Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޠައްޔިބް ޝަހީމް

ދޮގު މައުލޫމާތު ފަތުރާ ކަމަށްބުނެ ޠައްޔިބު އަނެއްކާވެސް ފުލުހަށް!

11 ޖޫން 2017 | އާދީއްތަ 12:04

ހާޒިރުކުރަނީ ހޯމަ ދުވަހު މެންދުރު 13:00 އަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 11 ޖޫން 2017 | އާދީއްތަ 12:04
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމް

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމް

ދޮގު މަޢުލޫމާތު ފަތުރާ ކަމަށްބުނެ، ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ރާއްޖެއެމްވީއަށް އާއި ވާހަކަ ދައްކަމުން ޠައްޔިބު ބުނީ، އާދީއްތަ ދުވަހު ފުލުހުން އޭނާއަށް ފޯނުން ގުޅައި، ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯމަ ދުވަހު (12 ޖޫން 2017) ގެ މެންދުރު 13:00 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

ޠައްޔިބު ބުނީ، ފުލުހުން ތަޙުޤީޤު ކުރަމުން ދަނީ އޭނާއާއި ގުޅޭ ކޮން ކަހަލަ މައްސަލައެއްތޯ ސުވާލުކުރުމުން، ފުލުހުން ބަލަމުންދަނީ ޠައްޔިބު ދޮގު މައުލޫމާތު ފަތުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފަތުރަމުންދާ ކަމަށް ފުލުހުން ތުހުމަތުކުރަނީ ސޯޝަލް މީޑީއާ މެދުވެރިކޮށްތޯ ނުވަތަ އެހެން ގޮތަކަށްތޯ ފުލުހުން ސާފުކޮށްދީފައި ނުވާކަމަށް ޠައްޔިބު ބުންޏެވެ.

މި ތުހުމަތާއި ގުޅިގެން ޠައްޔިބު ބުނީ، އެއްވެސް ވަޞީލަތެއް މެދުވެރިކޮށް، އޭނާ ދޮގު މައުލޫމާތު ނުފަތުރާ ކަމަށާ، އޭނާ ހާމަކޮށްފައިވާ ކޮންމެ ވާހަކަ އަކީވެސް އޭގައި ތެދު އެކުލެވޭ ވާހަކަ ކަމަށެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ވާހަކަދައްކާކަމަށް ތުހުމަތުކޮށް މީގެ ކުރިންވެސް ފުލުހުން ވަނީ ޠައްޔިބު ހައްޔަރުކޮށްފައެވެ. އެގޮތުން މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެރޭ އޭނާ ހައްޔަރުކޮށް، ފޯނު އަތުލައި، މަސްދުވަހު ހައްޔަރުގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލާފައިވަނީ އޭޕްރީލް 16 ވަނަ ދުވަހުއެވެ.

ސަރުކާރުން ހިންގާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި، އުސޫލާއި ޚިލާފު އެފަދަ އެހެން ކަންކަން ހާމަކުރުމުގައި ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންދަނިކޮށް، ޠައްޔިބު ހައްޔަރުކުރުމާއި ގުޅިގެން އެމްނެސްޓީ އިންޓަރނޭޝަލްއިން ވަނީ ޠައްޔިބަށް ޟަމީރުގެ ޤައިދީގެ ލަޤަބު އަރުވާފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް