Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެވަޓަންގެ ކޯޗުގެ މަގާމު

އެވަޓަންގެ ކޯޗަކަށް އެލަޑައިސް ގެންނަނީ

28 ނޮވެމްބަރު 2017 | އަންގާރަ 13:38

އެވަޓަންގެ ކޯޗުގެ މަގާމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުރި އެ ޓީމުގެ 23 އަހަރުން ދަށުގެ ކޯޗު ޑޭވިޑް އަންސްވޯތު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 ނޮވެމްބަރު 2017 | އަންގާރަ 13:38
ސޭމް އެލަޑައިސް: އެވަޓަންގެ ކޯޗަކަށް ގެނައުން އެންމެ ގާތީ އޭނާ

ސޭމް އެލަޑައިސް: އެވަޓަންގެ ކޯޗަކަށް ގެނައުން އެންމެ ގާތީ އޭނާ

ހުސްވެފައިވާ އެވަޓަންގެ ކޯޗުގެ މަގާމަށް ކްރިސްޓަލް ޕެލަސްގެ ކުރީގެ ކޯޗު ސޭމް އެލަޑައިސް ގެންނަން ނިންމާފައިވާ ކަމަށް ބީބީސީއިން ރިޕޯޓު ކޮށްފިއެވެ.

އެވަޓަންއަށް ކޯޗެއް ގެނައުމުގެ މަސައްކަތް އެ ކްލަބުން އަވަސް ކުރަން ނިންމާފައިވަނީ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި 4-1 ގެ ނަތީޖާއަކުން ސައުތްހެމްޕްޓަން އަތުން އެ ޓީމު ބަލިވުމާއި ވިދިގެންނެވެ.

އެވަޓަންގެ ކޯޗުކަމުގެ މަގާމުގައި ހުރި ރޮނާލްޑް ކޯމަން އެ މަގާމުން ވަކިކުރުމާއި ވިދިގެން އެލަޑައިސް އެ މަގާމަށް އައްޔަނުކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. އެހެނަސް އެވަޓަންއިން އޭނާއަށް އެ މަގާމު ހުށަނޭޅުމާއި ވިދިގެން އެލަޑައިސް މީގެކުރިން އެވަޓަންއާއި ހަވާލުވުމަށް ދެކޮޅު ހެދިއެވެ.

އެލަޑައިސްގެ ބަދަލުގައި އެވަޓަންއިން ކޯޗެއްގެ ގޮތުގައި ގެންނަން މަސައްކަތް ކޮށްފައިވަނީ ވޮޓްފޯޑުގެ ކޯޗު މާކޯ ސިލްވާއެވެ. އެހެނަސް ސިލްވާ ހޯދުމަށް އެވަޓަންއިން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.

އެވަޓަންގެ ކޯޗުގެ މަގާމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުރި އެ ޓީމުގެ 23 އަހަރުން ދަށުގެ ކޯޗު ޑޭވިޑް އަންސްވޯތުގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފައެވެ.

ހަމައެހެންމެ އެވަޓަންއިން ބާންލީގެ ކޯޗުކަމުގެ މަގާމުގައި މިވަގުތު ހުރި ޝޯން ޑައިޗް ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެހެނަސް ކޯޗުގެ މަގާމަށް އެވަޓަންގެ ބޯޑުން ހުށަހެޅި ކެނޑިޑޭޓުންގެ ލިސްޓުގެ އެންމެ ކުރި މިހާރު ލިބެނީ އެލަޑައިސްއަށް ކަމަށް ބީބީސީއިން ރިޕޯޓު ކޮށްފައިވެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެވަޓަންއިން 140 މިލިއަން ޕައުންޑަށް ވުރެ އިތުރަށް ހަރަދު ކޮށްފައިވާއިރު އެ ޓީމަށް މާ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. އެގޮތުން އެ ޓީމު މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނަށް ވުރެ ދެ ޕޮއިންޓް މަތީގައެވެ. ހަމައެހެންމެ ޔުއެފާ ޔުރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއަކުން އެޓަލާންޓާ އަތުން ބަލިވެ އެވަޓަން އޮތީ ގްރޫޕުގެ ފުލުގައެވެ.

އެވަޓަންގެ ކޯޗު ކަމުގެ މަގާމު ހުސްވެފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން 5-2 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި އޭރު ހުރި ނެދަލޭންޑްސްގެ ރޮނާލްޑް ކޯމަން އެ މަގާމުން ވަކިކުރުމާއި ވިދިގެންނެވެ. ކޯމަންގެ އިރުޝާދުގެ ދަށުން އެވަޓަން ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ.

އެވަޓަންގެ ކޯޗުގެ މަގާމަށް އެލަޑައިސް ގެންނަން މަސައްކަތް ކުރަމުންދާއިރު އޭނާ އެންމެ ފަހުން ފުރާފައި ވަނީ ކްރިސްޓަލް ޕެލަސްގެ ކޯޗުގެ މަގާމެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގައި ކްރިސްޓަލް ޕެލަސް ރެލިގޭޝަނުން ސަލާމަތް ކޮށްދީފައެވެ. ކްރިސްޓަލް ޕެލަސްއާއި ހަވާލުވުމުގެ ކުރިން އެލަޑައިސް ވަނީ އިނގިރޭސި ގައުމީ ޓީމުގެ ކޯޗުގެ މަގާމު ވެސް އަދާކޮށްފައެވެ. އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުން އެލަޑައިސް އިސްތިއުފާ ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 މެއި 2017

ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!

18 މެއި 2017
ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް