Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންެގެ މަޖިލިސް

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމު ކުރަން މަޖިލީހުން ރުހުން ދީފި

29 ނޮވެމްބަރު 2017 | ބުދަ 17:09

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން ރުހުން ދިނީ 30 މެމްބަރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ނޮވެމްބަރު 2017 | ބުދަ 17:09
ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމުކުރާ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރާއްޖެއާއި ޗައިނާއާ ދެމެދު އެއްބަސްވުމުން ގާއިމު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 30 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން މި ޖަލްސާގައި އަދި ވޯޓުގައި ވެސް ބައިވެރިއެއް ނުވެއެވެ.

Advertisement - newsAdvertisement

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުމާއެކު ކުއްލި ގޮތަކަށް ބުދަ ދުވަހުގެ 14:30 ޖަލްސާއެއް ބޭއްވުމަށް ނިންމާ، އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވި އެވެ.

ކޮމެޓީއަށް އެމައްސަަލަ ފޮނުވުމާއެކު 15:00 ގައި ކޮމެޓީގެ ބައްދަލުވުން ބާއްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކޮމެޓީއަށް ހާޒިރު ކުރެއްވި އެވެ. އަދި އެ އެއްބަސްވުމާގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވި ވާހަކަތަކަށް ފަހު، އެ އެއްބަސްވުން ދިރާސާކޮށް ނިންމާލީ ގާތްގަނޑަކަށް 10 މިނެޓްގެ ތެރޭގަ އެވެ. އަދި އެކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީވެސް ސިއްރު ކޮށްގެންނެވެ.

ބުދަ ދުވަހު މެންދުރުފަހު ބޭއްވި ޖަލްސާ އޮންނަކަން އިދިކޮޅު މެމްބަރުންނަށް އަންގާފައިނުވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވިއިރު، ގައުމީ ސަލާމަތުގެ ކޮމެޓީގައި އެމައްސަލަ ދިރާސާ ކުރިއިރުވެސް އިދިކޮޅު ބައެއް މެމްބަރުންނަށް އަންގާފައެއް ނުވެއެވެ. އަދި އެ އެއްބަސްވުމުގެ ކޮޕީއެއް ވެސް އިދިކޮޅު މެމްބަރުންނަށް ދެއްވާފައި ނުވާކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ ވާހަކަ އެންމެ ފުރަމަތަ ރައީސް އަބްދުﷲ ޔާމީން ދައްކަވާފައި ވަނީ 2015 ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާހަކަ ދައްކަވަމުންނެެވެ. ނަމަވެސް އޭގެކުރިންވެސް ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ ވާހަކަތައް ދެކެވިފައި ވެއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިއުޓީއެއް ނެތި ދެގައުމުގެ މެދުގައި މުދާ ބަދަލުކުރުމަކީ ދިވެހި ރައްޔިތުންނަށް އެކަމުން ފައިދާ ކުރާނެ ކަމެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޗައިނާ އަކީ ރައީސް ޔާމީންގެ މިސަރުކާރުން އެންމެ ބޮޑަށް ގުޅުން ބާއްވަމުން އަންނަ ގައުމެވެ. ރާއްޖޭގައި ހިންގާ ގިނަ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަމުން ދަނީ ވެސް ޗައިނާގެ ކުންފުނިތަކުންނެވެ.

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާއެކު މަޖިލީހުގެ ތެރޭގައި އިދިކޮޅު މެމްބަރުންނަށް އެކިއެކި ގޮންޖެހުންތަކާ ދަނީ ކުރިމަތި ވަމުންނެވެ. ޖަލްސާ ބާއްވާކަން ނާންގާއިރު، އިދިކޮޅު މެމްބަރުން ދައްކާވާހަކަތަކަށް މާބޮޑު އަޅާލުމެއް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ނުދެއްވަ އެވެ.

މަޖިލީހުގެ 45 މެމްބަރުން ސޮއިކޮށް މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅިފަހުން މަސީހު މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރައްވާފައިވާ ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި މިޖަލްސާއަކީ މިއަހަރުގެ ފަހު ޖަލްސާކަމަށް މަޖިލީހުން ބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް