Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު މިނިސްޓްރީ

ނަރުހުން ނުލިބިގެން އަނެއްކާވެސް އިއުލާންކޮށްފި

12 ޑިސެމްބަރު 2017 | އަންގާރަ 03:52

ކުރިންވެސް 631 ނަރުހުން ހޯދަން އިއުލާންކުރި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 ޑިސެމްބަރު 2017 | އަންގާރަ 03:52
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ހޮސްޕިޓަލްތަކަށް 631 ރަޖިސްޓަރޑް ނަރުހުން ހޯދަން ހެލްތު މިނިސްޓްރީއިން އިއުލާންކުރިތާ މަހެއްހާ ދުވަސްވީތަނާ، އަނެއްކާވެސް 600އަށްވުރެ ގިނަ ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީއިން ހޯމަ ދުވަހު އިއުލާނުކޮށްފައިވަނީ 609 ރަޖިސްޓަރޑް ނަރުހުން ހޯދުމަށެވެ. ކުރީ ފަހަރު 631 ނަރުހުން ހޯދަން އިއުލާންކޮށްފައިވަނީ ނޮވެމްބަރު 4 ވަނަ ދުވަހުއެވެ. އެފަހަރު ވަޒީފާއަށް އެދުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ ހުސްވި ނޮވެމްބަރު މަހުގެ 15ވަނަ ދުވަހެވެ. މިފަހަރުވެސް އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ގިނަ އަދަދެއްގެ ނަރުހުން ހޯދާއިރު، ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ނަރުހުން ހޯދަން އިއުލާންކޮށްފައިވެއެވެ. އެންމެ ގިނަ ނަރުހުން ހޯދަން އިއުލާންކޮށްފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. އެހޮސްޕިޓަލަށް 42 ނަރުހުން ހޯދަން އިއުލާންކޮށްފައިވެއެވެ. ނޮވެމްބަރު މަހުގެ ކުރީކޮޅު އިއުލާންކުރިއިރުވެސް ހަމަ އެއަދަދަށް ނަރުހުން ހޯދަން އިއުލާންކުރިއެވެ.

Advertisement - newsAdvertisement

މީގެ ކުރިން ނަރުހުން ތަމްރީންކުރަމުން ދިޔައީ ހަމައެކަނި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ކަމުގައި ވިޔަސް، މިހާރު ސަރުކާރުން ހިންގާ ޓިވެޓް އޮތޯރިޓީއިންނާއި ޏ. ފުވައްމުލަކުގައި ހިންގާ އަމިއްލަ ކޮލެޖެއްކަމަށްވާ ޒިކުރާ ކޮލެޖުންވެސް ނަރުހުން ތަމްރީންކުރެއެވެ. ނަރުހުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރިނަމަވެސް، ދިވެހި ނަރުހުން އެއަދަށް ތަމްރީން ވެފައި ނެތުމާއި، ސަރުކާރުގެ ސިއްހީ ސިޔާސަތުގެ ދޯހަޅިކަމަށް ބުނެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ޖުމުލް 609 ރަޖިސްޓަރޑް ނަރުހުން ހޯދަން ހެލްތު މިނިސްޓްރީއިން އިއުލާންކޮށްފައިވާއިރު، މި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 1:30އެވެ. ރަޖިސްޓަރޑް ނަރުހުންގެ ވަޒީފާއަށް ކުރިމަތިލާ ނަރުހުންގެ އަތުގައި ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ނަރސިން ސެޓްފިކެޓް އޮންނަން ޖެހެއެވެ. މިވަޒީފާތަކަށް ކުރިމަތިލާ ނަރުހުން ވަޒީފާއަށް އެދި ސިޓީ ފޮނުވަން ޖެހޭނީ އެ ވަޒީފާއެއް އޮތް ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށެވެ. ވަޒީފާތައް އޮތް ރަށްތަކާއި ތަންތަނުގެ ތަފްޞީލީ ލިސްޓެއް ދިވެހި ސަރުކާރުގެ ގެޒެޓްގައި ހެލްތު މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި އެޓޭޗްކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް