Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަހުދީގެ ގޮނޑި

މެންބަރު ޝަހުދީ ވެސް ޕީޕީއެމުން ވަކިކޮށް ގޮނޑި ގެއްލުވާލަނީ

28 ނޮވެމްބަރު 2017 | އަންގާރަ 15:54

ޝަހުދީ ޕީޕީއެމް އިން ވަކިކޮށްފައިވަނީ ހޯމަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 28 ނޮވެމްބަރު 2017 | އަންގާރަ 15:54
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ

ވެރިކަން ކުރާ ޕީޕީއެމްގެ މެންބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ވެސް ވަކިކޮށްފި އެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ގޮތުގައި ޝަހުދީ ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން ނިންމީ ހޯމަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ޕާޓީގެ މެންބަރުންގެ ދަފްތަރުން ޝަހުދީގެ ނަން އުނިކުރުމަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.

ޕީޕީއެމްގެ ދަފްތަރުން ޝަހުދީގެ ނަން އުނިކުރުމަށް ފޮނުވިއިރު، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ(މުހައްމާ) ވެސް އެޕާޓީން ވަކިކޮށް ދަފްތަރުން ނަން އުނިކުރުމަށް ވަނީ ފޮނުވާފަ އެވެ.

ޕާޓީން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގެ ދަށުން މިހާތަނަށް 10 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ބުނަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނަމުންދާ ގޮތުގައި، ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރުމުގެ ސަބަބުން، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނުއާއި، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ މެންބަރުކަމުގެ ގޮނޑި ވަނީ ގެއްލިފަ އެވެ.

މި މެންބަރުންތައް ޕީޕީއެމްއިން ވަކިކޮށްފައިވަނީ އެޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެ، ސަރުކާރު ބަދުނާމު ކުރުމަށް މަސައްކަތްކޮށް، ޕާލިމެންޓްރީ ގްރޫޕްގެ ނިންމުންތަކާ ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި މި މެންބަރުންތައް ވެސް ސޮއިކުރައްވާފައި ވެއެވެ. ޕެޓިޝަނުގައި ކުރެއްވި ސޮއި އަނބުރާ ނެންގެވުމަށް ޕީޕީއެމުން އެ މެންބަރުންނަށް އެންގި އެވެ. ނަމަވެސް ކުރެއްވި ސޮއި އަނބުރާ ނަގާފައިނުވެ އެވެ.

ޚިޔާލުތަފާތުންތަކުގެ ތެރޭގައި ޕީޕީއެމުން ވަކިވި މެންބަރުންގެ ތެރޭގައި ވެސް މި 10 މެންބަރުންނާއި ޝަހުދީއާއި މުހައްމާ ހިމެނެ އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި

08 ފެބުރުއަރީ 2017
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް