާތުގެ މެދުގައި މަޝްވަރާކޮށްގެން މައްސަލައަށް ހައްލެއް ހޯދޭތޯ ބަލާ މަރުހަލާ އެވެ. މައްސަލަ ޝަރީއަތަށް ފޮނުވާނީ އެ މަރުހަލާއިން ހައްލެއް ނުލިބިއްޖެނަމަ އެވެ.

ރާއްޖެޓީވީއިން ދައުވާކުރާ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގެ ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިއިރު، ދައުލަތުން ވަނީ ޖަވާބުދާރީވަން ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ. ދައުލަތުން އެފަދައިން އެދުމުން ސިވިލް ކޯޓުން ވަނީ ތައްޔާރުވާން ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ރާއްޖެޓީވީ ޖޫރިމަނާކުރީ، ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ގޮވައިލައްވާ މެންބަރު މުސްތަފާ ދައްކަވާފައިވާ ވާހަކައަކީ، ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ދައްކަވާފައިވާ ވާހަކައެއް ކަމަށް ބުނެ އެވެ.

މީގެ އިތުރުން، މުސްތަފާ ދެއްކެވި ވާހަކައަކީ ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކައެއް ކަމަށާއި ގާނޫނު އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކައެއް ކަމަށް ވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފައިވެއެވެ.

ޖޫރިމަނާކުރުމާއި ގުޅިގެން ރާއްޖެޓީވީއިން ނެރުނު ނޫސްބަޔާނުގައިވާ ގޮތުގައި، އެ ފިޔަވަޅަކީ ރާއްޖެ ޓީވީ އަށް އަނިޔާވެރި ވުމަށް ސިލްސިލާކޮށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެކެވެ. އަދި ބްރޯޑްކާސްޓިންގ ކޮމިޝަން އިންސާފުގެ ހަމައިން ނެއްޓިފައިވާކަމާއި، މައްސަލަތައް ބެލުމުގެ ގާބިލްކަމެއް ކޮމިޝަނުގައި ނެތްކަން އެ ކޮމިޝަންގެ ކޮންމެ ނިންމުމަކުން ހާމަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގެ އިތުރުން، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައާއި އެއް މިލިއަން ރުފިޔާއިން ޖުރިމަނާ ކުރި މައްސަލަ ވެސް ސިވިލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު