Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިދިކޮޅު ގުޅިފައިވާ ޕާޓީތައް

ގޮނޑި ގެއްލުވާލުމުގެ ޖަރީމާ ހިންގި ފަރާތްތަކާ ޤާނޫނު އަރާ ހަމަ ކުރާނެ:ޑރ ހުސައިން

ވެނުމަސް ވެނަށް ކާންދީފައި ކަލަގޮވަން ނުހަދާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 18:44
ޑރ ހުސައިން ރަޝީދު

ޑރ ހުސައިން ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކެއް ގެއްލުވާލި ކަމަށް ބުނެ އެ ޖަރީމާ ހިންގި ފަރާތްތަކާ ޤާނޫނު އަރާ ހަމަކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގދ ތިނަދޫގައި ބޭއްވި ޖަލްސާގައި ޑރ ހުސައިން ރަޝީދު ވިދާޅުވީ ތިނަދޫ ދެ ދާއިރާގެ މެންބަރުންގެ ގޮނޑި ވެސް ގެއްލިފައިނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ހުސައިން ރަޝީދު ވިދާޅުވީ އެގޮނޑިތަކުގައި އެބޭފުޅުންގެ ދައުރު ހަމަވަންދެން ތިއްބަވާނެ ކަމަށާއި ނާއިންސާފްގެ މައްޗަށް އިންސާފު ޤާއިމް ކުރެވޭނޭ ދުވަސް ދާދި ގާތް ވެއްޖެ ކަމަށެވެ. އަދި މި އަނިޔާވެރިކަމުގެ ސަރުކާރު ޤާނޫނީ ހަމަތަކުގެ މަތިން ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށް ވެސް ހުސައިން ރަޝީދު ވިދާޅުވިއެވެ.

" އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނަން ލަދުގަންނަން ޖެހޭނެ. ގޮނޑި ގެއްލިއްޖެ ކަމަށް ބުނެވޭނެ އެފަދަ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ." ޑރ ހުސައިން ރަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ތަރައްޤީ ގެންނަވާކަމަށް ވިދާޅުވާ ވިދާޅުވުމަށް އިޝާރާތް ކުރައްވާ ހުސައިން ރަޝީދު ވިދާޅުވީ ރައްޔިތުން ރައީސުލް ޖުމްހޫރިއްޔާއެއް ހޮވައި އެރައީސުލް ޖުމްހޫރިއްޔާއަށް މުސާރަ ދެއްވަނީ ރައްޔިތުންނަށް ޓަކައި ކަންކަން ކޮށްދެއްވަން ޖެހޭތީ ކަމަށެވެ. ޤާނޫނު އަސާސީން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްފައި ކަލަގޮވައިގެން ނުވާނެ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ހޮވާފައި ހުންނަ ރައްޔިތުންގެ ޚާދިމެއް ކަމަށެވެ.

"ވެނުމަސް ވެނަށް ކާންދީފައި ކަލަގޮވަން ނުހަދާ. އަޅުގަނޑުމެން މުސާރަ ދީފައި ވަޒީފާ އަދާކުރަން ބުނީމާ އެކުރާ ކަންކަން ކުރި ވާހަކަ ދައްކަވަން ނުހަދާ. ރައީސުލް ޖުމްހޫރިއްޔާއަކަށް ދަރާފައެއް ނޯންނާނެ. އެމަނިކުފާނު އެހުންނެވީ 5 އަހަރު އެކަންކަން ކުރަން" ޑރ ހުސައިން ވިދާޅުވިއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު