Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބިލެއްދޫ

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

މަގޫދޫ އާއި ބިލެއްދޫއާ ދެމެދު ގާތްގަނޑަކަށް ތިން މޭލު ހުރޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2017 | ހޮނިހިރު 14:28
ބިލެއްދޫ އާއި މަގޫދޫ އާއި  ދޭތެރޭ ބައިވެރިން ފަތާފައި ދަނީ:-

ބިލެއްދޫ އާއި މަގޫދޫ އާއި ދޭތެރޭ ބައިވެރިން ފަތާފައި ދަނީ:-

ސިޔާސީ ތަފާތު އެކި ހަރަކާތައް އެކި ދުވަސްތަކުގައި ރާއްޖެއިން ވެސް ފެނިގެން ގޮސްފައިވެ އެވެ. އަދި ބައެއް ފަހަރު ބައެއް މީހުންކުރާ ކަންތައްތަކަކީ އޭގެން އެތައް ބައެއްގެ ސަމާލުކަން ދަމައިގަންނަ ކަމަކަށްވެދެ އެވެ. މިދިޔަ ހުކުރު ދުވަހު ބިލެއްދޫގެ ރައްޔިތުންގެ ތެރެއިން ޒުވާނުންތަކެއް އިސްނަގައިގެން ހިންގި ހަރަކާތަކީވެސް އެތައް ބައެއްގެ މަގުބޫލުކަން އަތުލި ހަރަކާތެކެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފ.މަގޫދޫގައި ބާއްވަން ނިންމި ޖަލްސާއަށް ދިއުމަށް އިދިކޮޅު އެމްޑީޕީގެ ޒުވާނުންތަކެއް ދަތުރުފެށީ ކަނޑުމަގުން ފަތާފަ އެވެ. ގާތްގަނޑަކަށް 45 ވަރަކަށް މީހުންގެ ދަތުރުފެށީ ހުކުރު ދުވަހުގެ މެންދުރު ފަހު 2.30 ގަ އެވެ. ތިން މޭލުގެ ދިގު ރާސްތާ ހުރަސް ކުރުމަށް މޫދަށް ފުންމާލީ މަޖަލާ ޖޯޝާއެކު އެވެ.

ހުރިހާ ބައިވެރިން ތިބީ ރައީސް ނަޝީދު 2018 ޖަހާފައިވާ ޓީޝާޓުތަކެއް ލައިގެންނެވެ. ރަތްލާޖެހި އެމްޑީޕީ މީހުންކަން އެމީހުންގެ ވާހަކަތަކުން އެނގެ އެވެ. ދަތުރުފެށީ ސުރެ އެމީހުންގެ ދެ ފަރާތުން ދެ ދޯންޏާއި ކުޑަ ޑިންގީއަކާ ލޯންޗެއް ކައިރީގައި އޮވެގެން ދިޔައީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކަ އެވެ. އެކި ބައިވެރިން މަޑު ދުވެއްޔެއްގައި ފަތާފައި ކުރިއަށް ދިޔައީ ހަމަ ޖެހިލައިގެންނެވެ. އެކަކަށް ވުރެ އަނެކަކު އަވަހަށް ދިއުމެއް އަދި ވާދަވެރިކަމެއް ވެސް އެމީހުންގެ މެދުގައި ނެތެވެ. ދޯނީގައި އަދި ޑިންގީގައި ތިބި ބައެއް ފަތަމުންދާ މީހުން ގާތު އިރު އިރުކޮޅުން ވަރުބަލިވޭތޯ އަހާލަ އެވެ. ވަރު ބަލިވަންޏާ ދޯންޏަށް އަރަން ބުނީމަ އެމީހުން ބުނަނީ އެންމެ ވާހަކަ އެކެވެ. މޫދަށް ފޭބީ ކަނޑުމެދުން ދޯންޏަށް އަރަން ނޫން ކަމަށެވެ. ކެމެރާއަށް މަކަރު ހެދެން އޮތް ނަމަވެސް އެކަން އެގޮތައް ކުރާކަށް ބޭނުމެއް ނުވި އެވެ.

މިފަދަ ގޮތަކަށް އެމީހުންގެ ހަރަކާތްތައް ހުރިއިރު އެމީހުން ބޭނުންވީ ސަރުކާރަށް މެސެޖެއްދޭށެވެ. ސަރުކާރުން ދައްކާ ބިރަކުން އަދި ކުރާ ޖެއްސުމަކުން އެމީހުން ފަހަތަށް ނުޖެއްސޭނެ ކަމުގެ މެސެޖެވެ. އެމްޑީޕީގެ މީހުން ތިބީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީ އެއް ވާން ތައްޔާރަށް ކަމަށެވެ. ސަރުކާރަށް ތާއީދުކުރާ މީހުންވެސް ތިބީ މި ހަރަކާތުގައި މީހުންގެ އެ ހިތްވަރަށް ހައިރާންވެފަ އެވެ.

ގަޑިއިރެއްހާއިރު ފެތުމަށް ފަހު މަގޫދޫ ފަޅުތެރެއަށް ވަދެ އެންމެ ފުރަތަމަ ވަދެވުނު މީހުން އެންމެ ފަހުގެ ބައިވެރިޔާއަށް ވެސް ފަޅުތެރެއަށް ވަދެވެންދެން އިންތިޒާރުގައި ތިއްބެވެ. ބިލެތްދޫ އިން ބަޔަކު މީހުން ފަތާފައި މަގޫދޫއަށް އަންނަ ހަބަރާއެކު އެރަށުގެ އަންހެނުންނާއި ފިރިހެނުންނާއި ކުދިވެރިން ކުޅިބަލަން ނިކުތެވެ. ޒުވާން ބޮޑުބެރު ގުރޫޕަކުން ރަށުގެ ގޮނޑުދޮށް ފަޅުފިލުވަމުންދިޔައިރު ގޮނޑުދޮށުން އެމީހުން މަރުހަބާކީ އަންހެންވެރިން ނިކުމެ އެމީހުންގެ ކަރަށް މަހާލި މާފަތިތަކުންނެވެ.

ކަނޑުފަތާފައި އައުމުން ކޮންމެވެސް ވަރެއްގެ ވަރުބަލި ކަމެއް ލިބުނު ނަމަވެސް އެރަށަށް ދެވުނު އެންމެންގެ ހާލު ރަނގަޅެވެ. އެމީހުން ތިބީ އެ ހަރަކާތް ފުރިހަމަ ކޮށްލެވުނީމަ ހިތް ހަމަ ޖެހިގެންވެ.

މި ހަރަކާތް ފުރިހަމަ ކޮށްލެވުނު ނަމަވެސް މި ހަރަކާތުގެ ފަހުގައި މުޅި ބިލެތްދޫއަށް ސިހުން ގެނުވީ މި ފެތުމުގައި ބައިވެރިވި އެކަކު ދުނިޔެ ދޫކުރި ހަބަރާއެކު އެވެ. މި ފެތުމުގައި ބައިވެރިވި ހިތްވަރުގަދަ އިބްރާހިމް ނާހިދު ބިލެތްދޫއިން މޫދަށް ފުންމާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ސަރައްދުގައި ހަރަކާތްތެރިވި ލޯންޗަށް ނެގީ އޭނާއަށް އުނދަގޫތަކެއްވާތީ އެވެ. އަދި އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވީ އެވެ. އޭނާ ކަނޑުގައި ފަތާލެވުނީ ކުޑަ ވަގުތު ކޮޅަކަށެވެ. ނަމަވެސް އޭނާ އަކީ ފާނަ މަސްވެރިކަމުގައި އުޅުނު މީހަކަށްވާތީ ގިނަ ވަގުތު މޫދުގައި އުޅުމަކީ އޭނާއަށް އާ ކަމެއް ނޫނެވެ. އެހެން ކަމުން ދެގޮތުންވެސް މި ހަރަކާތްވީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ސަމާލުކަން ލިބުނު ހަރަކާތަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!

ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!

24 ސެޕްޓެމްބަރު 2017
ރައީސް ޔާމީން ހައްޖު ދަތުރު ކެންސަލް ކުރެއްވި ސަބަބު؟

ރައީސް ޔާމީން ހައްޖު ދަތުރު ކެންސަލް ކުރެއްވި ސަބަބު؟

03 ސެޕްޓެމްބަރު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017
ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

ޓްރެފިކްގަ ނުޖެހެންވެގެން އޮފީހަށް ދަނީ ފަތާފައި

29 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު