Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާނާ ވިހަވުން

ބ. ގޮއިދޫގައި ބަޔަކު ކާނާ ވިހަވެގެން ފަރުވާދެނީ !

މިހާތަނަށް 20 މީހަކު އެ ރަށުގެ ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޑިސެމްބަރު 2017 | ހުކުރު 04:04
ބ. ގޮއިދޫ ސިއްހީ މަރުކަޒު

ބ. ގޮއިދޫ ސިއްހީ މަރުކަޒު

ބ. ގޮއިދޫގައި ބަޔަކު ކާނާ ވިހަވެގެން ފަރުވާދޭން ފަށައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެ ރަށުގެ ރައްޔިތަކު ބުނީ ރަށުގެ ބައެއް ރައްޔިތުން ކާނާ ވިހަވެފައިވާކަން ފާހަގަވީ ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ކަމަށާއި މިހާތަނަށް 20 މީހަކު އެ ރަށުގެ ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކާނާ ވިހަވާން ދިމާވި ސަބަބަކީ އެ ރަށުގެ ހުރިހާ ސަރުކާރު އޮފީސްތަކުން ބުދަ ދުވަހުގެ ރޭ ބޭއްވި ބާބަކިއުގައި ކޭ އެއްޗެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މީހާ އިތުރަށް ބުނީ އެ ރަށު ސިއްހީ މަރުކަޒުގައި 4 އެނދު ހުންނައިރު ބައެއް މީހުން އެނދުމަތިކޮށްގެން ފަރުވާދެވެން ނެތުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ގެއަށް ފޮނުވާލައިފައިވާ ކަމަށެވެ.

މީގެ އިތުރުން ބައެއް މީހުން އަތޮޅު ހޮސްޕިޓަލުންވެސް ފަރުވާ ހޯދުމަށްޓަކައި ފުރާފައިވާ ކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން އެ ރަށު ސިއްހީ މަރުކަޒުގެ ބަހެއް ހޯދާލަން ގުޅުމުން އެ ރަށު ސިއްހީ މަރުކަޒުން ބުނީ އެކަމާއި ގުޅޭގޮތުން އެއްވެސް ބަހެއް ބުނަން ބޭނުންނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު