Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

ޓެރަރިޒަމް ސްޕޮންސާ ކުރާ ގައުމުތަކުގެ ލިސްޓަށް އުތުރު ކޮރެޔާ ލުމަށް ހުށަހަޅައިފި

މިހާރު ލިސްޓްގައި ހިމެނެނީ ތިން ގައުމެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 22:28
އޮޓޯ ވާމްބިއާ (މެދުގައި)

އޮޓޯ ވާމްބިއާ (މެދުގައި)

ޓެރަރިޒަމްގެ އަމަލުތައް ސްޕޮންސާ ކުރާ ދައުލަތްތަކުގެ ލިސްޓަށް އުތުރު ކޮރެޔާ ލުމަށް، އުތުރު ކޮރެޔާގެ ޖަލެއްގައި ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލިތަނާ މަރުވެފައިވާ އެމެރިކާގެ ޒުވާނާ އޮޓޯ ވާމްބިއާގެ މައިންބަފައިން އެމެރުކާ ސަރުކާރަށް ގޮވާލައިފިއެވެ.

އޮޓޯ ވާމްބިއާގެ މައިންބަފައިންގެ އެދުމަކަށް މިކަން ބަޔާންކޮށް އެމެރިކާގެ ސެނެޓުގެ ބާރަ މެމްބަރަކު ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން އަށް ހުށަހަޅައިފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން "އޭބީސީ ނިއުސް" އަށް ބުނެފައި ވަނީ ސެނެޓުގެ މެމްބަރުން ފޮނުއްވި ސިޓީ ލިބިފައިވާ ކަމަށާއި އެ ސިޓީ ރިވިއުކޮށް އެެެއަށް ޖަވާބު އަރުވާނެ ކަމަށެވެ.

ޓެރަރިޒަމްގެ އަމަލުތައް ސްޕޮންސާ ކުރާ ދައުލަތްތަކުގެ ލިސްޓުގައި މިހާރު ރަސްމީކޮށް ހިމެނެނީ ތިން ގައުމެކެވެ. އެއީ އިރާން، ސޫދާން އަދި ސީރިޔާ އެވެ.

ވާމްބިއާ ހައްޔަރުކުރީ ޓޫރިސްޓް ވިސާގައި އުތުރު ކޮރެޔާ އަށް ދިޔަ ދިއުމެއްގައި، އުތުރު ކޮރެޔާގެ ލީޑަރު، ކިމް ޖޮން އުންގެ ޕްރޮޕެގެންޑާ ފެތުރުމަށް ދަމާފައިހުރި ބެނާއެއް ވަގަށް ނެގި މައްސަލާގައެވެ. މި ދައުވާއަށް އޭނާ އިއުތިރާފް ވުމާއެކު އޭނާގެ މައްޗަށް ވަނީ "ހާޑް ލޭބާ" ގެ 15 އަހަރު ދުވަހުގެ ހުކުމެއް އިއްވާފައެވެ. ވާމްބިއާ އުތުރު ކޮރެޔާގައި، ބަންދުގައި 17 މަސް ހޭދަ ކުރިއެެެވެ.

އޮޓޯ ވާމްބިއާ ޖަލުން މިނިވަންވެ އުތުރު ކޮރެޔާ ދޫކޮށް އެމެރިކާ އަށް ދިޔަތާ ހަފްތާއެއް ވެސް ނުވަނީސް ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު