Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅަނގުމޫސުމުގެ އަސަރު

ބޯ ވިއްސާރަ ވިލާތައް ރާއްޖެ މަތީ ފަތުރާލައިފި

18 މެއި 2017 | ބުރާސްފަތި 13:44

ވިއްސާރައިގެ އަސަރު ލަންކާ އިންޑިއާގެ ސަރަހައްދުތަކަށް ވެސް ދަނީ ކުރަމުން

ރާއްޖެ އެމްވީ | 18 މެއި 2017 | ބުރާސްފަތި 13:44
ސެޓެލައިޓް އިމޭޖް - 18 މެއި 2017

ސެޓެލައިޓް އިމޭޖް - 18 މެއި 2017

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުރާސްފަތި ދުވަހު ހެނދުނު ހާމަކުރި ގޮތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އުތުރާ މެދުރާއްޖެތެރެ އަދި ދެކުނަށްވެސް ގަދަ ވަޔާއެކު ވިއްސާރައިގެ އަސަރު ދަނީ ކުރަމުންނެވެ.

ފަހުގެ ސެޓެލައިޓް ފޮޓޯއަށް ބަލާއިރު ހުޅަނގު މޫސުމުގެ އަސަރު ރާއްޖޭގެ ސަރަހައްދަށް ވަރަށް ބޮޑަށް ފެތުރިފައިވާ ކަން ފާހަގަ ކުރެވެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން އަރަބިއަން ކަނޑާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ މައްޗަށް ބޯ ވިލާތައް ޖަމާވެފައިވާކަން ސެޓެލައިޓް ފޮޓޯއިން ހާމަވެއެވެ.

ހުޅަނގު މޫސުމުގެ އަސަރު ރާއްޖޭގެ އިތުރުން އިންޑިއާގެ ސަރަހައްދުތަކަށާއި، ޝްރީލަންކާގެ ސަރަހައްދުތަކަށް ދަނީ ކުރަމުންނެވެ.

ސްރީލަންކާގެ މޫސުމާ ބެހޭ އިދާރާއިން އެ ގައުމުގެ ބައެއް ސަރަހައްދު ތަކަށް ވައިގަދަވާނެ ކަމުގެ އިންޒާރު ވަނީ ނެރެފައެވެ. މި ގޮތުން ގަޑިއަކު 50 ކިލޯމީޓަރުގެ ބާރު މިނުގައި ހުޅަނގުގެ ސަރަހައްދުތަކަށް ވައި ގަދަވާނެ ކަމަށާއި، އަދި އުތުރާއި ދެކުނުގެ ހިސާބުތަކަށް ގަޑިއަކު 70 ކިލޯ މީޓަރަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

އިންޑިއާ އަށް ބަލާއިރު، އަންދްރަ ޕްރްދޭޝްގެ އައްސޭރީގެ ބޭރުން ބޭ އޮފް ބެންގޯލްގެ މެދުތެރޭ އަދި ހުޅަނގުގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާތައް ވަނީ އުފެދިފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ، އަންޑަމަން ރައްތަކަށް ހުޅަނގު މޫސުމުގެ އަސަރު ކުރަންފެށީ މެއި މަހުގެ 14 ގައި ކަމަށެވެ. އަދި މޫސުމުގެ އަސަރު ހުކުރު ދުވަހާ ހަމައަށް ބޮޑުވެގެން ދާނެ ކަމަށް ވެސް އެ އިދާރާއިން ލަފާ ކުރެއެވެ.

އިންޑިއާގެ ހުޅަނގު އުތުރު ސަރަހައްދުތަކަށާއި، އިރު އުތުރުގެ ސަރަހައްދު ތަކަށް ވަރަށް ބޮޑަށް ވިއްސާރައިގެ އަސަރު ދަނީ ކުރަމުންނެވެ.

ޔޫއެސް ސެންޓަރ ފޯ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އިން ބުނެފައިވަނީ އިންޑިއާގެ ކެރަލާ ސަރަހައްދަށް ވިއްސާރައިގެ އަސަރު އެންމެ ބޮޑުވާނެ ކަމަށް ލާފާކުރެވެނީ މެއި މަހުގެ 25 ގެ ފަހުން ކަމަށެވެ.

ޔޫރަޕިއަން ސެންޓަރ ފޯ މީޑިއަމް ރޭންޖް ވެދަރ ފޯކާސްޓްސް އިން ބުނާ ގޮތުގައި އެރޭބިއަން ކަނޑުގެ ސަރަހައްދުގެ އުފެދިފައިވާ މޫސުމުގެ އަސަރުތައް އެފްރިކާގެ އައްސޭރި ފަށާ ހަމައަށް މެއި 22 ގެ ފަހުން ފޯރާނެ ކަމަށް ބެލެވެއެވެ.

ވައި ގަދަވުމާއި ވިއްސާރައިގެ އަސަރުން ސަރައްހައްދަށް ކުރަމުންދަނީ އެރެބިއަން ކަނޑުގައި އުފެދުނު ހައި ޕްރެޝަރ ސިސްޓަމެއްގެ ސަބަބުން ކަމަށް މޫސުމާ ބެހޭ ތަޖްރިބާކާރުން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް