Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖީސީސީ ސަމިޓް

ޖީސީސީގެ އޮނިގަނޑަށް ބަދަލު ގެންނަން ޖެހިދާނެ: ކުވެއިތު

6 ޑިސެމްބަރު 2017 | ބުދަ 12:40

ގަތަރާ ގުޅުންކަނޑާލި ގައުމުތަކުން ބައްދަލުވުމަށް އެންމެ އިސްވެރިން ފޮނުވާފައެއް ނުވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 6 ޑިސެމްބަރު 2017 | ބުދަ 12:40
ބައްދަލުވުން ނިންމަން އެޖެންޑާ ކުރެވިފައި އޮތް ދުވަހުގެ ކުރިން ވަނީ ނިންމާލާފައި

ބައްދަލުވުން ނިންމަން އެޖެންޑާ ކުރެވިފައި އޮތް ދުވަހުގެ ކުރިން ވަނީ ނިންމާލާފައި

ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ އޮނިގަނޑަށް އަވަސް މުސްތަގްބަލެއްގައި ބަދަލު ގެންނަން ޖެހިދާނެ ކަމަށް ކުވެއިތުގެ އަމީރު ވިދާޅުވެއްޖެއެވެ.

ޝެއިޚް ސަބާހް އަލް-އަހުމަދު އަލް ސަބާހް މިހެން ވިދާޅުވީ ބުދަ ދުވަހު ނިންމުމަށް އޮތް ސަމިޓް ކުއްލި ގޮތަކަށް އަންގާރަ ދުވަހު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޖީސީސީގެ އެންމެ އިސްވެރިންގެ ސިއްރު ބައްދަލުވުމަށް ފަހު މަންދޫބުން ވަނީ ކުވެއިތު ދޫކުރައްވާ ވަޑައިގެންފައެވެ.

"ގޮންޖެހުންތަކާ ރަނގަޅަށް ކުރިމަތިލުމަށް އަޅުގަނޑުމެން އެބަޖެހޭ ޖީސީސީގެ ނިޒާމް ބަދަލުކުރަން" ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ގަލްފުގައި އުފެދިފައިވާ މައްސަލައަށް ރިއާޔަތްކުރައްވައި ސަބާހް ވިދާޅުވިއެވެ. އެއީ ސައުދީ އަރަބިއްޔާ އާއި، ބަހްރެއިނާއި ކުވެއިތު އަދި ޔޫއޭއީ އިން ޤަތަރާ ގުޅުން ކަނޑާލި ދުވަހެވެ. އެ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ ޓެރެރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ، ނަމަވެސް ޤަތަރުން އެ ތުހުމަތުތައް ދޮގުކުރެއެވެ.

ޝެއިޚް ސަބާހް ވަނީ ގަލްފުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ޓާސްކް ފޯހެއް އުފައްދަވާފާނެކަމުގެ އިޝާރާތެއް ވެސް ދެއްވާފައެވެ.

"ހަގީގަތަކީ ޖީސީސީގައި މިހާރު ވެސް އޮވޭ އެތެރޭގެ ޚިލާފްތައް ހައްލުކުރުމަށް ޓާސްކް ފޯހެއް"

ގަލްފުގެ މައްސަލައަށް ހަ މަސްދުވަސްވެފައިވާއިރު މި ޓާސްކް ފޯސް ކޮބައިތޯ ސުވާލުކޮށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކުވެއިތު ސިޓީގައި ބޭއްވި ޖީސީސީގެ 38 ވަނަ ސަމިޓް ބާއްވާފައި މިވަނީ ޤަތަރުގެ މައްސަލަ އުފެދުނުތާ ހަ މަސް ފުރުނު ދުވަހުއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ޔޫއޭއީ އިން ވަނީ ޖީސީސީއާ ވަކިން އެ ގައުމުން ސައުދީ އަރަބިއްޔާއާ އެކު އިގްތިސާދީ، އަދި އަސްކަރީ ގުޅުމެއް ގާއިމްކޮށްފި ކަމަށް ބުނެފައެވެ.

އަހަރަކު އެއްފަހަރު ބާއްވާ ޖީސީސީގެ ސަމިޓަކީ މެމްބަރު ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއް ނަމަވެސް ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބައްދަލުވުމަށް ފޮނުވާފައި ވަނީ އާއްމު ޑިޕްލޮމޭޓުންނެވެ.

ބަހްރެއިނުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ ބޮޑުވަޒީރުގެ ނައިބެވެ. ޝާހީ އާއިލާގެ ބޭފުޅެއްގެ ބަދަލުގައި ސައުދީ އަރަބިއްޔާއިން ފޮނުވާފައި ވަނީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބެއިރުއެވެ.

ޖީސީސީގެ މިފަހަރުގެ ބައްދަލުވުމުގެ އެޖެންޑާ އާއްމުކޮށްފައި ނުވާއިރު ދިރާސާކުރައްވާ ފަރާތްތަކުން ގަބޫލުކުރައްވާ ގޮތުގައި އެންމެ އިސްކަމަކަށް އޮންނާނީ ގަލްފް މައްސަލައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
15 މެއި 2017

ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން

15 މެއި 2017
ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން
26 އެޕްރީލު 2017

ޑުޓާޓެއަށް ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ދާންޖެހިދާނެ!

26 އެޕްރީލު 2017
ޑުޓާޓެއަށް ބައިނަލް އަޤްވާމީ ކްރިމިނަލް ކޯޓަށް ދާންޖެހިދާނެ!
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް