Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސްގެ ގޮވާލުން އަތޮޅު ތެރޭ ރައްޔިތުންނަށް: ހުރިހާ އެންމެން މާލެ އާދޭ!

19 ނޮވެމްބަރު 2017 | އާދީއްތަ 00:40

ދެވަނަ ފިޔަވަހީގެ ދަށުން އަޅާ ފްލެޓްތައް 2019ގައި ނިމެނޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 19 ނޮވެމްބަރު 2017 | އާދީއްތަ 00:40
މިރޭގެ ރަސްމިޔާތުގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ:-ފޮޓޯ-ރައީސް އޮފީސް

މިރޭގެ ރަސްމިޔާތުގައި ރައީސް ޔާމިން ވާހަކަ ދައްކަވަނީ:-ފޮޓޯ-ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މާލޭގައި ދިރިއުޅުމަށް އައުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަނެއްކާވެސް ގޮވާލައްވައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓް އެޅުމުގެ މަޝްރޫއު ފައްޓަވާ ދެއްވުމަށް ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިޔާތުގައި ރައީސް ޔާމިން ވިދާޅުވީ ކުޑަ ސިޓީ ހައްދައިގެން މާލެ އައި ޒަމާނެއް އައި ނަމަވެސް މިއަދު އެމަނިކުފާނު ގޮވާލައްވާނީ ހުރިހާ ރަށެއްގެ މީހުން މާލެ އައުމަށް ކަމަށެވެ.

Advertisement - newsAdvertisement
"އެކަމު މި ރައީސް ކީކޭތޯ މި ބުނަނީ. ހުރިހާ ރަށަކުން މީހުން އަންނާށޭ މާލެ އަށް. މާލެ އަކީ ހުރިހާ ރައްޔިތުންގެ ރަށޭ. މާލެއަކީ ހުރިހާ ރައްޔިތުންގެ ރަށްކަމަށްވާތީ މާލެ ތަރައްގީ ކުރުމާއި ތޮއްޖެހިފައިވާ މާލެއިން ޖާގަ ހޯދުމާއި ހިތް ފަސޭހަކަން މާލެ އަށް ގެނައުމާ އެކީ ހުޅުމާލެ ދެވަނަ ޝަހަރެއްގެ ގޮތުގައި ތަރައްގީ ކުރަނީ މި ދެންނެވި ބޭނުމަށްޓަކައި،" ރައީސް ޔާމިން ވިދާޅުވި އެވެ.

މާލެ އަކީ މީގެ ކުރިން އުޅެން ހިތްފަސޭހަ ތަނަކަށް ނުވި ނަމަވެސް މާލޭގެ ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވިޖެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މާލޭގެ ކުނީގެ މައްސަލައަށް މީގެ ކުރިން ހައްލެއް ހޯދާދެވިފައި ނެތް ނަމަވެސް އެމަނިކުފާނު އެވަނީ އެ މައްސަލަ ހައްލުކޮށްދެއްވާފައި ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި އަޅާ ފްލެޓްގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްގޮސް އިތުރު ފްލެޓްތައް އެޅިގެން ދިއުން ކަމަށެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން އަޅާ ޓަވަރުތަކުންވެސް އާންމު މީހުނަށް ވަކި ވަރަކަށް ފެލްޓް ކަނޑައަޅަން ޝަރުތު ކުރައްވާފައިވާނެ ކަމަށް ވެސް ވެސް ރައީސް ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިޔާ މި 62 ޓަވަރު 2019ގެ ތެރޭގައި ނިމޭނެ. އަދި އެ ޓަވަރު ތަކުން ނިމޭ ބައިބައި ނިމިގެން އަޅުގަނޑުގެ އުފަލަކަށްވާނީ ދިވެހި ރައްޔިތުން އެތަނަށް ވަންނައިރު ހަމަ އެމީހުންނާ ސަލާންކޮށްލަން ހަމަ މި ތަނަށް އައިސް ހުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ބޭނުންވާ ކަންކަން ފުއްދާ ދެއްވުން ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ވެރިކަމުގެ ފަހުންވެސް ގައުމު ދޫކުރައްވާ އަމިއްލަފުޅަށް އަރުވާލެވިގެން ހުންނާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރާއްޖޭގެ 19 ރަށެއްގައި އެކި ވަރުގެ ހައުސިންގ ޔުނިޓްތައް އެޅޭ ކަމަށް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ހަމަ ޖައްސާފައިވާ ގޮތައް ރަށްރަށުގައި އާއި ހުޅުމާލޭގައި ފްލެޓްތައް އެޅުމުން ގާތްގަނޑަކަށް ދެ ލައްކަ މީހުނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް