Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް ސްޕޯޓްސް

ކީޕަރު ފައިސަލްގެ އިތުރުން ގިނަ ކުޅުންތެރިންތަކެއް ނިއުގެ އެއްބަސްވުން އާކޮށްފި

ނިއު ވަނީ މި ސީޒަނުގައި އެފްއޭކަޕް އަދި ލީގުގެ ޗެމްޕިއަންކަން ހޯދާފައި

ލީވާން އަލީ
ލީވާން އަލީ | 10 ޑިސެމްބަރު 2017 | އާދީއްތަ 13:53
ނިއުގެ އެއްބަސްވުން އާކުރި މުހައްމަދު ފައިސަލް (ކ) އަދި ނިއުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް (ވ)

ނިއުގެ އެއްބަސްވުން އާކުރި މުހައްމަދު ފައިސަލް (ކ) އަދި ނިއުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް (ވ)

ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ގިނަ ކުޅުންތެރިންތަކެއް ނިއުގެ އެއްބަސްވުން އާކޮށްފިއެވެ.

އަންނަ އަހަރުގެ ނިޔަލަށް ފައިސަލްގެ އިތުރުން ނިއުގެ އެއްބަސްވުން އާކޮށްފައިވަނީ އަކްރަމް އަބްދުލްގަނީ އާއި ހަސަން އަދުހަމް އާއި އަހުމަދު އަބްދުﷲ އާއި ރިލްވާން ވަހީދު އަދި މިދުހަތް ފަހުމީއެވެ. މި ކުޅުންތެރިންގެ އިތުރުން ނިއުގެ ކޯޗު އަންނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައިވާއިރު، ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އެލްޑޯ އަދި ކަންޑޭލާވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ.

ނިއުގައި ދިގު މުއްދަތެއްވަންދެން މަޑުކުރަން އެއްބަސްވެފައި ވަނީ ހަމްޒާ މުހައްމަދު، އަލީ ފާސިރު އަދި އިބްރާހިމް ރަޝީދު އެވެ.

ނިއުގެ އެއްބަސްވުން އާނުކޮށް ތިބީ އަލީ އަޝްފާގު އާއި ކީޕަރު އިމްރާން މުހައްމަދު އަދި އިބްރާހިމް ފަޒީލްއެވެ. ބެލެވޭ ގޮތުގައި މި ތިން ކުޅުންތެރިންވެސް ވަރަށް އަވަހަށް ކްލަބްގައި މަޑުކުރުމަށް ނިންމާ އެއްބަސްވުމުގައި ސޮއިކުރާނެއެވެ.

އަންނަ އަހަރު އޭއެފްސީ ކަޕްގައި ވާދަކުރުމުގެ ފުރުސަތު ނިއުއަށް ލިބިފައިވާއިރު، އެޓީމު އަންނަނީ މުޅި ސީޒަނުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އަންނަ އަހަރު އޭއެފްސީއަށް ނިކުންނައިރު، ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކްލަބުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ނިއު ވަނީ މި ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ އުފުލާލުމުގެ އިތުރުން އެފްއޭކަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އެޓީމު ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގައެއް ހޯދާފައެވެ. ނިއު އަށް މި ސީޒަނުގައި ނުލިބުނީ ހަމައެކަނި މާލޭ ލީގެ ޗެމްޕިއަންކަމެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ޓްރާންސްފާގައި އާސެނަލް އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ: އޮޒިލް

10 އެޕްރީލު 2017
ޓްރާންސްފާގައި އާސެނަލް އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ: އޮޒިލް
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު