Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އުތުރު ކޮރެއާ

ޓެރަރިޒަމް ސްޕޮންސާ ކުރާ ލިސްޓަށް އެމެރިކާ އިން އުތުރު ކޮރެއާ ލުމަކީ ކަންކަން ގޯސްކުރަން ކުރި ކަމެއް: އުތުރު ކޮރެއާ

ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގަތްފަހުން އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ގޯސްވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 11:30
އުތުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރު ދައްކާލުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން

އުތުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރު ދައްކާލުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން

ެ ޓެރަރިޒަމް ސްޕޮންސާ ކުރާ ބްލެކް ލިސްޓަށް އެމެރިކާ އިން އުތުރު ކޮރެއާ ލުމަކީ އެމެރިކާ އިން ކަންކަން ގޯހުން ގޯހަށް ގެންދަން ކުރި ކަމެއް ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.

އުތުރު ކޮރެއާ އިން ބުދަ ދުވަހު ބުނީ އެމެރިކާ އިން އަލުން އުތުރު ކޮރެއާ ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓަށް ލުމަކީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ލިބޭނެ އިތުރު ހިއްވަރެއް ކަމަށެވެ. އުތުރު ކޮރެއާ ގެ ދައުލަތުގެ މީޑިއާ ކަމަށްވާ، ކޮރެއަން ނިއުސް އެޖެންސީ އިން އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކާ ހަވާލާދީ ބުނީ "މާތްވެގެންވާ އުތުރު ކޮރެއާ ޓެރަރިޒަމްގެ ބްލެކްލިސްޓަށް ގޭންގުސްޓާރުންތަކެއް ލުމަކީ ސިފައިންނާ އަދި ރައްޔިތުން ނުހަނު ރުޅި އަންނަ އަދި ހިތްހަމަ ނުޖެހޭ ކަމެއް ކަމަށެވެ." ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ އުތުރު ކޮރެއާ ރުޅި އެރުވުމަށް އެމެރިކާ އިން ކުރާ މަސައްކަތްތަކުގެ ޒިންމާ އަށް އެމެރިކާ އިން ނަގަން ޖެހޭ ކަމަށާއި އެކަމަށް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

އެމެރިކާ އިން މީގެ ކުރިން އުތުރު ކޮރެއާ ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓަށް ލާފައިވާ އިރު 2008 ވަނަ އަހަރު އެ ލިސްޓުން އުނި ކުރިއެވެ.

އެމެރިކާ އާ އުތުރު ކޮރެއާ ގެ ގުޅުން މިފަހަކަށް އައިސް ވަނީ ވަރަށް ގޯސްވެފައެވެ. ހާއްސަކޮށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އެމެރިކާ އިން ބުނެފައި ވަނީ އެމެރިކާ އާއި އެގައުމުގެ އެކުވެރިންނަށް ބިރު ދައްކާ ނަމަ އުތުރު ކޮރެއާ "އެކީ ނައްތާލަން ޖެހިދާނެ ކަމަށެވެ."

ބައިނަލްއަގްވާމީ ދުނިޔެއިން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި، މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށް ތަކުރާރުކޮށް އުތުރު ކޮރެއާއަށް އަންގަމުންނެވެ. ނަމަވެސް އާދައިގެމަތިން އުތުރު ކޮރެއާއިން ދަނީ ބައިނަލްއަގްވާމީ ދުނިޔެއަށް ބީރުކަންފަތެއް ދެމުންނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު