Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ރަޝީދު

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށް އިންޑިއާގެ ކިބައިން ވަނީ އެދިފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 20 މެއި 2017 | ހޮނިހިރު 09:29
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ ބައްޕަ ޙުސައިން ރަޝީދު

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދުގެ ބައްޕަ ޙުސައިން ރަޝީދު

ދީނީ ހަރުކަށި ފިކުރު ރައްޖޭގައި ފެތުރުން ހުއްޓުވުމުގައި އެހީވުމަށް ޔާމީން ރަޝީދުގެ ބައްޕަ، އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ދި ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީންގެ ބައްޕަ މި ވަގުތު ހުރީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވައި، ޔާމީންގެ މަރަށް އިންސާފު އަވަސް ކުރުމަށް، އިންޑިއާ ސަރުކާރުގެ އެހީ ހޯދުމަށް ޙުސައިން ރަޝިދު ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

"އިންޑިއާގެ ގާތުގައި (އަވަށްޓެރި ޤައުމެއްގައި) ދީނީ ހަރުކަށި ފިކުރު ދަނީ ފެތުރެމުން. އިންޑިއާއިން އެހީވާން ޖެހޭ"، ޙުސައިން ރަޝީދާ ހަވާލާދީ، ދި ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވެއެވެ.

ޔާމީނަށް އިންސާފު ހޯދައިދިނުމަށް ޔާމީންގެ އާއިލާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފުލުހުން ވަނީ ޔާމީންގެ މަރުގެ މައްސަލައިގައި ތަހުޤީޤަށް ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަކޮށްފައެވެ.

މި މައްސަލައިގައި މިހާތަނަށް ހަތް މީހަކު މިހާރު ހަޔައްރުކޮށްފައިވާއިރު، އޭގެ ތެރޭގައި މި މައްސަލައިގައި ހައްޔަރުކުރި ބައެއް ފަރާތްތަކުގެ ވަކީލު ވެސް ހިމެނެއެވެ. ހައްޔަރު ކުރި ވަކީލު މެނުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، ލިބިފައިވާ މައުލުމާތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއްކަން ދޭހަ ކުރެވޭ ކަންކަން ވަނީ ހާމަވެފައެވެ. އެގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަމަށް އެނގިފައިވާ ބައެއް ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި، ދީނީ ހަރުކަށި ފިކުރުގެ އެކި ޖަމާއަތްތައް ޕްރޮމޯޓްކޮށް ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެއެވެ.

އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ޔާމީނަށް ވަޅިން ހަމަލާދީ މަރާލީ، އޮފީހުގައި އުޅުމަށް ފަހު، މެންދަމު އޭނާ އެނބުރި ގެއަށް ގޮސް ވަން ވަގުތުގަ އެވެ. އޭނާ އަށް ހަމަލާދިނުމުގައި ބައިވެރިވި ދެ މީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނެފައި ވަނީ އެ ދެ މީހުން ވެސް ހައްޔަރުކުރެވިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު