Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީން އިސްރާއިލް ރުއްސުން

ޓެރަރިޒަމް ވީޑިއޯގައި އިންތިފާޟާގެ މަންޒަރެއް ހިމެނި މައްސަލައިގައި އިސްލާމީ ދުނިޔޭގެ ފާޑުކިޔުން ސައުދީ އަރަބިއާއަށް

ފަހަކަށް އައިސް ސައުދީން ދަނީ އިސްރާއީލާއި ގުޅުން ބަދަހިކުރަމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2017 | އަންގާރަ 14:45
ނިރުބަވެރިން ދައްކާ ޥީޑިއޯގައި ސައުދީން ބޭނުންކޮށްފައިވާ އިންތިފާޟާގެ މަންޒަރު

ނިރުބަވެރިން ދައްކާ ޥީޑިއޯގައި ސައުދީން ބޭނުންކޮށްފައިވާ އިންތިފާޟާގެ މަންޒަރު

ސައުދީ އަރަބިއާއިން އިސްވެއޮވެ އުފައްދާފައިވާ ނިރުބަވެރިކަމާއި (ޓެރަރިޒަމާއި) ދެކޮޅަށް މަސައްކަތް ކުރާ އިއްތިހާދުގެ ފުރަތަމަ ޖަލްސާގައި ދެއްކި ވީޑިއޯއެއްގެ މައްސަލައިގައި އިސްލާމީ ދުނިޔޭގެ ފާޑުކިޔުން ސައުދީ އަރަބިއާއަށް އަމާޒުވެއްޖެއެވެ.

އިސްލާމިކް ކޯލިޝަން އަގެއިންސްޓް ޓެރަރިޒަމްގެ ފުރަތަމަ ބައްދަލުވުން ފެށުމުގެގޮތުން ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތު ފެށުމުގެ ގޮތުން "ނިރުބަވެރިން ދައްކައިދޭ" ވީޑިއޯއެއް ކަމަށް ބުނެ، ދެއްކި ވީޑިއޯއާއި ގުޅިގެން ސައުދީއަށް ފާޑުކިޔުން އަމާޒުވެފައިވަނީ އެ ވީޑިއޯގައި ދެވަނަ އިންތިފާޟާގެ މަންޒަރެއް ހިމެނޭތީއެވެ.

ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ޝަރަފްވެރި ކޮށްދެއްވި މި ރަސްމިއްޔާތުގައި 41 ޤައުމެއްގެ މަންދޫބުން ބައިވެރިވެފައިވާއިރު، ރަސްމިއްޔާތުގައި ދެއްކި ވީޑިއޯގައި އިންތިފާޟާގެ މަންޒަރެއް ހިމެނާފައިވަނީ އޮޅިގެން ކަމެއް ނުވަތަ ގަސްތުގައި ކަމެއް ސައުދީޏް ހާމަކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑީއާގައި ސައުދީއަށް ފާޑުކީ ފަރާތްތަކުން ބުނީ، މިއީ އިސްރާއީލު ރުއްސުމަށް ސައުދީން ގަސްތުގައި ކުރި ކަމެއް ކަމަށާ، ސައުދީ އާއި އެޤައުމުގެ އެހީގައި އުޅޭ ޤައުމުތަކުން ފަހަކަށް އައިސް އިސްރާއީލާއި ގުޅުން ބަދަހިކޮށް، އިސްރާއީލު ރުހޭގޮތަށް ކަންކަން ކުރަމުންދާ ކަމަށެވެ.

ސައުދީން ނިރުބަވެރިންގެ ވީޑިއޯގައި ހިމަނަފައިވާ ފޮޓޯއަކީ 2001 ވަނަ އަހަރު ދެވަނަ އިންތިފާޟާގެ ދުވަސްވަރު، ގުދުސްގެ ދެކުނު ހިސާބެއްގައި ފަލަސްޠީނުގެ ރައްޔިތަކު އިސްރާއީލުގެ ސިފައިންނާއި ހަނގުރާމަ ކުރަމުންދާ މަންޒަރު ފެންނަ ފޮޓޯއެކެވެ.

ސައުދީން މިފަދަ ވީޑިއޯއެއްގައި މި ފޮޓޯ ބޭނުންކުރުމާއި ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނާއި ބައެއް އެހެން ޤައުމުތަކުގެ އަރަބިން ވަނީ ސޯޝަލް މީޑިއާގައި ސައުދީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ސައުދީއަށް ފާޑުކިޔަމުންދާ އެއްބަޔަކު ބުނަމުންދަނީ ފަލަސްޔީނުގެ ރައްޔިތުންނަކީ ނިރުބަވެރިން ނޫން ކަމަށާއި، އެއީ އަމިއްލަ ދިފާޢުގައި މަސައްކަތްކުރާ ބައެއް ކަމަށެވެ.

އަދި ސައުދީން ޔަމަނު ފަދަ ޤައުމުތަކުގައި ހިންގަމުންދާ ޖަރީމާތަކަކީ ހަޤީޤީ ނިރުބަވެރިކަން ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން ބައެއް އެހެން ފަރާތްތަކުން ބުނަމުންދަނީ ހަޤީޤީ ނިރުބަވެރިކަމަކީ އިސްރާއިލު ދިފާޢުކުރުން ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ މަތިވެރި ޤަދަރާއި ހަމައަށް ސައުދީ އަރަބިއާއަށް ފަހުންވެސް ނުދެވޭނެ ކަމަށެވެ.

މީގެ އިތުރުން މިއީ ސީދާ އިސްރާއީލު ރުއްސަން ކޮށްފައިވާ ކަމެއްކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ސޯޝަލް މީޑިއާގައި ސައުދީއަށް ކުރިމަތިވަމުންދާ ފާޑުކިޔުމަށް އިތުރު ބާރެއް ލިބިގެން ދިޔައީ، އެ ވީޑިއޯ އަކީ ހަޤީޤަތް ފެންނަ، ވީޑިއޯއެއް ކަމަށާ، ސައުދީ އޮތީ އިސްރާއީލާއި އެކުގައި ކަމަށް އިސްރާއީލް ސިފައިންގެ ތަރުޖަމާނަކު ވިދާޅުވުމާއި ގުޅިގެންނެވެ.

އިންތިފާޟާގެ ފޮޓޯއެއްގެ މައްސަލައިގައި ސައުދީއަށް ފާޑުކިޔުން އަމާޒުވެފައި މިވަނީ ސައުދީ އާއި އިސްރާއީލާއި ދެމެދު ސިއްރު ގުޅުންތަކެއް އޮންނަ ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެފައި ވަނިކޮށެވެ. އަދި ހަމަ މިއާއި އެކު ފަލަސްޠީނު ރައްޔިތުންގެ ދިފާއުގައި ހަނގުރާމަކުރަމުންދާ ހަމާސް ޖަމާޢަތަކީ ނިރުބަވެރި ޖަމާޢަތެއްކަމަށްވެސް ސައުދީން މީގެ ކުރިން ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ އެހީއާއެކު ހުޅުވި އެންޓި ޓެރަރިޒަމް ސެންޓަރު މެލޭޝިއާގެ ސަރުކާރުން ބަންދުކޮށްފި

ސައުދީގެ އެހީއާއެކު ހުޅުވި އެންޓި ޓެރަރިޒަމް ސެންޓަރު މެލޭޝިއާގެ ސަރުކާރުން ބަންދުކޮށްފި

07 އޯގަސްޓު 2018
މިސްރުގެ ޓެރެރިސްޓް ލިސްޓުގައި ހިމެނި މީހުންގެ މައްސަލަ އަލުން ބެލުމަށް އަންގައިފި

މިސްރުގެ ޓެރެރިސްޓް ލިސްޓުގައި ހިމެނި މީހުންގެ މައްސަލަ އަލުން ބެލުމަށް އަންގައިފި

05 ޖުލައި 2018
ޓެރަރިޒަމް ސްޕޮންސާ ކުރާ ލިސްޓަށް އެމެރިކާ އިން އުތުރު ކޮރެއާ ލުމަކީ ކަންކަން ގޯސްކުރަން ކުރި ކަމެއް: އުތުރު ކޮރެއާ

ޓެރަރިޒަމް ސްޕޮންސާ ކުރާ ލިސްޓަށް އެމެރިކާ އިން އުތުރު ކޮރެއާ ލުމަކީ ކަންކަން ގޯސްކުރަން ކުރި ކަމެއް: އުތުރު ކޮރެއާ

23 ނޮވެމްބަރު 2017
ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓަށް އުތުރު ކޮރެޔާ ލުމަށް ހުށަހަޅައިފި

ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓަށް އުތުރު ކޮރެޔާ ލުމަށް ހުށަހަޅައިފި

05 އޮކްޓޯބަރު 2017
ލަންޑަންގެ ރޭލް ހަމަލާ ތަހުގީގު ކުރަމުން ދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި: ފުލުހުން

ލަންޑަންގެ ރޭލް ހަމަލާ ތަހުގީގު ކުރަމުން ދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި: ފުލުހުން

15 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު