Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
2018 ރިވިއު

2018: މަރުތަކާއި، ހިޔާނަތުގެ ހަޤީޤަތް ނުހޯދުނު!

ޑރ. އަފްރާޝީމްގެ މަރުގެ ހަޤީޤަތް ހޯދިފައެއް ނުވޭ، ރިލްވާނަށްވީގޮތެއް ބުނެއެއް ނުދެވުނު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2018 | ހޯމަ 13:24
ގެއްލުވާލާފައިވާ ރިލްވާންގެ ބައްޕައާއި، ދައްތަ ޝެހެނާޒް - ރިލްވާނަށްވީގޮތެއް ބުނެއް ނުދެވުނުް

ގެއްލުވާލާފައިވާ ރިލްވާންގެ ބައްޕައާއި، ދައްތަ ޝެހެނާޒް - ރިލްވާނަށްވީގޮތެއް ބުނެއް ނުދެވުނުް

2018 ވަނަ އަހަރު ފެށުނީވެސް މަރުތަކާއި، ހިޔާނާތުގެ ވާހަކައާއެކުގަ އެވެ. ބޮޑެތި މަރުތަކުގެ ހަޤީޤާތް ހޯދުމުގެ މުހިންމުކަމުގެ ވާހަކައާއެކުގަ އެވެ. ގެއްލުވާލާފައިވާ ފަރާތްތަކަށްވީ ގޮތެއް ބުނެދިނުމަށް ގޮވާލާ، އެކިއެކި ޕްލެޓްފޯމްތަކުގައިކުރި މުޒާހަރާތަކާއެކުގަ އެވެ.

ސަރުކާރުގެ މައްޗަށް ހިޔާނަތާއި، ވައްކަމުގެ އެތަށް ބައިވަރު ތުހުމަތުތަކެއް ކުރެވިިގެންދިޔައިރު، އެކަމުގެ ހަޤީޤާގް ހޯދުމަށްވެސް އެތަށް މުޒާހަރާތަކެއްކޮށްފައިވެއެވެ. ސޯޝަލް މީޑިއާގައި ބޮޑެތި ކެމްޕޭންތައްވެސް ކޮށްފައިވެއެވެ.

މަރުތަކުގެ ހަޤީޤަތް ހޯދިފައެއް ނުވޭ: މަރުތަކާއި ގުޅޭ އައު އެއްވެސް މައުލޫމާތެއް ހާމައެއްވެސް ނުކުރޭ!

ނިމުނު އަހަރަކީ ބޮޑެތި މަރުތަކުގެ ހަޤީޤަތް ހޯދުމަށް އެއްވެސް މިންވަރަކަށް މަސައްކަތްކުރެވިފައިނުވާ އަހަރަކޭ ބުނުމަކީވެސް ދޮގަކަށް ނުވާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމާއި، ބްލޮގަރ ޔާމީން ރަޝީދުގެ މަރަކީ ފާހަގަކޮށްލެވުނު ބޮޑެތި މަރުތަކެވެ. އެ މަރުތަކުގެ ވާހަކަ ރައްޔިތުން ދެއްކި، އަދި ސިޔާސީ ފަރާތްތަކުންވެސް އެ މަރުތަކުގެ ހަޤީޤަތް ހޯދުމަށް ގޮވާލަމުންދިޔަ އެވެ.

ވަކިން ހާއްސަކޮށް، ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފޯރިގަދަވެގެންދިޔައިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން އެއް އަޑަކުން ސަރުކާރަށް ގޮވާލަމުންދިޔައީ މަރުތަކުގެ ހަޤީޤަތް ހޯދައިދިނުމަށެވެ. މަރުތަކުގެ ފަހަތުގައި ވަނީ ކޮން ބަޔެއް ކަމަށް ބުނެދިނުމަށެވެ. ބައެއް މަރުތަކަށް މިލިއަނުން މިލިއަން ފަންޑްކޮށްފައިވާ ފުލުހުންގެ އިދާރާއިން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކާއެކު، އެ މަރުތަކަށް ފަނޑްކުރި މީހުން ހޯދައި، އެކަމުގެ ހަޤީޤަތް ރައްޔިތުން ބުނެދިނުމަށް ގޮވާލަމުންދިޔަ އެވެ.

އޭގެތެރެއިން ޑރ. އަފްރާޝީމް އަލީގެ މަރުގެ ހަޤީޤަތް ހޯދުމަށް އެއްވެސް މަސައްކަތެއް ކުރެވިފައިވާ ކަމެއް ނިމުން އަހަރު ވެސް ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޔާމީން ރަޝީދާއި، ރިލްވާން މައްސަލައިގެ ތަހުޤީޤް ކުރިއަށްދާކަން ހާމަކުރުމުގެ ގޮތުން ނޫސްވެރިިންގެ ބައްދަލުވުންތަކުގައި ފުލުހުން ބައެއް މައުލޫމާތުތައް ހާމަކޮށްފައިވެއެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތްތައް ކުރިއަށްގެންދިަޔއިރު، އެކަންކަންވެސް ކުރިއަށްގެންގޮސްފައި ވަނީ ސިއްރު މަޖިލީސްތަކެއްގަ އެވެ.

މަރުތަކުގެ ހަޤީޤަތް ނުހޯދުނުއިރު، ފުލުހުންގެ އިދާރާއިން އަހަރުގެ ބޮޑު ބަޔެއްގައި ޝާމިލްވެގެން އުޅެފައިވަނީ ސިޔާސީ ކަންކަމުގެ ތެރޭގައެވެ. ސިޔާސީ މީހުންގެ މައްޗަށް ދައުވާކުރުމާއި، އެމީހުން ހައްޔަރުކުރުމާއި، އެއްވުންތައް ރޫޅާލުން ފަދަ މަސައްކަތްތަކުގެ ތެރޭގަ އެވެ.

މި ތިން މަރުގެ އިތުރުންވެސް، ފާހަގަކޮށްލެވޭ ބޮޑެތި މަރުތަކާއި ގުޅެގޮތުންވެސް ނިމުނު އަހަރުގައި ފުލުހުންގެ އިދާރާއަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހުގައި އެ މަނިކުފާނު ވަނީ މަރާލެވިފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މަރުތައް ތަހުޤީޤްކުރުމަށް ކޮމިޝަނަށް އެކުލަވާލާފަ އެވެ. އަހަރު ނިންމާލިއިރު، ކޮމިޝަނުން ވަނީ 25 މަރެއްގެ މައްސަލަ ތަހުޤީޤްކުރަމުންގެންދަކަމަށް ބުނެފަ އެވެ. އަދި އަންނަ އަހަރުގެ އޭޕްރީލްގެ ނިޔަލަށް މައްސަލަތައް ނިންމައި، މަރުތަކުގެ ހަޤީޤަތް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

ހިޔާނާތައި، ވައްކަމުގެ މައްސަލަތަކުގެ ތަހުޤީޤެއް ނުކުރެވުުނު: އެމްއެމްޕީއާރުސީގެ ވައްކަން އަދިިވެސް ނޭނގުމެއްގެ ތެރޭގައި!

އަހަރު ފެށުނުއިރު، އޭރުގެ ސަރުކާރުން އޮތީ ވައްކަމާއި، ހިޔާނަތުގެ މައްސަލަތައް ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި އެ ކޮމިޝަންގެ މެންޑޭޓަކީ ހިޔާނާތާއި ވައްކަމުގެ ތެރެއިން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުން ކަމަށްވިނަމަވެސް ސަރުކާރު ބަދަލުވިއިރުވެސް އެ ކޮމިޝަނުންކުރި މަސައްކަތަކުން ދައުލަތަށް ފައިސާތަކެއް ހޯދިފައެއް ނުވެއެވެ. ކޮމިޝަނަށް މުޅި ޖުމްލަ ހޯދިފައިވަނީ 6 މިލިއަން ރުފިޔާއެވެ.

ވައްކަމާއި، ހިޔާނަތުގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އަހަރު ފެށުނުއިރުވެސް އޮތީ އެމްއެމްޕީއާރުސީގެ ވާހަކަ އެވެ. 2015 ވަނަ އަހަރުން ފެށިގެން އެމްއެމްޕީއާރުސީގެ ހާއްސަ ތަހުޤީޤެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަގެންދިޔަނަމަވެސް، އެ ތަހުޤީޤް ނިންމާލެވޭވަރުވީ 2018 ވަނަ އަހަރު ކުރީކޮޅަށެވެ. ނަމަވެސް އެ ތަހުޤީޤްގެ މައުލޫމާތު އަހަރު ނިމެން މަސް ދުވަހަށްވަންދެން އޭސީސީން ބޭއްވީ ސިއްރުކޮށްފަ އެވެ.

އޭސީސީގެ ތަހުޤީޤް އާންމުކުރި، ހާމަވި މައުލޫމާތުތަކުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަދަދު ވަނީ 1.4 ބިލިއަންއަށް އިތުރުވެފަ އެވެ. ކޮމިޝަނުން ހާމަކުރިގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ 155 އެކައުންޓަކަށްވަދެފައިވޭ އެވެ. ނަމަވެސް އެއީ ކޮން ބަޔެއްކަމެއް، އަދި އެކަމުގެ ހަޤީޤަތަކެއްވެސް އަހަރު ނިންމާލިއިރު، އޭސީސީއަށް ބުނެދެވިފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ އިތުރުން، ފެނަކަ، އެމްޕީއެލް، ސްޓެލްކޯ، ނަސަންދުރަ ފަދަ ބޮޑެތި ހިޔާނާތުގެ މައްސަލަތައްވެސް އޮތީ ކުރިއެރުމެއް ނުލިބި އެވެ. އެކަމުގައި ޝާމިލްވި މީހުންނަށް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. އެ ފައިސާއަށްވީގޮތެއްވެސް ބުނެދެވިފައެއް ނުވެ އެވެ. އޭގެއިތުރުން ސަރުކާރު ބަދަލުވިއިރު، ހައުސިން މިނިސްޓްރީން ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށްވެސް އޮތީ ކުރިއެރުމެއް ނުލިބި އެވެ.

ސަރުކާރު ބަދަލުވެ، އައު ސަރުކާރު ވެރިކަމާއި ހަވާލީ ވައްކަމާއި، ހިޔާނާތުގެ މައްސަލަތައް ތަހުޤީޤްކޮށް، އެކަމުގައި ޝާމިލްވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ ވައުދާއެކުގައެވެ. ރައީސްް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެ މައްސަލަތައް ތަހުޤީޤްކުރުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލާފަ އެވެ. ނަމަވެސް އަހަރު ނިންމާލިއިރުވެސް، އެ ކޮމިޝަނަށްވެސް ދިރުން ލިބި މަސައްކަތްތައް ކުރިިއަށްގެންދެވިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2018: ނޫސްވެރިންނަށް ބިރުވެރި އަހަރެއް، ނިމުން އައީ ފޮނިކޮށް!

2018: ނޫސްވެރިންނަށް ބިރުވެރި އަހަރެއް، ނިމުން އައީ ފޮނިކޮށް!

01 ޖެނުއަރީ 2019
2018 ވަނަ އަހަރު ދުނިޔޭގެ މަސްރަހުން އެއްމެ ފާހަގަ ކުރެވުނު ސުރުހީތައް

2018 ވަނަ އަހަރު ދުނިޔޭގެ މަސްރަހުން އެއްމެ ފާހަގަ ކުރެވުނު ސުރުހީތައް

01 ޖެނުއަރީ 2019
ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް

ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް

31 ޑިސެމްބަރު 2018
ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

20 މެއި 2018
އޮސްކާސް 2018: އެންމެ ގިނަ އެވޯޑް ލިބުނީ ދަ ޝޭޕް އޮފް ވޯޓަރއަށް

އޮސްކާސް 2018: އެންމެ ގިނަ އެވޯޑް ލިބުނީ ދަ ޝޭޕް އޮފް ވޯޓަރއަށް

05 މާރިޗު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު