Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑޮކްޓަރުގެ ފަރުވާ

އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!

ޑޮކްޓަރު ވަޒީފާއިން ވަކިކޮށް މައްސަލަ ތަހުގީގު ކުރަނީ

ރާއްޖެ އެމްވީ | 30 ޖޫން 2017 | ހުކުރު 18:50
ޖިންނި މޮޔަވެގެން ގެނައި އަންހެން މީހާއަށް ރާޖިސްތާނުގެ ޑޮކްޓަރަކު ފަރުވާ ދެނީ

ޖިންނި މޮޔަވެގެން ގެނައި އަންހެން މީހާއަށް ރާޖިސްތާނުގެ ޑޮކްޓަރަކު ފަރުވާ ދެނީ

އިންޑިއާގެ ރާޖިސްތާނުގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ޒުވާން ފުރައިގެ އަންހެނަކަށް ހޮސްޕިޓަލުގެ ޑޮކްޓަރު ދިން "ފަރުވާ" ގެ މައްސަލަ ހޫނު ވެއްޖެއެވެ.

ހޮސްޕިޓަލުގައި އަންހެން މީހާއަށް "ފަރުވާ" ދެނިކޮށް ނަގާފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ދޭ ފަރުވާ އަކަށް ޑޮކްޓަރު އިޚްތިޔާރު ކުރީ ބޮލުގެ އިސްތަށިގަނޑުގައި ހިފާ އަންހެން މީހާ ނަގާ އެނދުމަތީގައި ބޭންދުމަށް ފަހު އަތައް ބާރު ލުމަށްފަހު މޫނުމަތީގެ ދެ ފަރާތުގައި ތެޅުމެވެ. އަންހެން މީހާގެ އިސްތަށިގަނޑުގައި ހިފާ ނަގާ ބައިންދާއިރު އޭނާގެ ގައިގައި އެއް ގޮތަކަށް ވެސް ވަރު ނުހުންނަ ކަން އެނގެއެވެ.

މިއަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ މި ދިޔަ ހަފްތާގެ ބުދަ ދުވަހު ހަވީރު، ގޭގައި ކައްކަން ހުއްޓާ ހޭނެތިގެން ވެއްޓިގެން ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

ބަހްރީ ނަމަކަށް ކިޔާ ޑޮކްޓަރު މި ދިން ފަރުވާގެ ވީޑިއޯ އާއްމު ވުމާއެކު، ހޮސްޕިޓަލުން އޭނާ ވަކިކޮށް މިކަން ތަހުގީގު ކުރަން ވަނީ ފަށައިފައެވެ.

ހޮސްޕިޓަލުން އެ ދުވަހު އަންހެންމީހާ ދޫކޮށްލި އިރުވެސް އާއިލާއިން މި ދިން "ފަރުވާ" އާ ބެހޭ ގޮތުން ޝަކުވާ އެއް ހުށަހަޅާފައެއް ނުވެއެވެ. ހޮސްޕިޓަލުން ފިޔަވަޅު އެޅީ މި ހާދިސާގެ ވީޑިއޯ އާއްމު ވުމުން އެތަނުގެ ފަރާތުން އިސްނަގައިގެންނެވެ.

ޑޮކްޓަރު ބުނީ އަންހެން މީހާގެ ގައިގައި ޖެހި ހަނދާނެއް ނެތް ކަމަށާއި، އެކަން ހިނގި ނަމަ ހިނގީ އެ އަންހެން މީހާ އަށް ފަރުވާދޭން ދިޔައިރަށް އޭނާގެ ބޮލަށް ބަރުވެ ބޯ އަނބުރާ ކަހަލަ ގޮތެއް ދިމާވެގެން ވީ ގޮތަކުން ކަމަށެވެ.

އިތުރަށް ކިޔާލަން

28 ޖޫން 2017

"ޚާމޯޝީ" އަކީ އެންމެ ފުރަތަމަ 8ކޭ ކެމެރާއިން އިންޑިއާގައި ހަދާ ފިލްމު

28 ޖޫން 2017
"ޚާމޯޝީ" އަކީ އެންމެ ފުރަތަމަ 8ކޭ ކެމެރާއިން އިންޑިއާގައި ހަދާ ފިލްމު
02 މެއި 2017

ނުބުނެ ޓީވީ ޕްރޮގްރާމަކަށް އެރުމުން ލައިވް ޓީވީގައި ވަރިކޮށްފި

02 މެއި 2017
ނުބުނެ ޓީވީ ޕްރޮގްރާމަކަށް އެރުމުން ލައިވް ޓީވީގައި ވަރިކޮށްފި
01 މެއި 2017

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ
29 އެޕްރީލު 2017

ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

29 އެޕްރީލު 2017
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު