Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގުދުސްގެ މައްސަލަ

ގުދުސްގެ މައްސަލަ: އިސްތަންބޫލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކުރިމަތީ މުޒާހަރާ ފަށައިފި

7 ޑިސެމްބަރު 2017 | ބުރާސްފަތި 10:21

އޮރްދޮޣާން ވަނީ ގުދުސްއަކީ އިސްރާއީލުގެ ވެރިރަށަށް ހަދައިފި ނަމަ އިޒްރާއީލާ ގުޅުން ކަނޑާލާނެކަމުގެ އިންޒާރު ދެއްވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 7 ޑިސެމްބަރު 2017 | ބުރާސްފަތި 10:21
ތުރުކީގެ އިތުރުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ވެސް އަންނަނީ ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް މުޒާހަރާ ކުރަމުން

ތުރުކީގެ އިތުރުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ވެސް އަންނަނީ ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް މުޒާހަރާ ކުރަމުން

ގުދުސްއަކީ އިޒްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން، ތުރުކީގެ އިސްތަންބޫލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކުރިމަތީގައި މުޒާހަރާކުރަން ފަށައިފިއެވެ.

ގުދުސްއަކީ އިޒްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަންނަ ކަމަށް ރައީސް ޓްރަމްޕް ބުދަ ދުވަހު ވަނީ އިއުލާނުކުރައްވާފައެވެ. ރައީސް ޓްރަމްޕް ސިފަކުރެއްވި ގޮތުގައި މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތް ކުރިޔަށް ގެންގޮސް، ދިގުދެމިގެންދާނެ އެއްބަސްވުމަކަށް ދިއުމަށް އެ ފިޔަވަޅަކީ "މާ ބޮޑަށް ވެސް ލަސްވެފައިވާ" ފިޔަވަޅެކެވެ.

މި ނިންމެވުމުގެ ކުރިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ވަނީ އެ ނިންމެވުމުގެ ސަބަބުން ސަރަހައްދަށް ނުބައި ނަތީޖާއެއް ނުކުމެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އައްބާސް ވިދާޅުވެފައި ވަނީ މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ބާއްވާ ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ރޯލު އެމެރިކާއަށް އަދާނުކުރެވޭނެ ކަމަށެވެ. އިޒްރާއީލާއި ފަލަސްތީނާ ދެމެދުވާ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައަކީ ގުދުސްގެ މައްސަލައެވެ.

ތުރުކީގެ އިތުރުން މި މައްސަލައިގައި އެމެރިކާއާ ދެކޮޅަށް އެންމެ ބޮޑަށް ނުރުހުން ފާޅުކުރަމުންދާ އުރުދުންގައި ވެސް ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް ގެންދަނީ މުޒާހަރާ ކުރަމުންނެވެ.

ފަލަސްތީނަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާ ތުރުކީގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާކުރަމުންދާއިރު އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން ވަނީ ޓްރަމްޕްގެ މި ނިންމެވުން އިއުލާނުކުރެއްވުމުގެ ކުރިން އެކަމުގެ ނުރައްކާތެރިކަން ހާމަކުރައްވާފައެވެ. އޮރްދޮޣާން ވަނީ ގުދުސްއަކީ އިޒްރާއީލްގެ ވެރިރަށަށް ހަދައިފި ނަމަ އިޒްރާއީލާ ގުޅުން ކަނޑާލާނެކަމުގެ އިންޒާރު ދެއްވާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް