Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް ޖަލްސާ

ފަޓާސް ބަރިއެއްހެން ތިނަދޫ ތަރައްޤީ ކުރަނިކޮށް ބަޔަކު ޣައްދާރުވީ މިނިވަންކަން ފުނޑާލަން:އަބްދުއް ރަހީމް

26 ނޮވެމްބަރު 2017 | އާދީއްތަ 00:27

ބަނދަރު ބުނެފައިވަނީ ރޮއެރޮއެ ކަރުން ހަން ހިނގައްޖެކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 26 ނޮވެމްބަރު 2017 | އާދީއްތަ 00:27
ޢަބްދުއް ރަހީމް: އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދަާޅުވި

ޢަބްދުއް ރަހީމް: އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދަާޅުވި

ގދ ތިނަދޫ މަގުތައް ބުނަމުން ދަނީ ދެމީހަކު ޣައްދާރު ވުމަކުން މުޅި ތިނަދޫ ޣައްދާރުވިކަމަށް ނުބައްލަވާށޭ ރައީސް ޔާމީން ގާތު ބުނެދިނުމަށް ކަމަށާއި ފަޓާސް ބަރިއެއްހެން ތިނަދޫ ތަރައްޤީ ކުރަނިކޮށް ބަޔަކު ޣައްދާރުވީ މިނިވަންކަން ފުނޑާލަން ކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ނައިބު ލީޑަރު ޢަބްދުއް ރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ގދ ތިނަދޫގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ހެއްޔޯސާ ޖަލްސާގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ތިނަދޫއަށް ވަޑައިގެން އެރަށަށް ފައިބަން ދިމާކޮށްލެއްވުމުން، އެރަށު ބަނދަރު ބުނެފައިވަނީ ލަދުން އިސްދަށަށް ޖަހައިގެން އޮތް ކަމަށާއި ރޮއެރޮއެ ކަރުން ހަން ހިނގައްޖެ ކަމަށެވެ. އަދި ބަނދަރު އޮތީ ރައީސް ޔާމީނާއި ސަރުކާރާއި އެކުކަމަށާއި ރައީސް ޔާމީނަށް ވެދުން ސަލާމް ދަންނަވައި ދިނުމަށް ޢަބްދުއް ރަހީމް ގާތު އެބަނދަރު އެދުނު ކަމަށެވެ. ރައީސް މައުމޫނުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުނު ކަމަށް ގިނަ ބަޔަކު ބުނާ ޢަބްދުއް ރަހީމް ވިދާޅުވީ ތިނަދޫ މަގު ބުނަނީ ދެ މީހަކު ޣައްދާރުވިޔަސް ތިނަދޫ ޣައްދާރުވިކަމަށް ނުބެއްލެވުމަށް ރައީސް ޔާމީނަށް ދަންނަވައިދިނުމަށް ކަމަށެވެ. ވައްކަމުގެ މައްސަލައެއްގައި 12 އަހަރަށް އަރުވާލާފައިވާ ޢަބްދުއް ރަހީމް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕާޓީތަކުން ތިނަދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވީ 316 މީހުންކަމަށާއި އޭގެ ތެރެއިން 140 އަށް ވުރެ ގިނަ މީހުންނަކީ މާލެއިން ދިޔަ މީހުންކަމަށެވެ. އަދި ހޮނިހިރު ދުވަހުގެރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން ގިނަކަމުން އިށީންނާނެ އިންތިޒާމު ހަމަޖައްސައި ނުދެވުނު ކަމަށާއި އެކަމާ މައާފަށް އެދޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ޢަބްދުއް ރަހީމް ވަނީ، ފަޓާސް ބަރިއެއްހެން ތިނަދޫގެ ތަރައްޤީ ކުރިއަށް ދަނިކޮށް ޤައުމަށް ޣައްދާރުވެ އަމިއްލަ އެދުން ކޮނޑު އަޅައިގެން ދިވެހިރާއްޖެ ބިދޭސީ ބައެއްގެ އަތްމައްޗަށް ދޫކޮށްލަން ރައީސް ޔާމީނާ ޕީޕީއެމް ދޫކޮށްލާފައި ވަޑައިގަތީ ކީއްކުރަންތޯ ކަމަށް ވިދާޅުވެ ކޮންމެވެސް ބަޔަކަށް ފާޑު ވިދާޅުވެފައެވެ. ވަކި މީހެއްގެ ނަން ޢަބްދުއް ރަހީމް ވިދާޅު ނުވިނަމަވެސް އެއިޝާރާތް ކުރައްވަނީ ރައީސް ޔާމީންގެ ފެކްޝަން ދޫކޮށްލައްވާ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތައް ވަޑައިގެންނެވި ތިނަދޫގެ ދެދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރުންނަށް ކަމަށް ބެލެވެއެވެ.

" ފަޓާސް ބަރިއެއްހެން މިރަށުގެ ތަރައްޤީ ކުރިއަށް ދަނިކޮށް ދެން ކީއްކުރަންތޯ ޕީޕީއެމް ދޫކޮށްލާފައި، ރައީސް ޔާމީން ދޫކޮށްލާފައި މިވަޑައިގަތީ. ޤައުމަށް ޣައްދާރުވެގެން، އަމިއްލަ އެދުން ކޮނޑު އަޅައިގެން، ދިވެހިރާއްޖެ ބިދޭސީ ބައެއްގެ އަތްމައްޗަށް ދޫކޮށްލަން. މިރާއްޖެއިން އިސްލާމީ ވަހުދަތު ނަގާލަން. މިރާއްޖޭގެ މިނިވަންކަން ފުނޑާލަން. މިރާއްޖޭގެ ސިޔާދަތު ގެއްލުވާލަން. މިރާއްޖޭގެ މިނިވަންކަން ނަގާލަން ނޫނިއްޔާ ކީއްކުރަންތޯ ވަޑައިގަތީ." ޢަބްދުއް ރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ރަން ތިރީސް އަހަރުގެ ވާހަކަ ކުރިން އެންމެ ގިނައިން ދެއްކެވި އެއް ބޭފުޅާ ކަމުގައިވާ ޢަބްދުއް ރަހީމް ވަނީ، ތިނަދޫގެ ތަރައްޤީއަކީ ރައްޔިތުންގެ ފައިސާއިން ގެނެސްފައިވާ ތަރައްޤީއެއް ކަމަށް ބަޔަކު ބުނާއިރު އެމީހުންގެ ސަރުކާރަށް މިތަރައްޤީ ނުގެނެވުނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި އެބޭފުޅުންނަށް އެތަރައްޤީ ގެންނާކަށް ނޭގޭނެ ކަމަށާއި ފައިސާ ހޯދަންވެސް އެބޭފުޅުންނަށް ނޭނގޭނެ ކަމަށްވެސް ޢަބްދުއް ރަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ވިދާޅުވީ އެކަން އެނގިވަޑައިގަންނަވަނީ ރައީސް ޔާމީނަށް އެކަނި ކަމަށެވެ. އަބްދުއްރަހީމް ހޮނިހިރު ދުވަހުގެރޭ ވިދާޅުވީ، ތިނަދޫގައި ޕީޕީއެމްގެ ހަރަކާތްތައް ދެން މިފެށިގެން ދިޔައީ ކަމަށާއި ކޮންމެ ހަފްތާއަކު އެއްފަހަރު ޕީޕީއެމްގެ ވަފުދެއް ދެން ތިނަދޫއަށް ޒިޔާރަތް ކުރާނެ ކަމުގައެވެ.

ޕީޕީއެމުން ހޮނިހިރު ދުވަހުގެރޭގެ ޖަލްސާއަށް ގއ އާއި ގދ ގެ އިތުރުން ލ އަތޮޅާއި ފުވައްމުލަކުންވެސް ބަޔަކު ގެނެސްފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ކޫއްޑޫ ފަދަ ސަރުކާރުގެ ވަޒީފާ ތަކުގައި ތިބި މީހުން ގެނެސްފައިވަނީ ބިރު ދައްކައިގެން ކަމަށްވެސް ވަނީ އަޑު ފެތުރިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް