Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓް

ޤަވާއިދާއި ޚިލާފަށް ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީއިން ހުއްދަ ދިންކަން ފަޅާ އަރައިފި

11 ޑިސެމްބަރު 2017 | ހޯމަ 20:53

އެ ހުއްދައިގެ ދަށުން 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 11 ޑިސެމްބަރު 2017 | ހޯމަ 20:53
ފިނޭންސް މިނިސްޓްރީ: ޤަވާއިދާއި ޚިލާފަށް އެތައް ކަމެއް ކުރަން ވަނީ ހުއްދަ ދީފައި

ފިނޭންސް މިނިސްޓްރީ: ޤަވާއިދާއި ޚިލާފަށް އެތައް ކަމެއް ކުރަން ވަނީ ހުއްދަ ދީފައި

ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި ޚިލާފަށް ބަޔަކަށް ފައިސާ ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައިވާކަން ފަޅާއަރައިފިއެވެ.

މިކަން ފަޅާއަރާފައިވަނީ ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ހާމަކުރައްވާފައިވާ މައުލޫމާތު ތަކުންނެވެ.

Advertisement - newsAdvertisement

އެ އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ ހޯމް މިނިސްޓްރީއިން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ފައިސާ ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.23 ވަނަ މާއްދާގައި، މަސައްކަތުގެ އަގު ތަކެތީގެ އަގާއިއެކު 1،000،000 (އެއް މިލިއަން) ރުފިޔާއަށް ވުރެ ބޮޑުނަމަ، މަސައްކަތުގެ ޖުމްލަ އަގުގެ 15 ޕަސެންޓަށްވުރެ ބޮޑުނުވާ އަދަދަކަށް އެޑްވާންސް ފައިސާ ދެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް މިނިވަން ފަންސާހުގެ ހަރަކާތްތަކާއި ގުޅޭ ކުއްލިއަކަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ކުރާއިރު، މަސައްކަތުގެ އަގުގެ 50 ޕަސެންޓް އެޑްވާންސް ފައިސާގެ ގޮތުގައި ދިނުމަށް 25 މާރޗް 2015 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެހުއްދަ އާއި ހަވާލާދީ 4227067 (ހަތަރު މިލިއަން ދުއިސައްތަ ހަތާވީސް ހާސް ފަސްދޮޅަސް ހަތެއް) ރުފިޔާ ޚަރަދު ކޮށްފައިވާކަންވެސް ފާހަގަ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޚާއްޞަ ހުއްދަ އާއި ޚިލާފަށް، މަސައްކަތުގެ އެޑްވާންސް ފައިސާގެ ގޮތުގައި 1201300 (އެއް މިލިއަން ދުއިސައްތަ އެއް ހާސް ތިން ސަތޭކަ) ރުފިޔާ ދީފައިވާކަން ފާހަގަ ކުރެވޭ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. މިނިވަން 50 އާއި ގުޅިގެން ހޯދާ ތަކެއްޗާއި ޚިދުމަތައް އެޑްވާންސް ފައިސާ ދިނުމުގައި ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ 8.23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލު ކުރުމަށް 29 ޖޫން 2015 ގައި ފިނޭންސް މިނިސްޓްރީއިން އަންގާފައި ވީނަމަވެސް، އެތާރީޚުގެ ފަހުންވެސް އެޤަވާއިދާ ޚިލާފަށް މިނިވަން 50 ގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް، އެޑްވާންސް ފައިސާގެ ގޮތުގައި 26،708،253 (ސައްބީސް މިލިއަން ހަތް ސަތޭކަ އަށް ހާސް ދުއިސައްތަ ފަންސާސް ތިނެއް) ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަ ކުރާ ކަމަށް ޒިޔަތު ފާހަގަކުރައްވާފައިވެއެވެ.

މި އޮޑިޓް ރިޕޯޓުގައި މިނިވަން 50 އާއި ގުޅޭ ގޮތުން ހިންގާފައިވާ ގިނަ ކަންތައްތަކެއްގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ކަންކަން ހިނގާފައި ހުރިކަން ހާމަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް