Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބަޖެޓް 2018

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ވޯޓުލާ ޖަލްސާގައި ބައިވެރިވާންޖެހޭ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 12:45
މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާއެއް ކުރިއަށް ގެންދަވަނީ

މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާއެއް ކުރިއަށް ގެންދަވަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދު، އަޑުފުޅަށް ކިތަންމެ ބާރެއްލައްވާފަ ވިދާޅުވިއެއްކަމަކު، ބަޖެޓް ފާސްކޮށްފައި ވަނީ ސީދާ ގާނޫނުއަސާސީއާއި އަދި ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން އަމަލު ކުރަމުން ދިޔަގޮތާއި ވެސް ހިލާފަށެވެ.

ބަޖެޓަށް ވޯޓަށް އެހުމަށްފަހު ބަޖެޓް ފާސްވެއްޖެ ކަމަށް އިއުލާން ކުރައްވަމުން މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ގަބޫލު ނުކުރާ، އަދި ގަދަފައި ވިއްދައިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެފައި ވަނީ "މިދަންނަވާލަނީ ދެންމެ ނެގުނު ވޯޓުގެ ނަތީޖާ. މަޖިލީހުގެ ޖުމުލަ އަދަދު 85، ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަދަދު 40، ފެންނަކަމަށް ވޯޓް ދެއްވި މެމްބަރުންގެ އަދަދު 39، ނުފެންނަ ކަމަށް ވޯޓު ދެއްވި މެމްބަރަކު ނެތް، ވަކިގޮތަކަށް ވޯޓް ދޭން ބޭނުންނުވާކަމަށް ވޯޓު ދެއްވި މެމްބަރަކު ނެތް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަދަދު 39، ފާސްވުމަށް ބޭނުންވާ އަދަދު 20، ޖުމްލަ 39، އެހެންކަމުން 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓް ދިރާސާކުރައްވާ ފުރިހަމަ ކުރެއްވުމަށްފަހު ބަޖެޓް ދިރާސާކުރާ ކޮމެޓީން ގެންނެވި އިސްލާހުތަކާއި އަދި ރެކޮމަންޑޭޝަންތަކާއެކު 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ކޮމެޓީން ނިންމެވި ގޮތަށް ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން މަޖިލީހުން ފާސްވެއްޖެ،" ކަމަށެވެ.

ބަޖެޓަކީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް، އަދި ޚަރަދުތަކަކާއި އާމްދަނީ އިތުރުކުރުމަށް ކަނޑައަޅާ ކަންތައްތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ދައުލަތުގެ ދަރަންޏާއި އާމްދަނީ އިތުރު ކުރުމަށް ރައްޔިތުންގެ އަތުން ޓެކްސް ނެގުން ފަދަ ކަންކަމަކީ ގައުމުގެ މުޅި މަސްލަހަތު އޮތް ކަމެއް ކަމަށްވާއިރު، ބަޖެޓް ފާސްކުރުމަކީ މަޖިލީހުގެ މައިނޯރިޓީއަށް ކުރެވޭނެ ކަމެއް ނޫނެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްވެއްޖެ ކަމަށް މަސީހު އިއުލާން ކުރެއްވިއިރު މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 85 ކަމަށް ވިދާޅުވި އެވެ. މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ރާއްޖެ 85 ދާއިރާއަކަށް ބަހާލައިގެން މެމްބަރުން އިންތިހާބު ކޮށްފައިވަނީ ވެސް އެ 85 ދާއިރާއިން ކޮންމެ ދާއިރާއަކުން މެމްބަރެކެވެ. އެހެންކަމުން މުޅި ރާއްޖެ ތަމްސީލުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 39 މެމްބަރުން އެއީ މަޖިލީހުގެ ދެބައިކުޅަ އެއްބައި ނޫންކަން މަސީހުއަށާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ނޭނގުނު ނަމަވެސް ދިވެހި ރައްޔިތުންނަށް އެނގެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ މަޖިލީހުން ފާސްވެއްޖެ ކަމަށް ނިންމުމަށްފަހު މަސީހު ވިދާޅުވެފައި ވަނީ "މިދައުރަށް ފެށިއިރު އަޅުގަނޑުމެން ކުރިމަތިލާ އެންމެބޮޑު އަމާޒަކަށްހިފީ ދިވެހި ދައުލަތުގެ ބަޖެޓާމެދު މަޖިލީހުން ގޮތެއް ނިންމެވުމަށް، އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް އެކަން ނިމިގެންދިޔައީ ގާނޫނާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން،" ކަމަށެވެ.

މަސީހު އެވެ. މާތްﷲ ގެ ވާގިފުޅާއެކު ދައުލަތުގެ ބަޖެޓް ދިރާސާކޮށް ނިމި ބަޖެޓް ފާސްވެއްޖެ ކަމަށް ވިދާޅުވިއިރު، ޖާހިލިއްޔަ ޒަމާނުގައި ޖާހިލު ކަމުގައިތިބެ، ދޮގު ވާހަކަތައް އެމީހުން ފެތުރިކަމަށްވިޔަސް، މުސްލިމެއްގެ ސިއްކަ ޖަހައިގެން އިންނަވާ ތިޔަވަރަށް ދޮގު ހަދަން ހެޔޮނުވާނެ ނޫންތޯއެވެ.

އިސްލާމް ދީނުގެ މަތިވެރި އުސޫލަކީ މަޝްވަރާގެ މަތިވެރި އުސޫލެވެ. އެހެންކަމުން ރައްޔިތުންގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބުން ގައުމުގެ ކަންކަމާ މަޝްވަރާކުރައްވާ ރައްޔިތުންނަށް ހެވާއި ލާބަހުރި ކަންކަން ކުރުމުގައި މަޝްވަރާގެ މަތިވެރި އުސޫލުން މީގެކުރިން ރައްޔިތުންގެ މަޖިލީހުން ފެނިގެންގޮސްފައިވެއެވެ. އެހެންނަމަވެސް މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި މަސީހު ހަވާލުވެ ވަޑައިގެންނެވިފަހުން، މަޝްވަރާކޮށްގެން ކަންކަން ނިންމުމުގެ ބަދަލުގައި ފެނިގެންދިޔައީ އޭރު އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން މުޅި މަޖިލިސް ހިސާރުކުރި މަންޒަރެވެ. އިދިކޮޅު މެމްބަރުން ދައްކާ ވާހަކަތަކާއި، ދެއްވާ ހިޔާލުތަކަކީ އެއްވެސް އެއްޗަކަށްނުވެއެވެ. މަޖިލީހެކޭ، ރައީސް އޮފީހުގެ ލީގަލް އެފެއާރޒު ސެކްޝަނެކޭ ތަފާތެއް ނެތެވެ. އެބޮޑާކަންމަތީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން އުޅުއްވަނިކޮށް، އޭގެތެރެއިން ބައެއް މެމްބަރުންނަށް މިއުޅެވެނީކީ އަދި ރަނގަޅަށް ނޫންކަން ވިސްނިވަޑައިގެން މަސީހު ކަންކަން ކުރައްވާ ގޮތާމެދު ފާޑު ވިދާޅުވެ، މަސީހުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށްޓަކައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން މަޖިލީހުގެ 45 މެމްބަރުންގެ މެޖޯރިޓީ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމުން، ގަދަފައި ވިއްދާފައި ރިޔާސަތުގައި އިންނެވި ނަމަވެސް ތިޔައީ މަޖިލީހުގެ ރައީސް ނޫންކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން އެވަނީ ވިދާޅުވެފަ އެވެ.

މަސީހުއެވެ. ޓެކްސް ނެގުމާއި ޚަރަދު ކުރުވޭނެ ގޮތާގުޅޭގޮތުން ގާނޫނުއަސާސީގެ 97 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައިވާ ގޮތުގެ މަތިން މެނުވީ ވެރިކަން ހިނގާ ފަރާތުން ދައުލަތުގެ މުދަލާއި ފައިސާ ޚަރަދުކުރުމާއި ހޭދަކޮށްގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައިވާ ގޮތުގެ މަތިން މެނުވީ ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެނޫންވެސް އެއްޗެއް ނުނެގޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ދައުލަތުގެ ބަޖެޓަކީ މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު ބަޖެޓެވެ. 27.9 ބިލިއަން ރުފުޔާގެ އެބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް ޓެކްސް އިތުރުކުރުން ފަދަ ކަންކަން ހިމަނާފައިވުމުން ބަޖެޓް ފާސްވާނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން އެމަޖިލީހެއްގައި ބައިވެރިވާ ޖަލްސާއަކުން ނެގޭ ވޯޓުންނެވެ.

މަސީހުއެވެ. ބަޖެޓް ފާސްވެއްޖެ ކަަމަށް ކަނޑައެޅި ނަމަވެސް އެއީ ސީދާ ގާނޫނުއަސާސީއާއި ޚިލާފު ނިންމުމެއްކަން ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)އާއި ގާނޫނުއާސާސީ 97 ވަނަ މާއްދާއަށް ރިޔާޢަތް ކުރުމުން އެނގެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

22 ޖުލައި 2017
އޭރު ފެޅީ ކޭކު، ދެން ފަޅާނީ ކޮންއެއްޗެއް؟

އޭރު ފެޅީ ކޭކު، ދެން ފަޅާނީ ކޮންއެއްޗެއް؟

05 ޖުލައި 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު