Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެޗްއާރުސީއެމް

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އިންސާނީ ހައްގުތައް ހޯދުމަށް ލެއާއި ދަލުން ރައްޔިތުން ގުރުބާން ވަނީ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2017 | އާދީއްތަ 14:04
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އައިމިނަތު އީނާސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އައިމިނަތު އީނާސް

ކޮންމެ ދުވަހަކީވެސް އިންސާނީ ހައްގުތަކުގެ ދުވަހެކެވެ. އެހެން ނަމަވެސް، އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަންކޮށް، ހައްގުތައް އިތުރަށް ކަށަވަރުކޮށްދިނުމުގައި ކުރަން ހުރި މަސައްކަތްތައް ވަޒަން ކުރުމެވެ. އިންސާނީ ހައްގަތަކުގެ ދުވަހެއް ފާހަގަކުރަމުން ދަނީ، 1948 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު ބޭއްވި އދ. ގެ އާންމު މަޖިލީހުގައި ޔުނިވަރސަލް ޑިކްލެރޭޝަން އޮފް ހިއުމަން ރައިޓްސް(ޔޫޑީއެޗްއާރް) ނުވަތަ އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ތަންފީޒުކުރަން ފެށިފެށުން ފާހަގަ ކުރުމަށެވެ. މިއީ އިންސާނަކަށް ވީތީ ލިބެންޖެހޭ އެންމެހާ ހައްގުތައް މިފަދައިން އެކުލަވާލެވި ދުނިޔޭގައި ފުރަތަމަ ތަންފީޒުކުރެވުނު މުއާހަދާ އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގައި ދިވެހިރާއްޖެއިން ވެސް ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް، އެ ގަރާރުގައި ކަނޑައެޅިފައިވާ ހައްގުތަކުގެ ތެރެއިން ދިވެހިރާއްޖެއިން އަމަލުކުރަންޖެހެނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ހައްގުތަކަށެވެ. އިންސާނުންގެ އަތުން ހަދާފައިވާ މުއާހަދާ އޮތް ތަނުގައި ބާއްވާށެވެ. އަޅުގަނޑުމެންގެ އިސްލާމްދީނަކީ އިންސާނީ ހައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދީފައިވާ ދީނެވެ. ޖާހިލިއްޔަ ޒަމާނުގައި ދުނިޔޭގައި އޮތް ލާއިންސާނީ އަމަލުތައް މަނާކުރެވި އެކަންތައްތައް ހުއްޓުވުމަށް ބާރު އެޅި ދީނެވެ. އަޅުވެތިކަމާއި، އަންހެން ދަރިން މެރުމާއި، ލާއިންސާނީ އަދަބު ދިނުމާއި، ބޭއިންސާފުގެ ވަކިތަކުން އިންސާނީ ކަރަމާތް ރައްކާތެރިކޮށްދިން ދީނެވެ.

އިންސާނީ ހައްގުތަކުގެ ވާހަކަ ދިވެހިރާއްޖޭގައި ތިބެގެން ދައްކާއިރު، އަޅުގަނޑުމެން މިތިބީ މުސްލިމުންގެ ހައިސިއްޔަތުން އިސްލާމްދީނުގައި އަންގަވާފައިވާ ފަދައިން އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ހިތުން ރުހުމުން އެއްބަސްވެގެންނެވެ. މީގެއިތުރުން، އިންސާނުންގެ އަތުން ހަދާފައިވާ އިންސާނީ ހައްގުތަކުގެ މުއާހަދާގައިވާ ގޮތަށް ހައްގުތައް ކަށަވަރު ކޮށްދޭންވެސް އަޅުގަނޑުމެން މިތިބީ އެއްބަސްވެގެންނެވެ. ކަން މިހެން އޮތްއިރު، އިންސާނީ ހައްގުތައް ކަށަވަރު ކޮށްނުދޭން، އިންސާނީ ހައްގުތައް ކުރިނާރުވަން އަޅުގަނޑުމެން ދިވެހިންނަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް އޮވެގެންވާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.

އިންސާނީ ހައްގުތައް ކުރިއަރުވައި، ހައްގުތަކާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި މިނިވަން މުއައްސަސާއެއްގެ ދަރަޖައިގައި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނެއް ރާއްޖޭގައި ވަނީ އުފައްދާފަ އެވެ. އެހެންނަމަވެސް، މި ރާއްޖޭގައި އުޅޭ "އިންސާނުންގެ" އިންސާނީ ހައްގުތައް ކުރިއެރުވުމުގައި މި ކޮމިޝަނަށް އެންމެ ފުރިހަމައަށް ޒިންމާ އަދާކުރެވޭތޯ އެވެ؟ ހަނު ތިބުމަކީ ޚިޔާނާތަކަށްވާނަމަ، ހިއުމަން ރައިޓްސް ކޮމިޝަން އެ ވަނީ އެންމެ ބޮޑު ޚިޔާނާތުން ޚިޔާނާތްތެރިވެފަ އެވެ. އިންސާނީ ހައްގުތައް ހޯދުމަށް ދިވެހިން ލެއާއި ދަލުން ގުރުބާންވަމުންދާއިރު، އިންސާނީ ހައްގުތައް ކުރިއަރުވަން ހުވައިކޮށްގެން ތިބެ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާ ކޮމިޝަނުގެ ހިލަމެއް ވަނީ ކޮންމެ އަހަރެއްގެ އިންސާނީ ހައްގުތަކުގެ ދުވަހު އެވެ.

އިންސާނީ ހައްގުތަކުގެ ދުވަހު ނެރޭ ބަޔާންތަކާއި ހިތޯބުތަކަށް ބަލާއިރު، ކުރީ އަހަރު ކޮމިޝަނުން ބުނީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވާނެ ކަމެއް ނެތް ކަމަށެވެ. މިއަހަރު ބުނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ވަރަށް ކާމިޔާބު މަސައްކަތްތަކެއް މިއަހަރު ކުރެވިއްޖެ ކަމަށެވެ. ކޮމިޝަނުގެ ރައީސް އައިމިނަތު އީނާސް އެހެން ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ ގާނޫނުތަކެއް މިއަހަރު ތަންފީޒުކުރަން ފަށާފައިވާތީ އެވެ. ގާނޫނަކަށް އަމަލުކުރަން ފެށީމާ އެ ދެން ވަރަށް ކާމިޔާބުވީ އެވެ. އަތްޖައްސަވާށެވެ. ކޮނޑުން ހުޅު ނެއްޓޭ ވަރަށް ބާރަށް އަތްޖައްސަވާށެވެ. އަތްޖަހަޖަހައި އަތުން ފޫ ދުއްވާލާށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ބޭސްފަރުވާގެ ހައްގުން މަހުރޫމް ކުރެވިފަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ "ދެކޮޅުނުޖެހޭ" ހުކުމަކުން މިނިވަންކަން ގެއްލިފަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ހައްގުތައް ގެއްލުވާލައިގެން ހިންގި ޝަރީއަތަކަށް ފަހު ބޮޑު ހުކުމެއް އައިސްފައެވެ. ޖަލުގައި ބޭސްފަރުވާ ނުކުރެވި އެތައް ބަޔަކު މަރުވަނީ އެވެ. ޖަލުތައް ތޮއްޖެހި، ދެ މީހުންގެ ގޮޅިތަކުގައި ހަތަރު ފަސް މީހުން ބަންދުކުރެވިފަ އެވެ. ޖަލުގައި ނުރައްކާތެރި ބަލިތައް ފެތުރެނީ އެވެ. ފުލުހުންގެ ފަރާތުން އެތައް ބައެއްގެ ހައްގުތައް ގެއްލިފަ އެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ތަޅު އެޅުވިފަ އެވެ. އެއްވެ އުޅުމުގެ ހައްގުގައި ކަސްތޮޅު އެޅުވިފަ އެވެ. އެންމެ އަސާސީ ހައްގުކަމަށްވާ ހައްގު ހޯދުމުގެ ހައްގު ނިގުޅައިގަނެ، ހައްގު ހޯދަން އުޅުން ވެސް ޖިނާއީ ކުށަކަށްވެފަ އެވެ. އެންމެ ކުޑަމިނުން ދުއާއެއް ކޮށްލުން ވެސް މަނާވެފަ އެވެ.

މިއުޅެނީ ގާނޫނެއް ނެތިގެންނެއް ނޫނެވެ. އީނާސްގެ ކޮމިޝަން ހައްގުތައް ރައްކާތެރިކުރުމުގައި ފަހަތު ފަޔަށް ބުރަވެފައިވަނީ ގާނޫނު ނެތިގެންތޯ އެވެ؟ ގާނޫނަކަށް އަމަލުކުރަން ފެށުމުން ރައްޔިތުންނަށް ލިބުނީ ކޮން ހިތްހަމަޖެހުމެއްތޯ އެވެ؟ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގައި އެ ހުރި މާއްދާތައް ރަނގަޅަށް ތަންފީޒު އެބަ ކުރެވޭތޯ އެވެ؟ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާނުކުރެވެނީ އެ ގާނޫނީ މާއްދާތައް މިހާރު އުވާލެވިފައިވާތީތޯއެވެ؟ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހައްގުތައް ނިގުޅައިގަންނައިރު ހަމަހިމޭނުން ކުޅި ބަލަން ކޮމިޝަން އޮންނަނީ ހަމަ ގާނޫނެއް ނެތީމައިތޯ އެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

23 ނޮވެމްބަރު 2017
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު