Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް ލަންކާ ޖަގަހަ

ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަކީ ދީނީ ގޮތުން ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއް: ޢަބްދުއްރަހީމް

އިދިކޮޅު ފަރާތްތައް ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖޭގައި ދީނީ ގޮތުން ބޮޑު ލޭ އޮހުރުވުމަކަށް ދާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2017 | ހޯމަ 22:07
ޕީޕީއެމްގެ އޮފީސް އަދި ޖަގަހަ ލަންކާގައި ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

ޕީޕީއެމްގެ އޮފީސް އަދި ޖަގަހަ ލަންކާގައި ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރީއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަކީ ދީނީ ގޮތުން ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ޕީޕީއެމްގެ އޮފީސް އަދި ޖަގަހަ ހުޅުވުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ގޮތުން ގޮތުން ރައީސް ޔާމީނާ ވާދަވެރި ފަރާތްތަކަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ދިވެހިރާއްޖެއިން އިސްލާމްދީން ފޮހެވި، ދީނީ ގޮތުން ދިވެހިންގެ މެދުގައި ހަމަނުޖެހުން އުފެދި، ލޭ އޮހުރުވުމަކަށް ހިގައިދާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ރާއްޖޭގައި ފައްޅި އަޅައި، އެއްޖިއްސުން ކައިވެނި ކުރެވޭ ގޮތް ހަދައި، މި ނޫންވެސް އިސްލާމްދީނާއި ދެކޮޅު އެތައް ކަމެއް ރާއްޖެއަށް ގެންނާނެކަމަށް ޢަބްދުއްރަހީމް ތުޙުމަތުކުރެއްވިއެވެ.

Advertisement - newsAdvertisement

އެހެން ކަމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަކީ ދިވެހި ގައުމު ދެކެ ލޯބިވާ، ދިވެހި ގައުމަށް ހެޔޮ އެދޭ، މާތްވެގެންވާ އިސްލާމްދީން ރާއްޖޭގައި ދަމަހައްޓަން ބޭނުންވާ ކޮންމެ މީއްހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މި ވާޖިބު މިއަދު ދިވެހިން އަދާ ނުކޮށްފިނަމަ މާދަމާ ދިވެހިންގެ ލޮލުން ކަރުނައަޅާ ރޯން ޖެހޭނެކަން އެއީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުވުމުން ޤާނޫނީ ގޮތުން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ވީނަމަވެސް އެ ވެރިކަން ދެމެހެއްޓީ ޕީޕީއެމުން ކަމަށެވެ. އަދި ޤާނޫނީ ގޮތުން ރާއްޖޭގެ ވެރިކަން ހިންގެވުން ރައީސް ވަހީދުއާއި ހަވާލުވެވަޑައިގެންފައި ވީނަމަވެސް، އެކަން ހަޤީޤަތުގައި ކުރެއްވި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެހެންކަމުން ހަޤީޤަތުގައި ޕީޕީއެމުން، ނުވަތަ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2012 ވަނަ އަހަރު ގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އެގޮތުން އޭރު ވެރިކަމާ ހަވާލުވިއިރު ރާއްޖެއިން އިސްލާމް ދީން ފޮހޮވި ގާދޫކޮލުން ބޭރަށް ގޮސްފައިވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އޭރު ރާއްޖެ ވަނީ ބޭރުގެ ބަޔަކަށް ވިއްކާލާފައި ކަމަށާއި އެއީ ރާއްޖޭގެ މައި ދޮރާށި ނުވަތަ މައި އެއާޕޯޓް ޖީއެމްއާރަށް ދިނުމުން ރާއްޖެ ބޭރުގެ ބަޔަކަށް ވިއްކާލެވުނީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން މިހުރިހައި ސަބަބުތަކަށްޓަކައި ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިބްތިހާބު ކާމިޔާބު ކޮށްދިނުން ދީނީ ގޮތުން ދިވެހިންގެ މައްޗަށް ވާޖިބު ވެގެންވާކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ހައްޤުގެ ވާހަކަ ދައްކުމުގެ ކުރިން ޤައުމާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އަދި މިއަދު ޤާއުމާއި މެދު ނުވިސްނައިފިނަމަ މާދަމާ ޤައުމު ހިންގަން އަންނަން ތިބި މިއަދުގެ ކުޑަކުދިން، މިއަދު ޤައުމު ހިންގަން ތިބި މީހުންނަށް ލައުނަތް ދޭނެ ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އެހެން ކަމުން އިދިކޮޅު ފަރާތްތަކުން ޤައުމަށް ހެޔޮ އެދިގެން ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށާއި ކުރަމުންދާ ކަންތަކާއި މެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ބޭރުގެ އެކިއެކި ފަރާތްތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތަފާތުއެކި ކަންތައްތައް ކުރަމުންދާއިރު މާޒީގައި ބޭރުގެ ފަރާތްތަކުގެ އެހީގައި ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހިންގެ ތެރެއިން ބަޔަކު މީހުން ކޮށްފައިވާ ކަންތައްތަކާ މެދުވެސް ފުންކޮށް ވިސްނާލަން ޖެހޭކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބޭރުގެ ފަރާތްތަކުން ބޭނުންވާ ކަންތައްތައް ނުވަތަ ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމްދީން ނެތިގެންދާފަދަ އެއްވެސް ކަމަކަށް ރައީސް ޔާމީން ފުރުސަތު ނުދެއްވާނެ ކަމަށާއި އެކަން މާޒީގައި ދައްކުވައި ދީފައިވާ ކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން 2018 ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމަށް ގެންނަން ޖެހެނީ މިހާރުވެސް އެމަނިކުފާނު ރާއްޖެއަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީއާއި ކުރިއެރުމުގެ ސަބަބުން ކަމަށާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދީފިނަމަ ދިވެހިން ހިތަށް ގެންނަންވެސް ނޭނގޭ އެތައް ތަރައްޤީއެއް ރާއްޖެއަށް ގެންނާނެކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ޢަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ކުށެއް ކޮށްފި ކޮންމެ މީހަކަށްވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހައްޤު އަދަބު ދޭނެ ކަމަށާއި އަދުލު އިންސާފު ޤާއިމު ކުރުމުގައި އަދި ކުށްކުރާ މީހުންނަށް އަދަބު ދިނުމުގައި އަމިއްލަފުޅު ލެއަށްވެސް ރައީސް ޔާމީން ނުބައްލައްވާނެ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲގެ އިތުރުން ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބަށްވެސް ލިބިވަޑައިގެންފައިވާ އަދަބަކީ އެ ބޭފުޅުން ކުރެއްވި ކުށްތަކުގެ ސަބަބުން ލިބިވަޑައިގެންނެވި އަދަބު ކަމަށާއި އެކަމުގައި ރައީސް ޔާމީން ކުރެއްވި، އަދި އެމަނިކުފާނަށް ކުރެއްވޭނެ އެއްވެސް ކަމެއްވެސް ނެތްކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު