Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ ރޯކުރި މައްސަލަ

ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގެ ޝަރީޢަތް ކެންސަލް

މައްސަލަ ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2017 | ބުދަ 07:33
ރާއްޖެޓީވީގައި އަލިފާން ރޯކޮށްލާފައި

ރާއްޖެޓީވީގައި އަލިފާން ރޯކޮށްލާފައި

ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.

ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ތަވާލް ކުރި މި މައްސަލަ ކެންސަލް ކުރި ސަބަބެއް ކޯޓުން ހާމަ ކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

މީގެ ހަތަރު އަހަރު ކުރިން، 2013 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމު ރާއްޖެޓީވީ ކުރިން ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓްތައް އަންދާ އަޅިއަށް ހެދި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ހ. ގަސްވާ، މުހައްމަދު މީއާދުގެ މައްޗަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ކުރިއަށް ދިޔައީ ހެކިންގެ ހެކިބަސް ނެގުމެވެ.

އެގޮތުން ހެކި ބަސް ދީފައިވަނީ، ރާއްޖެޓީވީ ހިންގަމުން އައި "ކުއީން އޮފް ދަ ނައިޓް" އިމާރާތުގައި ރޯކޮށްލުމުން އެ ސީން އަށް ދިޔަ ތިން ފުލުހެކެވެ. ތިން މީހުން ވެސް ބުނި ގޮތުގައި އިމާރާތުގައި ރޯވެ އަނދަމުން ދަނިކޮށް، އިމާރާތުގެ ކުރިމަތިން އަޅިކުލައިގެ އަންގިއެއް ފެނުނެވެ. އަދި އެ އަންގި ހެކީގެ ގޮތުގައި ސީލް ކުރެވުނު ކަމަށް ތިން މީހުން ވެސް ބުންޏެވެ.

ތިން ހެކިން ވެސް ބުނީ، ސީން އަށް ދިޔައިރު، އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އިމާރާތުގެ މަތިން އަންހެނަކު ސަލާމަތް ކޮށްދިނުމަށް އެދި ރޮމުން ދިޔަ ކަމަށް ވެސް ބުންޏެވެ.

މިމައްސަލައިގައި ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ހަތަރު ހެކިންނާއި ދެ ގަރީނާއެއް ހުށަހަޅާފައެވެ.

ދައުލަތުން ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ، ރާއްޖެޓީވީ ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލި ވަގުތު މީއާދުގެ އަތާއި ފަޔާއި ކަނދުރާގައި އަލިފާން ހިފިކަން ސާބިތުކުރުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން އޭނާ ފަރުވާ ހޯދި ކަމުގެ މެޑިކަލް ރިޕޯޓާއި، ރާއްޖެޓީވީ ހިންގި ބީކޭޓީ އިމާރާތް ކައިރިން ފެނުނު އަންގިއަކުން މީއާދުގެ ޑީއެންއޭ ފެނިފައިވާތީ، އަންގީގެ ޑީއެންއޭ ރިޕޯޓެވެ.

އެ ދެ ރިޕޯޓުގެ އިތުރުން ކްރައިމް އޮފް ސީން ރިޕޯޓާއި އައިޖީއެމްއެޗް އިން ފަރުވާ ހޯދިކަމުގެ ލިޔެކިޔުންތަކާއި އަދި ރާއްޖެޓީވީ ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯ އެނެލެސިސް ރިޕޯޓް ވެސް ހުށަހަޅާފައި ވެއެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި ފުރަތަމަ ސިއްރު ހެކި ހުށަހަޅާފައިވަނީ ރާއްޖެޓީވީ ރޯކޮށްލުމަށް ރޭވި މީހުންގެ ތެރޭގައި މީއާދު ހިމެނޭކަން ސާބިތު ކުރުމަށް ކަމަށާއި އަދި ދެ ވަނަ ސިއްރު ހެކި ހުށަހެޅީ ރޯކޮށްލަން ދިޔަ މީހުންގެ ތެރޭގައި މޫނު ނިވާކޮށްގެން މީއާދު ހުރިކަން ސާބިތުކުރުމަށް ކަމަށެވެ. އަދި ތިން ވަނަ ސިއްރު ހެކި ހުށަހަޅާފައިވަނީ ރޯކޮށްލުމަށް ފަހު ބީކޭޓީ އިމާރާތުން މީއާދު ނިކުމެގެން ދިޔަކަން ސާބިތުކުރުމަށާއި މީއާދާއި އިތުރު ބަޔަކު އިމާރާތަކުން ނިކުތް ފަހުން ޒަހަމްތަކަކާއެކު ސެކިއުރިޓީ ގާޑު ނިކުމެގެން ދިޔަކަން ސާބިތުކުރުމަށެވެ.

މީގެ އިތުރުން ހަތަރު ވަނަ ސިއްރު ހެކި ހުށަހަޅާފައިވަނީ ރޯކޮށްލުމަށް ފަހު އެކަމުގައި ބައިވެރިވި އެންމެން ތަނަކަށް އެއްވި އިރު މިއާދުގެ އަތާއި ފަޔާއި އަދި ކަނދުރާ ފިހިފައިވާކަން ސާބިތުކުރުމަށާއި އަދި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ދިޔަކަން ސާބިތުކުރުމަށް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ރާއްޖެޓީވީ ރޯކޮށްލި މައްސަލާގައި ހަމައެކަނި މީއާދުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، ޖުމްލަ ނުވަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 22 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު