Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ދޫކޮށްލުން

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 16:02
ކޯޓުން ދޫކޮށްލުމާއެކު ވަކީލުންނާއި އާއިލާގެ ބޭފުޅުންނާއެކު ގާސިމް

ކޯޓުން ދޫކޮށްލުމާއެކު ވަކީލުންނާއި އާއިލާގެ ބޭފުޅުންނާއެކު ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ގާސިމް ދޫކޮށްލަން ހައިކޯޓުން ކުރި އަމުރާއެކު ގާސިމް މިނިވަންވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ ބަންދަށް ހަ ދުވަސް ޖަހާފަ އެވެ.

Advertisement - newsAdvertisement

ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހި މައްސަލަ ގާސިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބުދަ ދުވަހު އެ ކޯޓުން ވަނީ ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ފާހަގަކޮށް، ގާސިމް މިހިނދުން މިހިނދަށް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.

ހައިކޯޓުން ނެރުނު އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ގާސިމްއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ފެނިގެން ނުވަތަ ކުށުގެ ވެށިން ނޫން ކަމަށެވެ.

ކޯޓުން ދޫކޮށްލުމާއެކު ވަކީލުންނާއި އާއިލާގެ ބޭފުޅުންނާއެކު ގާސިމް

އަދި ގާސިމް ހައްޔަރުކުރީ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހެޅި ފޯމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ އަމުރަކީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން ގާސިމް ބަންދުކޮށްފައި ހުރީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލުން ވެސް ވަނީ ގާސިމް ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް އެދި ފުލުހުންގެ ފަރާތުން އެ އޮފީހުގައި އެދިފައިނުވާ ކަމަށާއި، ގާސިމް ހައްޔަރުކުރި އަމުރަކީ ފުލުހުން އަމިއްލައަށް ކްރިމިނަލް ކޯޓުގައި އެދިގެން ނެރުނު އަމުރެއް ކަމަށް ވިދާޅުވެފަ އެވެ.

ހައިކޯޓުގައި އަމުރުގައި ބުނެފައިވަނީ ގާސިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް ނެރެފައިވާ އަމުރެއްގެ ދަށުން ގާސިމް ބަންދުކުރެވިފައިވަނިކޮށް އެ އަމުރުގެ މައްޗަށް ބިނާކޮށްގެން ކަމަށްވާއިރު، ބާތިލުކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލުކަމަކަށް ވާނެތީ ކްރިމިނަލް ކޯޓުން ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރަކީ ގާނޫނާ ޚިލާފް ބާތިލް އަމުރެއްކަން އެނގޭ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ގާސިމް ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ ޝަރުއީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ ފަނޑިޔާރުން އިއްތިފާގުވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ހައިކޯޓުން މިފަދައިން އަމުރު ކުރުމުގެ ކުރިން ވެސް، ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކާއި، ގާނޫނީ ވަކީލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ފުލުހުން ބުނަމުންދިޔައީ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ބޭރުކޮށްލާފަ އެވެ. އަދި ފާއިތުވި މަޖިލީހުގެ ތިން ޖަލްސާގައި ވެސް އިދިކޮޅު މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައިގެން ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި ގާސިމް މަޖިލިހަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަންގަވައި ދެއްވުމަށް ރިޔާސަތުގައި ދަންނަވާފަ އެވެ.

ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވިދާޅުވީ ގާސިމް ހައްޔަރުކުރީ އޮންނަ އިޖުރާއަތުގެ ތެރެއިން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެކަން ފާހަގަކުރައްވައި މަސީހު ވަނީ ނިޒާމީ ނުކުތާތައް ބަލައިނުގަތުމަށް ނިންމަވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު