Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލައިފް ފެން

އަޅުގަނޑުމެންގެ ފެކްޓްރީ އިން އުފައްދާ ފެން ފުޅީގައި އެއްވެސް މައްސަލައެއް ނޫޅޭނެ: އައިބީސީ

އެމްއެފްޑީއޭ އިން ބުނީ ބެޗް 447، 500 އެމްއެލްގެ ފެންފުޅިތަކުން ކަޅު ކުލައިގެ ކުނޑިތަކެއް ފެނިފައިވާ ކަމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ޑިސެމްބަރު 2017 | ހޯމަ 14:39
މައްސަލަ ޖެހުނު ކަމަށް ބުނާ ބެޗްގެ ފެން ފުޅިއެއް

މައްސަލަ ޖެހުނު ކަމަށް ބުނާ ބެޗްގެ ފެން ފުޅިއެއް

އިންޓަނޭޝަލް ބެވަރޭޖްސް ކުންފުނިން (އައިބީސީ) އިން އުފައްދާ "ލައިފް" ފެންފުޅީގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ހެޕީ މާރކެޓްގެ ސީއޯ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހޯމަ ދުވަހު ނެރުނު ބަޔާނާ ގުޅިގެން އިހުސާން ވިދާޅުވީ ކޮންމެ ބެޗެއްގެ ވެސް ފެންފުޅި ބާޒާރަށް ނެރުމުގެ ކުރިން އެމްއެފްޑީއޭގެ ލެބޯޓަރީން ޓެސްޓްކޮށް، އެ ތަނުން ހުއްދަ ދިނުމުން ނޫނީ ފެންފުޅިތައް ބާޒާރަށް ނުނެރޭ ކަމަށެވެ. އަދި އެމްއެފްޑީއޭ އިން ކޮންމެ ބެޗެއްގެ ވެސް ޓެސްޓްތައް ހަދަނީ ރައްކާތެރިކަމާއި ކޮލެޓީ ހިފަހައްޓަން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްއެފްޑީއޭ އިން އެގޮތަށް ބަޔާން ނެރެފައިވާއިރު އެ އިދާރާ އިން އެ ކުންފުންޏާ އެކަން ހިއްސާކޮށް، އެކަމުގެ މައުލޫމާތު ހޯދާފައި ނުވާތީ އިހްސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން އުފައްދާ ކޮންމެ ބެޗެއްގެ ވެސް ފެން ފުޅިތަކުގެ ގިނަވެގެން ދެ ފުޅި ސާމްޕަލްގެ ގޮތުގައި، އައިއެސްއޯގެ ސްޓޭންޑަޑްގެ ދަށުން އެއް އަހަރު ވަންދެން ބަހައްޓަން ޖެހޭކަން ފާހަގަކުރައްވައި އިހްސާން ވިދާޅުވީ އެމްއެފްޑީއޭ އިން މައްސަލަ އުޅޭ ކަމަށް ބުނާ "ބެޗް 447"ގެ ސާމްޕަލް ދެ ފުޅި އަދިވެސް އެބަހުރި ކަމަށެވެ. އަދި އެމްއެފްޑީއޭ އިން އެ ބެޗްގެ ފުޅިތަކުގެ ސާމްޕަލް ބަލަން ފެކްޓްރީއަށް ގޮސްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައިބީސީ އިން އުފައްދާ ކޮންމެ ބެޗެއް ވެސް ހަފްތާއެއްގެ ތެރޭގައި މާލޭއިން ވިކި ހުސްވާ ކަމަށާއި އަދި ރަށްރަށުގައި ވިއްކާ އެ ބެޗްގެ ފެންފުޅިތައް ގިނަވެގެން ދޮޅުމަސް ދުވަހުގެ ތެރޭގައި ހުސްވާ އިރު އެމްއެފްޑީއޭ އިން އޮކްޓޯބަރު މަހު އުފެއްދި ބެޗްގައި މައްސަލަ އުޅޭ ކަމަށް ބުނަންވީ ސަބަބެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށް އިހްސާން ވިދާޅުވިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި ވަނީ އޮކްޓޯބަރު މަހުގައި އުފައްދާފައިވާ ބެޗް 447ގެ 500 އެމްއެލްގެ ފެންފުޅިތަކުން ކަޅު ކުލައިގެ އެއްޗެއް ފެނިފައިވުމާ އެކު އެ ފެން ނުވިއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު