Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަންޖޭ ކަޕޫރު

ސަންޖޭގެ ފިލްމުގެ ޝޫޓިން އަލުން ރަންބީރު ޝޫޓް ކުރަނީ

5 ޑިސެމްބަރު 2017 | އަންގާރަ 04:18

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 ޑިސެމްބަރު 2017 | އަންގާރަ 04:18
ރަންބީރު ކަޕޫރު

ރަންބީރު ކަޕޫރު

ބޮލީވުޑްގެ ތަރި ސަންޖޭ ކަޕޫރުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގެ ޝޫޓިން އަލުން ނެގުމަށް ރަންބީރު ކަޕޫރު ބޭނުންވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ރަންބީރު ބޭނުންވަނީ އެ ފިލްމުގައި ވީހާވެސް ފުރިހަމައަށް އެކްޓް ކުރުމަށް ކަމަށެވެ.

ރަންބީރު އަލުން ޝޫޓް ކުރާނީ ކުރިން ޝޫޓްކޮށްފައިވާ ބައެއް މަންޒަރުތަކެވެ. މިހުށައެޅުން ފިލްމުގެ ޑައިރެކްޓަރަށް ރަންބީރު ހުށަހެޅުމުން އެކަން ގަބޫލުކޮށް އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ރަންބީރުގެ ގާތް ފަރާތްތަކުން ބުނެފައިވަނީ ފިލްމުގެ ބައެއް މަންޒަރުތައް އަލުން ނަގަން ރަންބީރު ބޭނުންވަނީ ކުރިން ނަގާފައިހުރި މަންޒަރުތަކަށް ވުރެ މޮޅަށް އޭނާއަށް އެކްޓްކުރެވިދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. މިފިލްމުގެ ޝޫޓިން ނިމުމަކާއި ހަމައަށް މިހާރު އައިސްފައިވީ ނަމަވެސް ރަންބީރު ބޭނުންވާ މަންޒަރުތައް އަލުން ނަގާނެއެވެ.

ސަންޖޭގެ ހަޔާތުގެ މައްޗަށް ކުޅޭ މިފިލްމުގެ ނަމަކީ "ސަންޖޫ"އެވެ. މި ފިލްމުގައި ފެނިގެން ދާނީ ސަންޖޭ ފިލްމީހަޔާތަށް ގުޅުނުގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން އޭނާ ޖަލަށް ދާން ޖެހުނުގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީދާއިރާގައި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުގޮތެވެ. މި ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު މީހުންގެ ރޯލުން ފެނިގެންދާނީ އަނުޝްކާ ޝަރުމާއާއި ސޯނަމް ކަޕޫރެވެ.

އަދި އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ދިއާ މިރްޒާއެވެ. މީގެ އިތުރުން މަންމައާއި ބައްޕަގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލްއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހުގައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
19 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
08 ފެބުރުއަރީ 2017

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

08 ފެބުރުއަރީ 2017
"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ
08 ފެބުރުއަރީ 2017

"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި

08 ފެބުރުއަރީ 2017
"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި
07 ފެބުރުއަރީ 2017

ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

07 ފެބުރުއަރީ 2017
ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ
29 ޖެނުއަރީ 2017

ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި

29 ޖެނުއަރީ 2017
ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި
14 ޖެނުއަރީ 2017

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު

14 ޖެނުއަރީ 2017
އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް