Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަމުގެ ދާއިރާ

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

25 ނޮވެމްބަރު 2017 | ހޮނިހިރު 07:17

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދުވިނަމަވެސް، ޖުމްލަކޮށް އައި ފަތުރުވެރިންގެ އަދަދު ވަނީ 6 އިންސައްތަ އިތުރުވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 ނޮވެމްބަރު 2017 | ހޮނިހިރު 07:17
ރާއްޖޭގެ ރިޒޯޓެއް

ރާއްޖޭގެ ރިޒޯޓެއް

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކީ މިހާރު ޗައިނާއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން %23 އަކީ ޗައިނާގެ ފަތުރުވެރިންނެވެ. އެއީ ގާތްގަނޑަކަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ހަތަރު ބައިކުޅަ އެއް ބައެވެ. ޗައިނާއިން އޮކްޓޯބަރުގެ ނިޔަލަށް ދެލައްކަ ފަސްދޮޅަސް ފަސް ހާސް ހަތަރު ސަތޭކަ ސަތާރަ ފަތުރުވެރިން ރާއްޖެއަށް މިއަހަރު އައިސްފައިވެއެވެ.

އެހެން ނަމަވެސް ރާއްޖެއަށް ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު މިއަހަރު ފެށުނީއްސުރެ ދަނީ ދަށަށެވެ. އޮކްޓޯބަރުގެ ނިޔަލަށް 265 ހާސް ފަތުރުވެރިން ޗައިނާއިން އައި ނަމަވެސް، މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ޗައިނާއިން އައި ފަތުރުވެރިންނަށް ވުރެ %8.2 މަދު އަދަދެކެވެ. މިދިޔަ އަހަރު އެމުއްދަތުގައި 289 ހާސް ފަތުރުވެރިން ޗައިނާއިން އައެވެ.

މިއަހަރުގެ ޖެނުއަރީ މަހަށް ބަލާއިރު 2016ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއިން އައި ފަތުރުވެރިންނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ތޭވީސް ހާސް ދުއިސައްތަ ސާޅީސް އެއް ފަތުރުވެރިން ޗައިނާއިން އައިއިރު، މިއަހަރު ޖެނުއަރީ މަހު އައީ ތިރީސް ހާސް ހަސަތޭކަ ފަސްދޮޅަސް ނުވަ ފަތުރުވެރިންނެވެ. މިއީ %32 ގެ ކުރިއެރުމެކެވެ. އެހެން ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކުވެސް މިދިޔަ އަހަރާއި އަޅާބަލާއިރު ޗައިނާ ފަތުރުވެރިން އަންނަ އަދަދު ދިޔައީ މަދުވަމުންނެވެ.

ޖެނުއަރީ މަހު %32 ގެ ކުރިއެރުމެއް ލިބުނު ނަމަވެސް ޖެހިގެން އައި ފެބްރުއަރީ މަހު %29.3 ގެ ވެއްޓުމެއް އައެވެ. މިއަހަރުގެ ފެބްރުއަރީ މަހު ޗައިނާއިން އައި ފަތުރުވެރިންގެ އަދަދަކީ 24،263އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 34،330 ފަތުރުވެރިން އައެވެ.

މާޗް މަހުވެސް %16 ދަށްވި އިރު، އެޕްރީލް މަހު %15 ދަށްވިއެވެ. މެއި މަހު %7، ޖޫން މަހު %15.7، ޖުލައި މަހު %6، އޮގަސްޓް މަހު %6.8، އަދި ސެޕްޓެމްބަރު މަހު %6.9 ވަނީ ދަށްވެފައެވެ.

އޮކްޓޯބަރު މަހު އަށާވީސް ހާސް ހަސަތޭކަ އަށްޑިހަ ނުވަ ފަތުރުވެރިން ޗައިނާއިން އައިކަމަށް ތަފާސް ހިސާބުތައް ދައްކާއިރު، މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާ ބަލާއިރު 2.6 އިންސައްތައިގެ ވެއްޓުމެކެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ނަވާވީސް ހާސް ހަތަރު ސަތޭކަ ސާޅީސް ހަތަރު ފަތުރުވެރިން ޗައިނާއިން އައެވެ.

އެހެންކަމުން ޖުމްލަކޮށް ބޮޑުތަނުން މިއަހަރު ޗައިނާއިން އައި ފަތުރުވެރިންގެ ނިސްބަތް މިވަނީ ދަށްވެފައެވެ. އެހެން ނަމަވެސް ޖުމްލަކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށް ވުރެ ވަނީ ރަނގަޅުވެފައެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ފަތުުރުވެރިން އައި މިންވަރު ޖުމްލަކޮށް 6 އިންސައްތައަށް ވަނީ އިތުރުވެފައެވެ.

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2017

ކޮޓަރިތަކުގެ އަދަދު މަދުވުމުން ޖޯން ކީލްސްގެ ފައިދާ ދަށަށް

02 ނޮވެމްބަރު 2017
ކޮޓަރިތަކުގެ އަދަދު މަދުވުމުން ޖޯން ކީލްސްގެ ފައިދާ ދަށަށް
07 ސެޕްޓެމްބަރު 2017

ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށްވެއްޖެ

07 ސެޕްޓެމްބަރު 2017
ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށްވެއްޖެ
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
24 ޖުލައި 2017

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
24 ޖޫން 2017

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު
16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް