Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސާއަށް މަޝެރާނޯ ބޭނުންވޭ: ވަލްވާޑޭ

5 ޑިސެމްބަރު 2017 | އަންގާރަ 06:32

ވޭތުވެދިޔަ ހަފްތާގައި މީޑިއާތަކުން ވަނީ މަޝެރާނޯ ބާސާ ދޫކޮށްލަން އުޅޭކަމަށް ރިޕޯޓުކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 ޑިސެމްބަރު 2017 | އަންގާރަ 06:32
ހަވިޔާ މަޝެރާނޯ - އަންނަ ސީޒަނުގައި އެހެން ޓީމަކުން ފެނުމަކީ އެކަށީގެންވާ ކަމެއް

ހަވިޔާ މަޝެރާނޯ - އަންނަ ސީޒަނުގައި އެހެން ޓީމަކުން ފެނުމަކީ އެކަށީގެންވާ ކަމެއް

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ހަވިޔާ މަޝެރާނޯ އަދިވެސް އެ ޓީމަށް ބޭނުންވާ ކަމަށް ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ބާސާގެ ޑިފެންސަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި މަޝެރާނޯގެ އިތުރުން ފްރާންސްގެ ޒުވާން ޑިފެންޑަރު ސެމުއެލް އުމްޓީޓީ ވެސް ހުރީ އަނިޔާގައެވެ. ބާސާގެ ޑިފެންސްގެ އެންމެ ފަހަތަށް ކުޅުމަށް މިވަގުތު ތިބީ އެންމެ ދެ ކުޅުންތެރިންނެވެ. ވޭތުވެދިޔަ ހަފްތާގައި މީޑިއާތަކުން ވަނީ މަޝެރާނޯ ބާސާ ދޫކޮށްލަން އުޅޭކަމަށް ރިޕޯޓު ކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ބާސާގެ ކޯޗު ވަލްވާޑޭ ބުނީ އޮގަސްޓް މަހު ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވި ފަހުން ދައްކަމުން ދަނީ ޖެނުއަރީ މަހު ހުޅުވާލާ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގެ ވާހަކަ ކަމަށެވެ. ޓްރާންސްފާ މާކެޓް ހުޅުވާލުމުގެ ކުރިން އޭގެ ވާހަކަ ދެއްކުމަކީ މޮޔަކަމެއްގެ ގޮތުގައި ވަލްވާޑޭ ސިފަކުރިއެވެ.

ހަމައެހެންމެ މަޝެރާނޯއަކީ ބާސާއަށް އަދިވެސް ބޭނުން ކުޅުންތެރިޔެއް ކަމަށާއި އޭނާ ޓީމު ބަދަލުކުރަން ބޭނުންވާނަމަ އެކަމުގެ ވާހަކަ ދައްކާނީ ޓްރާންސްފާ މާކެޓް ހުޅުވުމުން ކަމަށް ވެސް ވަލްވާޑޭ ބުނެފައިވެއެވެ. ހިޔާލީ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި މާޝެރާނޯއާއި އެއްވެސް މައްސަލައެއް ވެސް ނެތް ކަމަށް ވަލްވާޑޭ ބުނެފައިވެއެވެ.

ޑިފެންސަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި މެޑިކަލް ޑިޕާޓްމެންޓާއި ވާހަކަ ދެއްކުމަށް ފަހު އައު ކުޅުންތެރިން ގެންނަން ޖެހޭނަމަ އެކަން ކްލަބުގެ މެނޭޖްމަންޓުން ކުރިޔަށް ގެންދާނެ ކަމަށް ވެސް ވަލްވާޑޭ ހާމަކުރިއެވެ. އަދި އައު ކުޅުންތެރިން އަންނަންދެން އެ މަގާމު ފުރާނީ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ނުވަތަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑިންޔޭ ކަމުގެ އިޝާރާތެއް ވެސް ވަލްވާޑޭ ވަނީ ދީފައެވެ.

މީގެ ކުރިން މަޝްހޫރު ވެބްސައިޓް 'އީއެސްޕީއެން'އަށް ދިން އިންޓަވިއުއެއްގައި މަޝެރާނޯ ބުނީ ބާސާއަށް މާ ގިނަ ދުވަހު ކުޅެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށާއި އެހެން ކަމުން އަވަސް މުސްތަގުބަލެއްގައި ބާސާ ދޫކޮށްލާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ހޭދަކުރީ ބާސާގައި ކަމަށާއި އެ ކްލަބުގައި ވޭތުކުރާ ދުވަސްތައް ދުވަހަކުވެސް ހަދާނުން ފިލައިގެން ނުދާނެ ކަމަށެވެ.

ހަމައެހެންމެ މަޝެރާނޯ އޭރު ބުނީ އޭނާއަކީ ކަންކަން ނިންމަންޖެހޭ ވަގުތު ވަރަށް ރަނގަޅަށް އެނގޭ މީހެއް ކަމަށާއި އެހެންކަމުން ބާސާއާއިއެކު ހަދާފައިވާ އެއްބަސްވުން ވެސް ނިމުމަކަށް ގެންނަން ޖެހޭ ދުވަހަކުން އެކަން ކުރަން ފަސް ނުޖެހޭނެ ކަމަށެވެ. އެހެނަސް އޭނާ ބުނީ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަކީ ހަމައެކަނި އޭނާގެ ބާރުގައި ވާ ކަމެއް ނޫން ކަމަށާއި އެކަމުގައި ބާސާގެ ހިއްސާއެއް ވެސް އެބައޮތް ކަމަށެވެ.

ލިވަޕޫލް ދޫކޮށްލުމަށް ފަހު 2010 ވަނަ އަހަރު ބާސާއާއި ގުޅުނު މަޝެރާނޯ ވަނީ އެ ޓީމާއެކު ކާމިޔާބު ގިނަ ސީޒަންތަކެއް ހޭދަކޮށްފައެވެ. އޭނާއަކީ އެ ޓީމުގެ ޑިފެންސް ލައިނުގައި މުހިންމު ރޯލެއް އަދާކުރަމުން ދިޔަ ކުޅުންތެރިއެކެވެ. އެހެން ނަމަވެސް އުމުރުން 33 އަހަރުގެ މަޝެރާނޯއަށް މި ސީޒަނުގައި ބާސާގެ ފުރަތަމަ 11 އިން ޖާގަ ލިބެމުންދަނީ ވަރަށް މަދުންނެވެ.

ބާސާއަށް ބަދަލުވިއިރު އޭނާއަކީ މިޑްފީލްޑަރެއް ނަމަވެސް އޭނާ ބާސާއަށް ކުޅެނީ ޑިފެންޑަރެއްގެ ގޮތުގައެވެ. ބާސާއަށް ބަދަލުވި ފަހުން މަޝެރާނޯ ވަނީ އެ ޓީމަށް 202 މެޗު ކުޅެދީފައެވެ. އޭނާވަނީ ބާސާގައި ވޭތުކުރި ހަތް އަހަރުގައި 17 ތަށި އެ ޓީމާއެކު ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

25 މެއި 2017

އެވަޓަންގެ ބާކްލީ ހޯދުމަށް ޔުނައިޓެޑް އަދި ޓޮޓެންހަމް ބޭނުންވޭ!

25 މެއި 2017
އެވަޓަންގެ ބާކްލީ ހޯދުމަށް ޔުނައިޓެޑް އަދި ޓޮޓެންހަމް ބޭނުންވޭ!
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
25 މާރިޗު 2017

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
28 ފެބުރުއަރީ 2017

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް