Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕަދްމަވަތީ

ޕަދްމަވަތީގެ މައްސަލައިގައި ބަންސާލީ ޤާނޫނު ހަދާ މަޖިލީހަށް ހާޒިރުކޮށްފި

ސަންޖޭގެ އިތުރުން ސެންސަރުބޯޑުގެ ޗެއާމަންވެސް ހާޒިރުކުރި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2017 | ބުރާސްފަތި 13:35
ސަންޖޭ ލީލާ ބަންސާލީ، ދީޕިކާ އަދި ރަންވީރާއިއެކު: ޕަދްމަވަތީ އާއި ގުޅިގެން މައްސަލަ އުފެދިފައިވަނީ ފިލްމުގައި ދީޕިކާ އާއި ރަންވީރު ކުޅޭ ރޯލާއި ގުޅިގެން

ސަންޖޭ ލީލާ ބަންސާލީ، ދީޕިކާ އަދި ރަންވީރާއިއެކު: ޕަދްމަވަތީ އާއި ގުޅިގެން މައްސަލަ އުފެދިފައިވަނީ ފިލްމުގައި ދީޕިކާ އާއި ރަންވީރު ކުޅޭ ރޯލާއި ގުޅިގެން

އިންޑިއާގައި މައްސަލަ ބޮޑުވެފައިވާ ފިލްމު، ޕަދްމަވަތީގެ އާއި ގުޅިގެން އެ ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް ހާޒިރުކޮށްފިއެވެ.

ސަންޖޭ ލީލާ ބަންސާލީ ހާޒިރުކޮށްފައިވަނީ އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ އިންފޯމޭޝަން ޓެކްނޮލޮޖީ އާއި ބެހޭ ކޮމިޓީއަށެވެ. ބަންސާލީގެ އިތުރުން އިންޑިއާގެ ސެންސަރު ބޯޑުގެ އިސްވެރިޔާ، ޕްރަސޫން ޖޯޝީވެސް އެ ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

މި މައްސަލައިގައި މަޖިލީހުގެ އިތުރު ކޮމިޓީއަކަށް ޕްރަސޫން ޖޯޝީ މިހާރުވެސް ހާޒިރުކޮށްފައިވާއިރު، އެ ކޮމިޓީގައި ޖޯޝީ ވިދާޅުވެފައިވަނީ ޕަދްމަވަތީ ރިލީޒްކުރުމުގެ ހުއްދަދޭނީ ކަމާއިބެހޭ ތަޖުރިބާކާރުންނަށް ފިލްމު ދެއްކުމަށްފަހު ކަމަށެވެ.

ޤާނޫނުހަދާ މަޖިލީހުގައި މި މައްސަލަ ބަލަމުންދާ އިންފޯމޭޝަން ޓެކްނޮލޮޖީ އާއި ބެހޭ ކޮމިޓީއަކީ އިންޑިއާގައި މަޢުލޫމާތު ފެތުރުމާއި، ބްރޯޑްކާސްޓް ކުރުމާއި ގުޅޭ ކަންކަން ބެލުމުގެ މެންޑޭޓް ހަވާލުކޮށްފައިވާ ކޮމިޓީއެވެ. މި ކޮމިޓީގައި ތިއްބަވަނީ ބީޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ އަނުރާގް ޓާކުރާއި، ބީޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ އެލްކޭ އަދްވާނީގެ އިތުރުން ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އެކްޓަރު ރާޖް ބައްބަރެވެ.

"ޕަދްމަވަތީ" އާއި ދެކޮޅަށް ހަރަކާތްތައް ހިންގަމުންދާ ފަރާތްތަކުން ބުނަމުންދަނީ ފިލްމުގައި ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީގެ އިޝްޤީ މަންޒަރެއް ހިމެނޭ ކަމަށާއި އެ ދެ މީހުން ބައްދަލުވާތަން ފިލްމުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޑައިރެކްޓަރ ބަންސާލީ ބުނެފައިވަނީ އެއީ ދޮގެއް ކަމަށާއި ފިލްމު ބެލުމުން އެކަން އެނގޭނެ ކަމަށެވެ.

މީގެ ކުރިން އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ދީޕިކާ ބުނެފައިވަނީ އޭނާ އަންހެނެއްގެ ހައިސިއްޔަތުންނާއި އިންޑިއާގެ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ދެރަވެ ރުޅިއައިސްފައިވާ ކަމަށެވެ. އަދި އެފިލްމާއި ބެހޭގޮތުން އެކިވާހަކަތައް ދައްކަމުން ދަނީ އެ ފިލްމުގައި ވާގޮތް ނޭނގިތިބެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ. "ޕަދްމަވަތީ" އަކީ މުޅި އިންޑިއާ ފަޚުރުވެރިވާނެ ފިލްމެއް ކަމަށާއި މުޅި ދުނިޔެއަށް ޕަދްމަވަތީގެ ވާހަކަ އެނގެންޖެހޭނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

ބަންސާލީގެ ޕަދްމަވަތީއަކީ، ރާނީ ޕަދްމަވަތީގެ އަބުރަށް ހުތުރުވާގޮތަށް، ތާރީޚު އޮޅުވާލައި ހަދާފައިވާ ފިލްމެއްކަމަށްބުނެ އިންޑިއާގައި ބޮޑެތި މައްސަލަތަކެއް އުފެދިފައިވާއިރު، ރާނީ ޕަދްމިނީ އަކީ ހަޤީޤަތުގައި އުޅުއްވި ރާނީއެއްކަމާއިމެދުވެސް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ދެބަސްވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެންވެސް ދީޕިކާ އެންމެ އަވަހަށް ފެންނާނީ ބަންސާލީގެ ފިލްމަކުން

ދެންވެސް ދީޕިކާ އެންމެ އަވަހަށް ފެންނާނީ ބަންސާލީގެ ފިލްމަކުން

07 ނޮވެމްބަރު 2017
"ޚާމޯޝީ" އަކީ އެންމެ ފުރަތަމަ 8ކޭ ކެމެރާއިން އިންޑިއާގައި ހަދާ ފިލްމު

"ޚާމޯޝީ" އަކީ އެންމެ ފުރަތަމަ 8ކޭ ކެމެރާއިން އިންޑިއާގައި ހަދާ ފިލްމު

28 ޖޫން 2017
 އޮލިމްޕަސް ހުންނަ މަގު ހަދާތީ "މީލޯތްބަކީ" ދެއްކުން މެދުކަނޑާލައިފި

 އޮލިމްޕަސް ހުންނަ މަގު ހަދާތީ "މީލޯތްބަކީ" ދެއްކުން މެދުކަނޑާލައިފި

24 އެޕްރީލު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017
އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި

އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު