Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑރ. ބިލާލު ފިލިޕްސް

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލު ފިލިޕްސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ޑރ. ބިލާލު ފިލިޕްސްގެ މިދަތުރުގައި އާއްމުންނަށް ހުޅުވާލައިގެން ދީނީ ދަރުސްތައް ބޭއްވުމަށް ނިންމާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 ޖުލައި 2017 | އަންގާރަ 05:28
ޑރ. ބިލާލު ފިލިޕްސް

ޑރ. ބިލާލު ފިލިޕްސް

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. ބިލާލް ފިލިޕްސް ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޕީސް ފައުންޑޭޝަނުން ބުނެފި އެވެ.

ރާއްޖޭގެ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކެރެޓަރީ މުހައްމަދު ސޮބާހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބުދަ ދުވަހު ޑރ. ބިލާލު ފިލިސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނުގެ މި ދަތުރުގައި މާލެ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިމަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖުމްހޫރީ މައިދާނުގެ ކުރިމަތީގައި އޮންނަ މައިޒާނުގައި އާއްމުންނަށް ހުޅުވާލައިގެން ދީނީ ނަސޭހަތް ދިނުން އޮންނާނެއެވެ. މި "ޕަބްލިކް ޓޯކް"ގެ މައުލޫއަކީ "ޓްރޫލީ ސަކްސަސްފުލް ޕީޕަލް" އެވެ.

މީގެ އިތުރުން، މިމަހުގެ 14 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ވިދާޅުވާނީ ވެސް ޑރ. ބިލާލް އެވެ. ހުކުރު ހުތުބާގެ މައުލޫއަކީ "ދަ ގްލޭޑް ޓައިޑިންގްސް" އެވެ.

ސޮބާހު ވިދާޅުވީ ޑރ. ބިލާލު ފިލިޕްސް ފުވައްމުލަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އަދި މިމަހުުގެ 15 ވަނަ ދުވަހުގެ ރޭ ފުވައްމުލަކުގައި އާއްމުންނަށް ހުޅުވާލައިގެން ދިނީ ދަރުސެއް ބޭއްވުމަށް ނިންމާފައިވާއިރު އެދަރުސްގެ މައުލޫއަކީ "ހޫ އިޒް ޔުއާރ ލޯޑް" އެވެ.

ސޮބާހު ވިދާޅުވީ ޑރ. ބިލާލު ފިލިޕްސްގެ މިދަތުރުފުޅުގައި މާލޭގައި ހުންނަ ބައެއް ސްކޫލްތަކުގައި ހަރަކާތްތަކާއި އިތުރު ހަރަކާތްތަކެއް ހިންގުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ޑރ. ބިލާލު ފިލިޕްސްގެ މިދަތުރަށް ފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މިއީ އޭނާ ރާއްޖޭއަށް ވަޑައިގަންނަވާ ހަތަރު ވަނަ ފަހަރެވެ.

އެންމެ ފުރަތަމަ ޑރ. ބިލާލު ފިލިޕްސް އާއި ރާއްޖެ ވަޑައިގަންނަވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ޖެމައިކާގެ ކިންގްސްޓަން އަށް އުފަން، ކެނަޑާގެ ރައްޔިތެއް ކަމަށްވާ 70 އަހަރުގެ ޑރ. ބިލާލު ޕިލިޕްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން އިސްލާމް ދީނާބެހޭ ގިނަ ތަގްރީރުތަކެއް ދެއްވަމުންގެންދަވާ ދީނީ އިލްމުވެރިއެވެ. ޑރ. ބިލާލް ފިލިޕްސް މީގެ ކުރިން ވެސް ރާއްޖެ ވަޑައިގެން ތަގުރީރުތައް ދެއްވާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވަނީ

މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވަނީ

01 ޖުލައި 2017
ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!

ދީނީކަންކަން ކުރިއަރުވާ ފަންޑުގެ އެއް މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!

22 ޖޫން 2017
ޕީސް ފައުންޑޭޝަނުން ޑރ. ބިބާލް ފިލިޕްސް ގެންނަނީ

ޕީސް ފައުންޑޭޝަނުން ޑރ. ބިބާލް ފިލިޕްސް ގެންނަނީ

21 ޖޫން 2017
ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި

ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި

04 ޖޫން 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު