Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައްޔާޒް އިސްމާއިލް

ޑިކްޝަނަރީ ބައްލަވަން ފިނޭންސް މިނިސްޓަރަށް މެމްބަރު ފައްޔާޒް ލަފާއަރުވައިފި

19 ނޮވެމްބަރު 2017 | އާދީއްތަ 08:11

މިނިސްޓަރު މުނައްވަރު ވަނީ ބަޖެޓަށް ވޯޓު ނުދޭ މެމްބަރުންގެ ދާއިރާތަކަށް ކަންތައް ކޮށްދޭން ދަތިކަމަށް ވިދާޅުވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 19 ނޮވެމްބަރު 2017 | އާދީއްތަ 08:11
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް

ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް

ޑިމޮކްރަސީގެ މާނަ ހޯއްދެވުމަށް ޑިކްޝަނަރީއެއް ބެއްލެވުމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުއަށް ލަފާއަރުވައިފިއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން، ބަޖެޓަށް ވޯޓު ނުދޭ މެމްބަރުންގެ ދާއިރާތަކަށް ކަންތައް ކޮށްދޭން ދަތިވާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމާއި ގުޅިގެން އެކަމާއި ހިތްޕުޅުހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވަމުންނެވެ. ފައްޔާޒް ވިދާޅުވީ މީގެކުރިންވެސް ފިނޭންސް މިނިސްޓަރުން ވަޑައިގެން ބަޖެޓް ހުށަހަޅުއްވައި މެމްބަރުންނާއި ވާހަކަ ދެއްކެވި ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރ މުނައްވަރު މެމްބަރުންނާއި މުޚާޠަބުކުރައްވައި ވާހަކަ ދައްކަވަމުން ގެންދެވީ ވަރަށް ލަދުވެތި ޙާލަތެއްގައި ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު ފައްޔާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަސްއޫލިއްޔަތަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ބަޖެޓަށް ވޯޓުލުން ނޫން ކަމަށެވެ. އަދި ވަކިބަޔަކު ބުނާ ގޮތަށް ވޯޓު ނުލައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދެކޮޅަށް ފިޔަވަޅު ނޭޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ހިތަށް އެރިހާ ގޮތަކަށް ބަޖެޓް ހަދާފައި ފޮނުވުމުން އިދިކޮޅު ފަރާތްތަކުން އެއަށް ވޯޓު ނުދޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބުއްދިއާއި، ވިސްނުމާއި، ފެންނަން ހުރި ކަންކަމަށް ވެސް ރިޢާޔަތްކޮށްފައި އަޅުގަނޑުމެން ވޯޓުދޭނީ. ވޯޓު ދޭނީ ތިބޭފުޅުން އަޅުގަނޑުމެންނާއި އެކީ އިށީނދެ، އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، އެކަންކަމަށް ޙައްލު ގެނައިމަ. ޙައްލު ނުގެނެސް ތިބޭފުޅުން ހަމަ އާއްމު އުޞޫލެއްގެ ގޮތުން ޚުދުމުހުތާރު ގޮތަށް ކަންތައް ކުރައްވަމުން ގެންދަވާއިރު ވޯޓެއް ނުދޭނަން. ނުވެސް ޖެހޭނެ ދޭކަށް ވެސް. އެކަން ތިބޭފުޅުންނަށް އޮޅިވަޑައިގެން ތިއުޅެނީ"، ފައްޔާޒް ވިދާޅުވިއެވެ.

އެހެން ޤައުމުތަކުގައި އިދިކޮޅު ފަރާތްތަކުން ބަޖެޓަށް ވޯޓުދޭ ކަމަށް މިނިސްޓަރ މުނައްވަރު ވިދާޅުވި ވިދާޅުވުމަށް ޖަދަލުކުރައްވައި ފައްޔާޒް ވަނީ އެމެރިކާގެ ކޮންގްރެސްގައި ބަޖެޓަށް ވޯޓު ހަމަނުވެގެން އެތައް ފަހަރަކު އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައިކަން ފާހަގަކުރައްވާފައެވެ.

"ފަހަރެއްގައި ތިބޭފުޅުންނަށް ޑިމޮކްރަސީ އެނގިނުލައްވަނީ ކަންނޭނގެ. އަޅުގަނޑު ތިބޭފުޅާ އަރިހުން އެދޭނަން ޑިމޮކްރަސީ ކުޑަކޮށް ދަސްކޮށްލައްވަން ޑިކްޝަނަރީ އެއްޗެހި ބައްލަވާލައްވަން"، މިނިސްޓަރ މުނައްވަރު ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ބަޖެޓް ކޮމިޓީގައި އާއްމުކޮށް ނުދައްކާ މިންވަރަށް މިނިސްޓަރ މުނައްވަރު ސިޔާސީ ވާހަކަ ދެއްކެވުމުންނާއި، ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް ކޮމިޓީގައިވެސް އަދި ޢާއްމުންގެ ތެރޭގައިވެސްވަނީ އަމާޒުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް