Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމީ ލޯތްބަކީ

 އޮލިމްޕަސް ހުންނަ މަގު ހަދާތީ "މީލޯތްބަކީ" ދެއްކުން މެދުކަނޑާލައިފި

ދެން އަޅުވާނީ އަންނަ މެއިމަހުގެ ފުރަތަމަ ހަފްތާގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 އެޕްރީލު 2017 | ހޯމަ 14:13
މީ ލޯތްބަކީގެ ޕޯސްޓަރެއް

މީ ލޯތްބަކީގެ ޕޯސްޓަރެއް

އެޕްރީލް މަހުގެ 5 ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކޮށްފައިވާ "މީ ލޯތްބަކީ" ދެން އަޅުވާނީ އަންނަ މެއިމަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނެފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ރާއްޖެ އެމްވީއަށް ބުނީ ފިލްމު އެޅުވުން މެދު ކަނޑާލީ މިހާރު މަޖީދީ މަގު އަލުން ހެދުމުގެ މަޝްރޫއުގެ ދަށުން އޮލިމްޕަސް ހުންނަ ސަރަހައްދު ހަދަމުން ގެންދާތީ އޮލިމްޕަހަށް ވަދެ ނުކުމެ އުޅެން ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.

އެގޮތުން މިމަހުގެ 21 އިން ފެށިގެން ފިލްމު މެދުކަނޑާލާފައިވާ ކަމަށް މޮގާ ބުންޏެވެ. އަދި މިއަންނަ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހާ ހަމައަށް ފިލްމު ދައްކާނެ ކަމަށް ވެސް މޮގާ ވަނީ ބުނެފައެވެ.

މި ފިލްމަކީ މިއަހަރުގެ މިހާތަނަށް އޮލިމްޕަހުގައި އެންމެ ގިނަ ހައުސްފުލް ޝޯތަކެއް އަޅުވާފައިވާ އެއް ފިލްމެވެ. މިހާތަނަށް އެ ފިލްމުގެ ދައްކާފައިވާ 17 ޝޯގެ ތެރެއިން 15 ޝޯ ވަނީ ހައުސްފުލްވެފައި ކަމަށް މޮގާ ބުންޏެވެ.

"މީ ލޯތްބަކީ" ގައި މަޝްހޫރު ގިނަ ފަންނާނުންތަކެއް ފެނިގެންދާއިރު ލީޑް ރޯލުން ފެނިގެންދާނީ ޖުމައްޔިލް އަދި އައްޒަ އެވެ. ޑާކް ރެއިންގެ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވާ ފިލްމަކީ "ވާށޭ މަށާއެކީ" އެވެ. "މީ ލޯތްބަކީ" އަކީ މިއަހަރު މިހާތަނަށް އޮލިމްޕަހުގައި އަޅުވާ ތިންވަނަ ފިލްމެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2018

ސްޓްރީމިން ހިދުމަތް ފުޅާވުމުން ފިލްމު އުފައްދާ މީހުންނަށް ގެއްލުންވޭ:  ހެލެން މިރެން

19 އެޕްރީލު 2018
ސްޓްރީމިން ހިދުމަތް ފުޅާވުމުން ފިލްމު އުފައްދާ މީހުންނަށް ގެއްލުންވޭ:  ހެލެން މިރެން
02 އެޕްރީލު 2018

ޕީއެސްއެމް އިން އޮލިމްޕަސް ހިންގުމާ ހަވާލުވެއްޖެ

02 އެޕްރީލު 2018
ޕީއެސްއެމް އިން އޮލިމްޕަސް ހިންގުމާ ހަވާލުވެއްޖެ
01 ޖެނުއަރީ 2018

މީހުންނަށް އަހަރެން އެނގެން ފެށީ ބާހޫބަލީ ފިލްމުގެ ސަބަބުން: ޕްރަބާސް

01 ޖެނުއަރީ 2018
މީހުންނަށް އަހަރެން އެނގެން ފެށީ ބާހޫބަލީ ފިލްމުގެ ސަބަބުން: ޕްރަބާސް
23 ޑިސެމްބަރު 2017

ޗާންދަނީމަގައި ހުންނަ ހޮޓަލެއްގެ ދޮރުފަތް ވަގަށް ނެގި ކަމަށްބުނެ މީހެއްގެ ބޯ ބާލާއިފި

23 ޑިސެމްބަރު 2017
ޗާންދަނީމަގައި ހުންނަ ހޮޓަލެއްގެ ދޮރުފަތް ވަގަށް ނެގި ކަމަށްބުނެ މީހެއްގެ ބޯ ބާލާއިފި
15 އޮކްޓޯބަރު 2017

ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް ޖެނިފާ އެނިސްޓަން އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި

15 އޮކްޓޯބަރު 2017
ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް ޖެނިފާ އެނިސްޓަން އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު