Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޫފާން އޮކި

ރައްކާތެރިކަން ކަށަވަރު ކުރުމަށް އިދާރާތަކުން ތައްޔާރަށް ތިބުމަށް ރައީސް އަންގަވައިފި

ރައްކާތެރިވެ، ސަމާލުވެ ތިއްބެވުމަށް ދިވެހި ރައްޔަތުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައި

ލީވާން އަލީ
ލީވާން އަލީ | 1 ޑިސެމްބަރު 2017 | ހުކުރު 13:49
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގައުމާ މުހާތަބް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގައުމާ މުހާތަބް ކުރައްވަނީ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ މަތީ ދަރަޖައިގައި އަބަދުވެސް ތައްޔާރުވެ ތިއްބެވުމަށް ކަމާއިގުޅުންހުރި އެންމެހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބާރު ވަޔާއިއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިން ރައްޔިތުން ރައްކާތެރިވެ، ސަމާލުވެ ތިއްބެވުމަށް ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން އިލްތިމާސްކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މިހާތަނަށް ލިބުނު ގެއްލުންތައް ދިރާސާކޮށް، ސަރުކާރުގެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ކަމަށް ރައީސް ވިދާޅުވިކަމަށް އެ ޓުވީޓުގައިވެއެވެ.

ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ތޫފާނެއް އުފެދިފައިވާއިރު، ގިނަ އަތޮޅުތަކަކަށް ތޫފާނުގެ އަސަރުތައް ކޮށްފައިވެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުކުރު ދުވަހުގެ ރޭގަނޑު 8 ޖެހުމާއި ހަމައަށް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް ކަމާއިގުޅޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
30 މާރިޗު 2017

ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް

30 މާރިޗު 2017
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
16 މާރިޗު 2017

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

16 މާރިޗު 2017
ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި
01 މާރިޗު 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު