Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޕްލަސް

ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ބްރޯޑްކޮމްއާ ދެކޮޅަށް ދައުވާ ކޮށްފި

27 ނޮވެމްބަރު 2017 | ހޯމަ 06:46

ރާއްޖެޕްލަސްގެ ޚިދުމަތް ފެށީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 27 ނޮވެމްބަރު 2017 | ހޯމަ 06:46
ރާއްޖެޕްލަސް، ލައިސަންސް ބާތިލުކުރުމުގެ ސަބަބުން ކުންފުންޏަށް މާލީ ގެއްލުންތަކެއް ވަނީ ލިބިފައި

ރާއްޖެޕްލަސް، ލައިސަންސް ބާތިލުކުރުމުގެ ސަބަބުން ކުންފުންޏަށް މާލީ ގެއްލުންތަކެއް ވަނީ ލިބިފައި

ރާއްޖެޕްލަސްގެ ނަމުގައި ހިންގަމުން އައި ޗެނެލްގެ ލައިސަންސް ބާތިލް ކޮށްފައިވަނީ، ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

ރާއްޖެޕްލަސް ހިންގާ، އާރް ޕްރޮޑަކްޝަން އިން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ޗެނަލުގެ ލައިސަންސް ބާތިލުކުރީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި އުސޫލުތައް ޚިލާފަށް ކަމަށް ބުނެ އެވެ.

Advertisement - newsAdvertisement

ރާއްޖެޕްލަސްގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން ވިދާޅުވީ ސިވިލް ކޯޓުގައި ދައުވާކުރި މައްސަލަ އެ ކޯޓުން އާދިއްތަ ދުވަހު ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މައްސަލައިގައި އެދިފައިވަނީ، ލައިސެންސް ބާތިލުކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ވީމަ، ލައިސަންސް ބާތިލުކުރި ކުރުން ސައްޚަ ނޫން ކަމަށް ކަނޑައަޅައިދޭން،" ނިޝާން ވިދާޅުވި އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު 8 ވަނަ ދުވަހު ޚިދުމަތް ދޭން ފެށި، ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އޮކްޓޯބަރު 25 ވަނަ ދުވަހު އެވެ.

މުނިފޫހިފިލުވުމުގެ ޚަބަރާއި މައުލޫމާތާއި ޕްރޮގްރާމްތަކާއި، ފިލްމާއި ޑްރާމާ، އަދި ލަވަތައް ގެނެސްދޭ ގޮތަށް ފެށި ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ، އައިޕީ ޓީވީ މެދުވެރިކޮށް ހިދުމަތް ދިނުމަކީ، ބްރޯޑްކާސްޓް ކުރުމަށް އާރް ޕްރޮޑަކްޝަން އަށް ދޫކޮށްފައިވާ ލައިސަންސްގައި ބަޔާން ކޮށްފައިވާ "ސެޓެލައިޓް" މެދުވެރިކޮށް ހިދުމަތް ފެށުނު ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެ އެވެ.

ލައިސަންސް ބާތިލުކުރުމާއި ގުޅިގެން އާރް ޕްރޮޑަކްޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ލައިސަންސް ބާތިލްކުރީ ކަނޑައެޅިފައިވާ މުއްދަތު ތެރޭގައި ޚިދުމަތް ފަށާފައިނުވާތީކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ހާމަކުރިނަމަވެސް އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެކެވެ. ބަޔާނުގައިވާ ގޮތުގައި، އެ ލައިސަންސަކީ، ކުރިން ޖޯޓެކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސަކަށްވާއިރު، އެ ލައިސަންސްގެ ދަށުން ޖޯޓެކުން "ވައި ޓީވީ" ނަމުގައި ޗެނަލެއް ހިންގާފައިވެއެވެ.

އެގޮތުން، އާރް ޕްރޮޑަކްޝަން އަށް ވައި ޓީވީގެ ލައިސަންސްގެ ހައްގުތައް ބަދަލުކުރުމުގެ މާކުރިން، ވައި ޓީވީގެ ނަމުގައި އެ ލައިސަންސްގެ ދަށުން ދިޔައީ ބްރޯޑްކާސްޓް ކުރަމުންކަން ސާބިތު ކުރެވޭކަމަށަށް އެކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި، ވައި ޓީވީގެ ނަމުގައި ދިގު މުއްދަތަކަށް ހިދުމަތް ދީފައިވާ ލައިސަންސްއެއް، މުއްދަތުގައި ހިދުމަތް ފަށާފައި ނުވާކަމަށް ކޮމިޝަނުން ބުނުމަކީ އެއްވެސް ހަމަޔަކުން ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ލައިސަންސްގެ ޝަރުތަކާ ހިލާފް ވުމަކީ ލައިސަންސް ބާތިލް ކުރެވޭނެ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނެއްގައި އަދި ގަވާއިދެއްގައިވެސް ބަޔާން ކޮށްފައިނުވާ ކަމާއި، ބްރޯޑްކާސްޓިންގް ގާނޫނުގައި ލައިސަންސްގެ ޝަރުތަކާ ޚިލާފް ވެއްޖެނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ލައިސަންސް ބާތިލުކުރުމަށް ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެކުންފުނިން ބްރޯޑްކާސްޓިންގ ކޮމިޝަނުގައި އެދުނެވެ. އެހެން ނަމަވެސް، އެ ނިންމުން މުރާޖައާ ކޮށްދިނުމަށް ކޮމިޝަނުން ވަނީ ދެކޮޅު ހަދާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

12 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި
10 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

10 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!
09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް